ޝަރުތު ހަމަވާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވިއިރު ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރުންނަށް ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން އެ ފަރާތްތަކަށް މަޖިލީހުން ރުހުން ނުދިނުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މި ވާހަތަކާ ގުޅިގެން ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ވަޒީރެއްގެ ޝަރުތު ހަމަވާނަމަ އެބޭފުޅަކަށް ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ވަޒީރަކަށް އައްޔަން ކުރަނީ އެ މަގާމު އަދާކުރެވޭނެ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ބޭފުޅުން ކަމަށާއި، އައްޔަން ކުރާ ފަހުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ އެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ނެގިދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލްގެ އިތުރުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާއެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ޖުމްލަ 20 މިނިސްޓްރީ އެއް ހިމެނެއެވެ. އެގޮތުން ކެބިނެޓް ބަހާލާފައިވަނީ ކޯލިޝަން ޕާޓީތަކުގެ މެދުގައެވެ. އެގޮތުން އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދީފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދިނީ 25 ޕަސެންޓެވެ. ރައީސް މައުމޫނަށް 20 ޕަސެންޓް ދީފައިވާއިރު އަދާލަތު ޕާޓީއަށް ދިނީ 15 ޕަސެންޓެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބާޣީންނަކައް ނޭގޭނެ ހަދަންވީގޮތެއް. ތީ ވަރައް ބިރުބޮޑު މީހެއް. ކަލޭ ފެންނައިރައް ފެބްރުއަރީ 7 ހަނދާނައް އަންނަނީ

  2. ޢަޙްމަދު

    ޕީސީ ކަން ކުރަސްވާފަ ހުއްޓަސް ހާދަ މޮޔަފުޅޭ. ރައީސް އައްޔަން ކުރައްވާ ވަޒީރުންނާ މަޖްލިސް މެންބަރުން ރުހޭ/ނުރުހޭ ބަލަންޖެހޭ ގޮތަށް ޤާނުނު އަސާސީގައި ނޫނީ ގާނޫނުގައި ލިޔުނު އެންމެން މޮޔައިންނަށް ހަދަނީތޯ ތިޔަ ޢަމަލަކީ މަޖްލިހު މެންބަރުން ވަކިކަމަކަށް ވޯޓު ދެއްވާނެ ގޮތަށް ނުފޫޒު ފޯރުވުމަށް ޣައިރުޤާނުނީ ގޮތުން ކުރި ޢަމަލެއް.
    މިސަރުކާރުން މަޖްލިހުން ފީ ހޮވާލަދެއްވުން އެދެން.

  3. ގޫގުލާ

    ރިޔާޒުމެންގެ ޝަރުތަކީ ގާސިމް އެކަމަށް ބޭނުންވުން.. ކޮންމެހެން މޮޅެތި ވާހަކަ ދައްކާނެ ކަމެއްނެތް.. ތީ ކީ އަމިއްލަ ރައުޔަށް ވޯޓުލެވޭ ބުރަދަނެއް ތިބި ބައެއްނޫން..

  4. ބޮޑު އަނގަ

    ބާޣީން ބުނާ ގޮތަކަށް ނުވާނެ. ކަލޭ އަފްރާޝީމްގެ މަރުގެ ހަގީގަތް ހާމަ ކުރަނީ ކޮންއިރަކު؟