ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 100 ދުވަހުން ފުއްދާނެކަން ހާމަކޮށްފައިވާ ވައުދުތައް ފުއްދުމުގައި ކުރަން ޖެހޭ މަސައްކަތްތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ (އައިޝާ) ފުލުހުންނާއި، އަދި މިނިސްޓްރީގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކޮށްފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައެވެ.
މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން އައިޝާގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، 100 ވައުދުގެ ތެރެއިން ފުރަތަަމަ ހަފްތާގައި ތިން ކަމެއް ތަންފީޒު ކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން ޓެކްސީ ބޯޑުގެ ފީތައް ކަނޑާލުމާއި، ޕާކުކޮށް ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނެގުމާއި، މާލޭގެ ފަޅުތެރެ އާއްމުންނަށް ލުއި ފަސޭހަ ކުރުން ހިމެނެއެެވެ.
އެ ކަންކަމާ މެދު މަޝްވަރާ ކުރެވުނު ނަމަވެސް، އެކަންކަން ކުރާނެ ގޮތުގެ އިތުރު ތަފްސީލެއް އަދި ދެއްވާފައެއް ނުވެއެވެ.
މިނިސްޓަރ އައިޝާ ޓްރާންސްޕޯޓް މިނިސްޓްރު ކަމަށް އައްޔަން ކުރި ފަހުން އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ، ސިވިލް އޭވިއޭޝަންގެ އިސް ބޭފުޅަކާއެެވެ. އެ ކަމަނާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުން ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުގެ ފާޑުކިޔުންވެސް އަމާޒުވެފައިވާ އިރު، އެ ކަންކަމަށް ޖޭޕީން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ބަލަ އައިޝާ މެންކަހަލަ ކަބަލުންވެސް ވަރައްހިގުންތެރިވާނެކަން މިހާރުވެސް ފެންނައްފަށާފި ފިސާރި ވެރޭކަބަލެއް ކަމާނާވިސްނުމުގާ އިސްޓިކާޖެހުން މަދުކުރުމާއި އިސްޓިކާޖަހާގެން ނަގާ ފީކުޑަކުރުމާ ރަގަޅު ޕާކީންނިޒާމެންގާއިމުކުރުން
ބަލާ ބެލުމަށް ރަނގަޅުވާނެ ކަމަށް ފެނެއެވެ. މަސައްކަތް ހުރި ގޮތެއް އެނގޭނީ ފެށީމައެވެ.
ޒަރީރުބޭގެ ޒުހުދާ ހާދަ ގަދައޭ. އާއިޝަތު ޒުހުދާ އަށް ސާބަސް.
ކިޔާނަމަކުން، އުފެދިފައިވާ ޢާއިލާޔަކުން، ހުރި މުއްސަނދި ކަމަކުން ނޫނޭ ހިންގުންތެރިވަނީކީ. ޢާއިޝާވެސް އެއީ ޒުވާނެއް. ބުއްދި ފުރިހަމަ ބޭފުޅެއް. މަސައްކަތުގެ ތެރޭގައި އުޅުއްވަން ފެއްޓެވީމާ، ވަކި ދެރައެއް ނުވާނެ. ހިތްވަރު ދޫނުކުރައްވާތި. ސާބަސް ޢާއިޝާ
އެއްވެސް ކަމެއް ނުކޮށް ހުއްޓަސް، ތިޔަވަޒީރުކަމަކީ، މިވެރިކަމުގައި ގެއްލޭނެ ވަޒީރުކަމެއްނޫނެވެ. ނަމަވެސް ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދޭ މީހަކަށް ރައްޔިތުންގެ ހެޔޮދުޢާ އޮންނާނެއެވެ. ތިޔައީ ރައްޔިތުންގެ ޙުރުމަތުގައި ވަރަށްގިނަ ފަސޭހަތައް ހޯދައި ދެވޭނެ ދާއިރާއެކެވެ.
ކަމަނާ ގެ މަސައްކަތަށް ފަޚުރުވެރިވަން