ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަގުތު" އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް އެމީހާގެ ވަނަވަަރާއި، އަދި އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކުރެވެން މިވަގުތު ނެތްކަމަށްވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީއެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސްމިތު) އެވެ.

ސްމިތު ސިއްދީގަށް ހަމަލާ ދީފައި ވަނީ ކްރިމިނަލް ކޯޓު ކުރިމަތިންނެވެ. އެސަރަހައްދުން ސިއްދީގު ވަޑައިގަންނަވަނިކޮށް ސްމިތު ވަނީ ސިއްދީގަށް ފުރަތަމަ ބަހުގެ ހަމަލާތަކެއް ދޭން ފަށާފައެވެ. އެއަށް ފަހު އަތުން ސިއްދީގަށް ހަމަލާދިން މަންޒަރު ފެނުނެވެ. އެމަންޒަރު އެސަރަހައްދުގައި ހުރި "ވަގުތު" ގެ ނޫސްވެރިޔަކަށް ވެސް ފެނުނެވެ.

ސްމިތު ހަމަލާ ދިން ނަމަވެސް ސިއްދީގަށް މާބޮޑު އަނިޔާއެއް ލިބިފައިވާކަން ފާހަގައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑު ބާޣީ

    އޭ ފަހަރި ކަލެއަށް މަގާމު ދިނީ އަހަރުން ޕާޓީ މީހުން ހައްޔަރު ކުރާކަށް ނޫން. ހަމަ މިހާރު ދޫކުރޭ. ނޫނީ އިިސްތިއުފާ

  2. ޖަހާންގީރު

    މަރުހަބާ ޖަރީމާރާއްޖެ