މި ހިނގާ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ލ. ލިންކްރޯޑްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން އައިޖީއެމްގައި ފަރުވާދެމުން ދިޔަ 18 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ލ. ފޮނަދޫއަށް ނިސްބަތްވާ ޒުވާނާ ނިޔާވެފައި ވަނީ މިއަދު ވަގުތެއްގައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، ލާމު ލިންކް ރޯޑުގައި އެ ޒުވާނާ އެހެން މީހަކާއެކު ސައިކަލެއްގައި ދަނިކޮށް، ސައިކަލުން ވެއްޓި އެ ޒުވާނާ މަގުމަތީ ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓްގައި ނިޔާވި ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. އެތަނުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް، މާލެ ފޮނުވާލިއެވެ. އަދި މާލޭގެ އައިޖީއެމްއެޗްގައި އޭނާއަށް ދިޔައީ ފަރުވާދެމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި، މި އެކްސިޑެންޓްގައި އެ ޒުވާނާގެ އެތެރެހަށީގެ ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެގޮތުން އެ ޒުވާނާގެ ކިޑްނީ، ފުރަމޭ، ގޮހޮރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާަކަމަށް މައުލޫމާތު ލިބެއެވެ.

މުހައްމަދު ލުބާން ނަމަކަށް ކިޔާ އެ ޒުވާނާ ނިޔާވީ ލިބުނު އަނިޔާތަކަށް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ޙެލުމެެތު އަ

  2. މުނާ

    ތިޔަމަގު ނަގަންވީ..ޔާމީނު ލާރިތަޅާ ބުރުވަން ހެދި އެއްޗެއް ތިޔައީ

    • ވަޓްސްއަޕް

      ޖައްބާރު މީހަކު ވެރިކަމަށް އައިމަ މަރުތައް ގިނަ ވެއްޖެ މީ ސަޅި ވާހަކައެއްނު

    • ާިައަލީ

      މަގު ގޯސް ނުކުރޭ.ނިޔާ އަޙާއަށް ހެޔޮ ދުޢާ ކުރޭ.

  3. އަޒާ

    މަގު ހަދާފަ އޮތް ގޮތުން... ކީއްވެ އެކްސިޑެންޓްވާ ގޮތަށް ހެދީ.. ދިވެހިން ދުއްވާ އެއްޗެއް މައިތިރނުވެގެން ދާ ކޮންމެ ދިމާލަކަށް މަގު ދެމޭގޮތަށް ދިވެހިންނަށް މަގުތައް ހަދަންޖެހޭނީ..

  4. ޙުވަދުު

    ޥަރަންދެރަކަމެއް

  5. އައްޓަމަސް

    ހެލްމެޓްއެޅިޔަކަސް ކިޑްނީ، ފުރަމޭ، ގޮހޮރަށް ގެއްލުންނުވެއެއްނުދާނެ؟! ތަންކޮޅެއްމަޑުން ދުއްވިއްޔާ ވަނީ ކިހިނެތްބާ؟! ދުއްވާއެއްޗަކަށް އެރުނީމަ ގަޔަށް ހިނިއަރަނީތާ؟!