މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިއަތުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.

ޅ.މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ޒިޔަތު އަށް އަހަރަށް ޖަލަށް ލުމަށް އަދި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ވަނީ ޙުކުމް އިއްވާފައެވެ.

މި މައްސަލައިގެ އިސްތިއުނާފް ޝަރީޢަތުގައި ޒިއަތުގެ ފަރާތުން މައިގަނޑު 8 ނުކުތާއެއް ފާހަގަ ކުރިއެވެ. އޭގެތެރޭގައި އޭނާގެ މައްޗަށް ޙުކުމް ކޮށްފައި ވަނީ އިޖުރާޢަތުތަކާއި ހިލާފަށް ހިންގި ތަޙްޤީޤަޤަކާއި، ޝަރީޢަތަކުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެއް ވެސް ހިމެނެއެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ ޒިޔަތު އެކުންފުނީގެ ހިންގާ ގަަވައިދާ ހިލާފަށް އަމަލުކޮށް އެޗެކް އަހުމަދު އަދީބާއި ހަވާލުކޮށްފައި ކަމަށާއި އެހެން ކަމުން އެއީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުން ކަމަށެވެ.

މި މައްސަލަ ނިންމާފައިވަނީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ކެކެކެކެ. ? ކަލޯ ޒިޔަތޫ ރިލޯޑް ކޮށްލަނިކޮށް ތިޔަކަން ހަމަޔަކަށް އެޅިދާނެ.

  2. ފާއިޒު

    ކިހިނެތްވީ ޒިޔަތުވެސް މިނިވަންކޮށްލީމަ ނިމުނީއެއްނުން ހުރިހާމީހުން

    މިނިވަންކުރަމުންދާއިރު މިނިވަންކުރިމީހުންނެކޭ ޒިޔަތެކޭ ވަކިތަފާތެއްނެތް

    ބޭނުންމީހަކު މިނިވަންކޮށްފަ ބޭނުންނުވާމީހާ މިނިވަންނުކުރީމާ ދެރައީ