ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރި ބަނގުރޫޓު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތްކުރެއްވި ކަމަށް ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްޙާމް މިގޮތަށް ވިދާޅުވީ، މިއަދު ޖޭޕީއަށް ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުންނެވެ.

މެމްބަރު އިލްހާމް ވިދާޅުވީ، އޭނާ ޖުމްހޫރީ ޕާޓީއަކާއި ދުރަށް ނުދާ ކަމަށާއި ހުރީ ޖޭޕީގެ ފިކުރުގައި ކަމަށް ގާސިމް އިބްރާހިމްވެސް ހެކިވާނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑަކަށް ދެތިންމަސްވެސް ހިފަހައްޓާ ނުލެވުނު. ހިތަކަށް ކެތްނުކުވުނު. ދިން އެ އަނިޔާގެ ތެރެއިން ނުކުންނަށް މަޖުބޫރުވީމަ ނުކުތީ". އިލްހާމް ވިދާޅުވިއެވެ.

ގާސިމް ޖަލަށް ނުލެވޭތޯ ވެސް މަސައްކަތް ކުރެއްވި ކަމަށާއި އެކަމާއި ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އާދޭސްވެސް ދެންނެވިކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު ވެސް، ކުރީގެ ރައީސް ޔާމީން އެއްވެސް ވަރަކަށް ވިދާޅުވި ގޮތަށް އަމަލު ނުބަހައްޓަވާ ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

"އެއްބަސްވި އެއްބަސްވުމަކަށް އެއްވެސް އިހުތިރާމެއް ނުކުރި. ގާސިމްގެ ވިޔަފާރިއާއި އެމަނިކުފާނުގެ އަމިއްލަ ނަފްސާއި އަދި އެމަނިކުފާނަށް އެއްވެސް ކަހަލަ ގޯނާއެއް ނުކޮށްދޭނެކަމުގެ ޔަގީންކަންވެސް އެރުވި. އެހެން ނަމަވެސް ކަންވެގެން ދިޔައީ އެހެނެއްވެސް ނޫން، ވައުދުތައް އުވާލާފައި ގާސިމް ޖަލަށް ލައި ވިޔަފާރިތައް ނިގުޅައި ގަތީ" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، ގާސިމްގެ ވިލާ ކުންފުނީގެ ވިޔަފާރި ހިމާޔަތް ކުރެވޭތޯ އެތެރެއާ ބޭރުން ވަރަށް މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑު އިން ބައްދަލުވުމެއްގައި ވިދާޅުވި، ގާސިމް އިބްރާހިމްގެ ބަނގުރޫޓުވާށޭ ޖެހޭނީ. އޭނާގެ ހުރިހާ މުދާތަކެއް ދައުލަތަށް ނަގާށޭ ޖެހޭނީ. އެ ދުވަހުވެސް ކެތްނުކުރެވުނު. ގާސިމް ކައިރީ ދެންނެވިން އެ ވާހަކަ" އިލްހާމް ވިދާޅުވިއެވެ.

މިގޮތަށް އިލްހާމް ވިދާޅުވި ނަމަވެސް، އެ ވިޔަފާރި ބަނގުރޫޓު ކުރުމަށް ކުރަން ރޭވިކަމެއް ބުނެފައެއް ނުވެއެވެ. އަދި ބައެއް ވާހަކަތަކަކީ މީޑިއާތަކުގައި ދައްކަން ނުޖެހޭ ވާހަކަތައް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Miadhu

    ކެންޕެއިނަށް ޚަރަދުކިރާނެ ފައިސާ އޮތުރަށްވެސް މިފަހަރު ލިބޭނެ މިފަހަރު މިލިއަނަކުންނޫން ބިލިއަނުން ރިއަލިޓީއަށް

  2. މޫސާ

    އިލްހާމް! ޤާސިމް އަތުން ލާރިގަނޑެއް ބޭނުންވީތަ ތިވަރަށް ތި ދޮގުހަދަނީ!

  3. ރެކިހުތާ

    މިކަހަލަ މީހުންނަށް ބައެއްމީހުން ކިޔާނެ ސިޔާސީ ހަރާމް ދަރިންނޭ.

  4. ލ

    ޖާސޫސް ކުރަން ދޯ ޕީ.ޕީ.އެމް އާ ގުޅުނީ. އެންމެ ނުބައި ވައްތަރު.

  5. ހަލާކު

    ދިވެހިން ދަސްކުރަން ވެއްޖެ، މީ އެންމެ ނުރައްކާ ތެރި ވައްތަރު، މާދަމާ ބުނާނީ މިއަދު މަސައްކަތް ކުރީ މާދަމަ އަށް ވިސްނާފައޭ، އެކަމު އިއްޔެ އުޅުން ގޮތްބަލާ، މިމީހުނޭ މިގިނަައީވެސް

  6. ރިއަލިޓީ

    މީ ރިއަލިޓީ އަކީ، ވިސްނާ މީހަކަށް ރިއަލިޓީ އިލްހާމް ދަށްކާ ހަގީގަތް ވިސްނެން ވެއްޖެ

  7. ހުސޭނުބޭ

    ތިބުނީ ގާސިމުގެ އެއްވެސް މައްސަލައެއް ނެތިހޭ ޖަލައްލީ، ތަސައްރަފު ނުފުދޭ ކުޑަކުދިންވެސް ތިކަހަލަ ވާހަކަ ނުދައްކާނެ، އެހެންނަމަ މިގައުމުގެ ތިބި ހުރިހާ ވިޔަފާރިވެރިން ތިބޭނީ ޖަލުގަ، ކިތަންމެ ބޮޑު ކުށެއް ކުރިޔަސް ފޮރުވައިގެން އިންސާފުހޯދަނީއޭ ކިޔަކިޔާ ތިބޭ، އޭރުން ރަނގަޅަށް ގައުމު ހިންގިފަ އޮންނާނީ.

  8. ސ"ށ

    ތިކަހަލަ ދެފުއްކެހެރިން ގިނަވީމަ ވާނީ މިހެން .ގައުމަށް ހަރާން ކޯރުވަނީ.

  9. ޖޮއްބެ

    ޤާސިމު(ރިޝްވަތުމަހުޖަނު)ގެ ވިޔާފާރި ބަނގުރޫޓުކުރާކަށް ރައީސް ޔާމީން މަސައްކަތެއް ނުކުރައްވައެވެ. އެހެނެއްނޫން ގާސިމު ދިވެހި ދައުލަތަށް ދަރާއޮތް އެތައް ބިލިއަން ޑޮލަރެއް ގާސިމުއަތުން ދައުލަތަށް ހޯއްދަވައިދެއްވަން ޔާމީން މަސައްކަތް ކުރެއްވިއެވެ. އެ ދަރަނި ނުދައްކާ ސަލާމަތްވާންވެގެން ގާސިމު ކުރި ކަމަކީ އީސީގަ ތިބި ފަސްމާ މުލުންގެ ފަސް ވަގަށް ރިޝްވަތު ދީގެން ވޯޓު އޮޅުވާލައިގެން ވެރިކަން ފޭރިގަތުމެވެ.

  10. ބިކަ

    ތިޔައީ އެކިޔާ ސިޔާސީ ރަންޑިން ނަކީ ދެފައިގަ ހިފާފަ މިއެއްޗެހިން އައްދަށުން ދިވެހިން ސަލާމަތްވާން ވެއްޖެހެން ހީވަނީ

  11. ނުރަބޯ

    ކަލޭގެ ލަދުކޮބާ މިހިރަ ގޮނޑިވިއްކާ ކަލޭގެއާ. ޤާސިމުގެ ވިޔަފާރި ބަނގުރޫޓުކުރަން ނޫޅޭ ބަޔަކަށްތަ އޭނާ އެ ވެރިކަން ޙަވާލުކުރީ؟ އޭނ ބުނެބަލަ....!!! ގާސިމްގެ ރިސޯޓް ތަކުގެ ސްޕާތައް ބަންދުކޮށް، ޤާސިމުގެ މަތިންދާބޯޓު ތައް އެއްވެސް ސަބަބަކާނުލައި އުދުހުނަ ނުދީ ގްރައުންޑްކޮށް. ގާސިމު ގެންގޮސް ޖަލަށް ގަޅާލީ ކާކުތަ....؟

  12. ބުރޯ

    ދަވްލަތުން މުއްސަނދި ކޮށްދިން އެންދެރިމާގެއިން ނިކުތް ފަގީރު ގާސިމް. އެއީ އިލްޔާސް އިބްރާހީމް ގެ ވިޔަފާރި

  13. ދޮންދުރިމާ

    ކަލޯ ނުހޮވިދާނެތީ ތިޔަ އުޅެނީ

  14. ާއަލީ

    ޢިލްހާމޫ ކީއްވެތައެދުވަހު ތިވާހަކަތަށް ނުދެއްކުނީ ނޯގޯސް

  15. އަހަންމާ

    ސޭޓްއަތުން މަސްދޯންޏެއް ކައްވާލާފަ ޕޕމ އަށް ގޮސް އަނެއްފަހަރު ރިޝްވަތު ކައިގެން އުނބައްތިޖެހީ ލަދުކޮބާ

  16. ާއަލީ

    ކަލޭތީކާކު ސޭޓް އެކަނި ތިވާހަކަ ގަބޫލުކުރާނީ އެހެންމީހުންގަބޫލެއްނުކުރާނެ

  17. މާމިގިލި މީހެއް

    އިލްހާމް އަކީ ބޮޑު ހަރާންކޯރެއް ކުރީފަހަރުވެސް ގާސިމް އޭނަހޮވާދިނީމަ ޕީޕީއެމްއަށް ދިޔައީ ޔާމީންގެ ބާރުދިޔާމަ އަނެއްކާ ގާސިމް ކަިރިޔައް އދ ގެ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ގޮވާލަން ޖުމުހުރީޕާޓީން ތިކަލޭގެ ބޭރުކުރޭ ?

  18. އާޝި

    ތިޔައީ ބާރާބަރު ދެފުއްކެހެރި އެއް މާދަމާ ބުނާނެ އެއްޗެއް ނުވެސް އެގޭނެ

  19. ޏަމްޏަމް

    އިލްހާމަކީ ސިޔާސީ ހަރާންކޯރެއް ތިވަރަށް ދޮގުހަދައިގެންވެސް ޖޭޕީގައި ހުރެވޭތޯ ބަލާތި ގާސިމު މިހާރު ހުންނާނެ ވަރަށް ހެދިފަ އެއީ ހެއްދިވަރަކަށް ހެދޭ ބޭފުޅެއް.

  20. 3ވަނަވިސްނުން

    ރ ޔާމިން އަން އޮތް ގޮތެއްނޫން ފަގީރު ވުމާއި ބަގުރޫޓު ވުން ސިޔާސީ ބޭފުޅުމް ތަސައްރަފް ފުދި އުގެނެން ވެއްޖެ "އެއެއްޗެން ހޯދިގޮތަކަން އެއެއްޗެއްގެ ނިމުން އޮތީ " ފޮތުގައި އޮތް ގޮތް އޮޅުވާލާތީ ތިކަހަލަ ތާކުން ތާކު ނުޖެހޭ ވާހަކަ ތިހެން ތިޔަދެކެވެނީ