ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސްމިތު)ގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.

ސިއްދީގުއަށް ހަމަލާދިން މައްސަލާގައި ސުމިތު ހައްޔަރުކޮށް، އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުންނެވެ.

ސްމިތު ސިއްދީގަށް ހަމަލާ ދީފައި ވަނީ ކްރިމިނަލް ކޯޓު ކުރިމަތިންނެވެ. އެސަރަހައްދުން ސިއްދީގު ވަޑައިގަންނަވަނިކޮށް ސްމިތު ވަނީ ސިއްދީގަށް ފުރަތަމަ ބަހުގެ ހަމަލާތަކެއް ދޭން ފަށާފައެވެ. އެއަށް ފަހު އަތުން ސިއްދީގަށް ހަމަލާދިން މަންޒަރު ފެނުނެވެ. އެމަންޒަރު އެސަރަހައްދުގައި ހުރި "ވަގުތު" ގެ ނޫސްވެރިޔަކަށް ވެސް ފެނުނެވެ.

ސްމިތު ހަމަލާ ދިން ނަމަވެސް ސިއްދީގަށް މާބޮޑު އަނިޔާއެއް ލިބިފައިވާކަން ފާހަގައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ގުޑް

  2. އައިސަތުލާ

    ނުލަފާ ސިފައެއްޖަހާމިހެއް މީ..

  3. Anonymous

    ހެޔޮވެރި ކަމުގެ އަލާމާތް ތައް ފެންނަމުން މިދަނީ. ދެންއަވަހަށް އޭނަ ދޫކޮށްލަން ގޮވަންފަށާ. ދެއަތްތިލަ ފޫދާ ވަރަށް އަތްޖަހާ.

  4. ފޯރޔޫ

    ސްމިތުގެ ބަންދަށް ހަތް ދުވަސް ޖަހައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އަނެއްކާ ތިޔާ ސްމިތް ބަލާލުމުން ވެސް ވައްތަރީ އަފްއާން މުއްލާ އަކާއި ނޫންތޭ ބޮޑަށް ވައްތަރީ ޓެރެރިސްޓަކާއި ނޫންތޭ އޭ މަމެން ބުނަން ނެތީމު ދޯ ތިޔާ ވައްތަރު މީހުން ރާއްޖޭގެ ވެރިކަން ކުރާ ރަށުން ބާލާ އެމެންގެ ރަށަށް އެމެން ފޮނުވާލަންވީއޭ އެއިރުން ދެން އެމެން ރަށުގައި ގަންނާނެ ގަނޑެއް ގަންނާނެ ނޫންތޭ ކެއަރ އިނަފް ފޯރ ދަ ލިވިންގް މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް...

  5. އަންނި

    ތީނަ ދުޫކޮށްލާ.... ތީސިޔާސީ ކުށް ވެރި އެއް..ހެހެ