މިހުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ފަސް އަހަރު ކަށަވަރު ކުރަން ވަރަށް ހިތްވަރާއި އެކު ކަމަށް މިއަދު ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވި މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އިލްހާމް ވިދާޅުވީ އޭނާ މިއަދު ދެއްވި ވާހަކަތަކުގެ އެއްބައި އެޑިޓް ކޮށްގެން ދެއްކި ވާހަކަ އޮޅުވާލަން ބަޔަކު މަސައްކަތް ކުރާތީ ހިތާމަ ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިހުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެކު ސާބިތުކަމާއި އެކު މި ފަސް އަހަރު ކަށަވަރު ކުރަން ވަރަށް ހިތްވަރާއި އެކު." އިލްހާމް ވިދާޅުވިއެވެ.

އިލްހާމްގެ ޓްވީޓްގައި އިޝާރާތް ކުރައްވާފައި ވަނީ ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ބުނެ މިޑިއާތަކުން ފަތުރަމުން ގެންދާ ޚަަބަރަށެވެ. އިލްހާމް ވިދާޅުވެފައި ވަނީ ރައީސް ޞާލިހަށް ފަހު ގާސިމަށް ރައީސްކަން ހޯއްދަވައި ދެއްވަން އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދަނގެތީ ދާއިރާގެ މެމްބަރު ކަމަށް އިލްހާމް އިންތިހާބުވެވަޑައިގަތީ ޖޭޕީގެ ޓިކެޓުގަ އެވެ. އެހެން ނަމަވެސް އޭނާ ޖޭޕީގައި ހުންނެވުމަށް ފަހު ވަނީ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. ފަހުން ޕީޕީއެމް އިން ވަނީ އޭނާގެ ގޮނޑި ގެއްލުވާލާފައެވެ. ހައެއްކަ މަސް ދުވަހު ޖަލުގައި އޮންނެވި ފަހުން އިލްހާމް މިނިވަންވީ ރައީސް ޞާލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުންނެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ އޭނާ މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ވެސް ޙުކުމް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަހަންމާ

    ދެއްކޭނުދެއްކޭ ވާހަކަ އެއްނޭގެ ދޮގާމަކަރާ ރިޝްވަތުކާމީހުނަށް ވާނީ ތިވަރު މީހުން ކުރިމަތީގަ އަގެއްހުރިމީހެއްނޫން ތީ ކަންނެލި ދޯނި ކޮބާ

  2. ތެދު

    ރިޔަލިޓީ ތީ އަގެއްނެތްމީހެއް މީ ރިޔަލިޓީއްކީ

  3. އާޝި

    މިކަލޭގެ އެންމެ ފުރަތަމަ ދުއްވައިގަންނާނީ އިބޫ ގަންހިންގަން. އިބޫ އަކަށްވެސް ދެފުއްދެގޮތް މީހުން ކަމަކު ނުދާނެ

  4. ލިވްއިން

    މިހުރީ ރައީސް ޞާލިހަށް ފަސް އަހަރު ކަށަވަރު ކުރަން ސާބިތުކަމާއި އެކު ކަމަށް އިލްހާމް ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ ތަމެން ތިޔާ ކިޔާ ސޯލިހް އެހެން ކިޔުމުން އަދި މީހާ ސޯލިހް އެއް ނުވާނެއޭ ތަމެން ސޯލިހް ވާނަމަ ތަމެންގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައި ބަޔާން ކުރެވިފައިވާ ގޮތާއި އެއްގޮތްވާ ގޮތުގެ މަތިން މާލެ ސަރަހައްދުން ގޯތި ގެދޮރު ބޭނުންވާ އެންމެންނަށް މާލެ ސަރަހައްދުން ގޯތި ދޭންވީއޭ އެނޫން އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއޭ މިމަގުން މިކަން ހަމަޖެހެން ޖެހޭނެއޭ ތަމެން ހަމަ މިހާެރުން މިހާރަށް ޕޮލިސީ އެއް އެކުލަވާލަންވީއޭ މިގޮތަށް ކިއެއްކުރަންތޭ ތަމެން މަމެން މޫނަށް ބަލަހަައްޓައިގެން ހުރީ އެހެން ބުނުމުން ހަމަ މިހާރު ޕޮލިސީ އެއް ހަދަންވީއޭ އިނގޭތޭ އައި ތިންކް ޔޫ ކޭން މޭކް އިޓް އަ ބެޓަރ ޕްލޭސް މޭކް އިޓް ސޯ މަޗް ބްރައިޓަރ ދެން ޓު މޯރޯ ކެއަރ އިނަފް ފޯރ ދަ ލިވިންގް މޭކް އަ ލިޓިލް ސްޕޭސް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ އިފް ޔޫ ވޯންޓް ޓު ނޯ ވައި ދެއަރ އިޒް އަވޭ ޓު ކެއަރ ދަ ފެލޯ ސިޓިޒެންސް ވީ ކުޑް ސްޓޮޕް އެގްޒިސްޓިންގް އެން ސްޓާރޓް ލިވިންގް މޭކް އަ ބެޓަރ ވޯލްޑް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން...

  5. އައި

    ސާބިތުކަމާއި އެކީ ހުންނަން ކަލެއަކަށް ނޭގޭނެ . ހުރިހާ ކޮޅަކަށް ދުވަމުންދާ މަހެއް. ވަޓްޢިޒް ދިސް. ހެހެހެ

  6. ޢަލީހަމީދު

    ޓިޔައެއް އެނގިދާނެ އެހެންމީހަކު ތަބްކޮޅެށް ގިނައިން ރީލޯޑުކޮށްލަނިކޮން..

  7. މިރުސް

    ލާރިނުލިބުނީ ވެރިކަން ވައްޓަން ދުއްވައި ގަންނާނެ

  8. އުނދަގޫ

    ތީގާސިމްގެ އެޖެންޓައަށް ވެގެން ޔާމިން ވެރިކަމުން ބޭރުކުރަން ނޫޅެންތަ..ޖަލުފެނިއްޖެ ދެއްތޯ.

  9. މަހެބޫބު

    މިތަނުން އިތުރު އެއްޗެއްލިބިދާނެކަމަށް ހީކޮށް ކަމަސް އުޅޭނީތިގޮތަށް

  10. ކެރަފާ

    5 އަހަރު ކީއްކުރަން 1 އަހަރުވެސް ނުވާނެކަން ކަށަވަރު ވެރިކަން ވެއްޓޭނެ ސޯލިހު އެއީ ނުކިޔަވާ ހުރި މީހެއް .......!!!!!!

  11. ހުސޭނު

    ތި ކަހަލަ ގުނބޯންދައްކާ ވާހަކަ އަޑުއަހާ ދެންވެސް މެންބަރު ކަމައްހޮވަން ރައްޔިތުން މިތިބީ ކެއްމަދުވެފަ. ކުރިން ޖޭޕީއާ ގުޅުނީ ސިޔާސީ ހަޔާތް ގާސިމް ފަހަތުން ނިންމާލަން. ދެދުވަސްނުވެ ފެނުނީ ޕޕމގަ، އަމިއްލައަތައް ހޫނުފެން އެޅިގެން މިހާރު ތިނިންމީ އިބޫ ފަހަތުން ފަސްއަހަރު. އެކަމު ރައްޔިތުން ތިބިގޮތް މާލަސްތަކެއްނުވެ އިލްހާމައް ފެންނާނެ

  12. .ރިއަލްޓީ

    .ލާހޫރޭ ތިތާގަވެސް ވާނީ ދެދުވަސް.

  13. ރީލޯޑް

    ފައިސާގެދަޅަލޮލައްފެނުމުންކަލޯ ތިހިރީ ފަހެމޮޔަވެފާ. ވެރިކަމުގެރަހަކަރުގެއެތެރޭލީމަތާ

  14. ޢައިބާ

    ތީ ގާސިމް ވެރިކަމަށް ގެނެވޭ ވަރުގެ ނީހެއްތަ ، ރިޝްވަތު ބޮނޑި

  15. ބުރޮލީ

    ހަނދާން ނައްތާލަ މީ ރިއަލިޓީއަކީ ތިކަމެއް ނުވާނެ އިލްހާމޫ

  16. އަލީ އަހްމަދު

    ޓިޔައީ ސިޔާސީ ބުރަދަނެއްހުރި މީހެއްނޫން މޮޔަނުވެ

  17. ޑައިލޯގް

    އާނ! ޕަޕެޓް ރައީސް ކިބޫ މިވެރިން ވަރަށް ރީލޯޑް ބޭނުންވާނެ، މިއީ އެއްގޮތަކަށްވެސް ކޮރަޕްޓް ބައެއްނޫން ، ދެން ފެންނާނީ ބޫންބޫން ޢަލީވަހީދުވެސް ކިއްލިތަޅައިގެންގަތްގެ އިތުރަށް މައްޗަށް އަރާތަން މިސަރުކާރު އިންސާފުވެފަ ކޮރެޕްޓެްނުވާނެ

  18. މުހައްމަދު

    ބުރޯ ސަޅި!

  19. އާދަމް

    ދެއްކޭ ނުދެއްކޭ ވާހަކަ ނޭގޭ ބުރާންތިވެފައިތިބޭ މީހުން ދައްކާނީ ހުސްދޮގުވާހަކަ.