ވަޒީރުކަމަށް އައީ ސިފައިންނަށް ބަޑި ޖަހަންވީ ގޮތް ކިޔައިދީ ސިފައިންގެ ސަފުތައް އެތުރެންވީ ގޮތް ކިޔައިދޭން ނޫން ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދި ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ވަޒީރުކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ސިފައިންނާއި ބައްދަލު ކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

މިނިސްޓާރ އޮފް ޑިފެންސް އަލްއުސްތާދާ މާރިޔާ އަހުމަދުދީދީ ސިފައިންނާއި ބައްދަލު ކުރެއްވުން - ވަގުތު އިމޭޖްސް : އަޝްހާދު އަބްދުﷲ

މިރަސްމިއްޔާތުގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އެވެ.

ސިފައިންނާއި ބައްދަލު ކުރައްވާ މާރިޔާ ވިދާޅުވީ މީގެ ކުރިން ސިޔާސީ އެކި ކަންކަމުގައި އުޅުއްވުމަށްފަހު ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބައެއްގެ މިނިސްޓަރަކަށް އައުމުން ބައެއް ފަރާތްތަކުން ސުވާލު ކުރައްވާ ކަމަށެވެ. އެކަމަނާގެ މައްސޫލިއްޔަތަކީ ސިފައިން ގާނޫނާއެއްގޮތައް ކަންކަން ކުރަމުންދޭތޯ ދުވަހުން ދުވަހަށް ބެލުމަށް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނާ އެއްގޮތައް ހުރިހާ ސިފައިން ވެސް މަސައްކަތްކުރާކަން ކަށަވަރުކުރައްވަން ޖެހޭ ފަރާތްކަމަށްވާއިރު މިނިސްޓަރަކީ އެކަންކަން އެގޮތައް ހިނގާތޯބަލައި މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ފަރާތްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވަނީ ކޮރަޕްޝަން އެކުލެވޭ އެއްވެސް ކަމެއްގައި ސިފައިންގެ އެއްވެސް މީހަކު، އެއްވެސް މިންވަރަކަށް ބައިވެރިނުވުމަށް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓާރ އޮފް ޑިފެންސް އަލްއުސްތާދާ މާރިޔާ އަހުމަދުދީދީ ސިފައިންނާއި ބައްދަލު ކުރެއްވުން - ވަގުތު އިމޭޖްސް : އަޝްހާދު އަބްދުﷲ

ސިފައިން އަދާކުރަމުންދާ މައްސޫލިއްޔަތާ ގުޅޭ ގޮތުން މީސް މީޑިޔާގައި ފާޑުކިޔާ ފަރާތްތަކާމެދު ހިތްނުރުހުމުގެ ބަދަލުގައި ސިފައިން ކުރަން ޖެހޭ ކަމަކީ އެމީހުންގެ މަސައްކަތް ވީހާވެސް ބޮޑަށް ރައްޔިތުންނަށް ސާފުކޮށްދިނުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. އޭރުން ރައްޔިތުންގެ އިހްތިރާމާއި ލޯބި ލިބިގެންދާނެ ކަމަށާއި އެކަން ކުރެވޭނީ ސިފައިންގެ އަމަލުކުރާ ގޮތުގެ މައްޗަށް ކަމަށް ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ.

ސިފައިންގެ މުވައްސަސާ ކުރިއެރުމަށް ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޖަލްސާ ނިންމާލާފައި ވަނީ ޚާއްޞަ ދުޢާއަކަށްފަހު ސިފައިންގެ ލަވައިންނެވެ. އަދި ޖަލްސާއަށް ޙާޟިރުވި ހުރިހާ ސިފައިންނާ ޑިފެންސް މިނިސްޓަރ ވަނީ ސަލާމްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އާމިރު

    މާރިޔާދައިތަ މިނިސްޓަރު ކަމާ ހަވާލުވީ ޔުނިފޯމްގެ ކުލަ ރީނދުލަށް ބަދަލު ކުރަން. ސިފައިންގެ ހިތްތައް ބިރަކާނުލާމަޖާ ކުރަން ބަދަލު ކުރަން

  2. މަލީ

    ބަޑިޖަހަންވީ ގޮތް ކިޔައިދޭކަށް ނުވެސް އިގޭނެ. އެހެން ނަމަތާ ކިޔައި ދޭނީ. ހިތުން ވަރަށް މޮޅު އެއްޗެއް ތިބުނީ ބުރާންތި.

  3. ކަލޯ

    ސާބަހޭ މެޑަމް. ކަމަނާ މިރޭވެސް ހިތަހެެއްދެވީ އަނެއްކާވެސް ރެކޯޑެއް. އެއަަީ ޖަލްސާގައި ބައިވެރިވި ހުރިހާ ސިފައިންމާ ސަލާން ކުރުމުން. ކަމަނާ ކިޔާ ފާޑަކައް ބެލުމެއްނެތި ހުރިހާ ސިފައިންނާވެސް ތިޔަގޮތައް ވީހާ ގާތުން ހުޅިގެން މަސައްކަޔް ކޮއްފިނަމަ ކަމާނާއަކީ މުޅިމުއައްސަސާގެ ލޯތްބާ އިޙްތިރާމް ލިބިގެންދާނެ ކަނބަލެއްލަމުގައި ވާނެކަން ޔަޤީން. ތިޔައީވާ ފިސާރި ކަނބެލެއް!

  4. ގިވްއިން

    ވަޒީރުކަމަށް އައީ ސިފައިން ބަޑި ޖަހަންވީ ގޮތް ކިޔައިދޭކަށް ނޫން ކަމަށް މާރިޔާ ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ނުޖެހޭނެއޭ ޑިފެންސް މިނިސްޓަރު އެއްގޮތަކަށް ވެސް ސިފައިންގެ މީހަކަށް ވާން ވެސް އެއީ މޭންޑޭޓްރީ ކަމެއް ނޫނޭ މިނިސްޓަރަކީ އެއީ ފެސިލިޓޭޓަރ އެކޭ އަދި މިނިސްޓަރުގެ ބޭނުމަކީ ޑައުން ދަ ލައިން އަށް ނުވިސްނޭ ކަންކަމުގައި ވިސްނާ މިނިސްޓްރީ ތަކުން ރައްޔިތުންނަށްދޭ ޚިދްމަތް ތައް ފަހި ކޮށްދީ އިނޮވޭޓިވް ބައިވާރކް މިއުސޫލުން މިނިސްޓްރީ ޑްރައިވް ކުރުމޭ އެއީއޭ މީގައި ކުރަން ޖެހޭނެ ކަމަކީ ޑިފެންސް މިނިސްޓަރު ކަމަށް މާ ބޮޑަށް ރަނގަޅުވާނެއޭ ސިފައިންގޭގައި ނޫޅޭ މީހަކު އެގޮތުން މާރިޔާ ވެސް ހައްދަވަންވީ ގޮތަކީ ސިފައިންގެ ފްލެޓްސް ތައް ވެސް ނިންމަންވީއޭ އަދި ސިފައިންގެ ކޮންމެ ބޭކަލަކަށް ހުޅުމާލޭން 1 ހާސް އަކަފޫޓްގެ ގޯއްޗެއް ދޭންވީއޭ ރައީސް އަށް ދަންނަވައިގެން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް އޯއް ޓްރައި ޓު ޓެލްމީ ދިސް ކޭން ބީ ޑަން ދިސް އިޒް ދަ ފީލިންގް ކްއެންްޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް އޯއް އޯއް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ޓޭކް މީ ހަޔަރ ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  5. ސްޕިންގް

    އަޅުގަނޑުގެ ވާޖިބަކީ ގާނޫނުއަސާސީއަށް ސިފައިން ބޯލަނބާތޯ ބެލުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ނުޖެހޭނެއޭ ޑިފެންސް މިނިސްޓަރަކަށް ސިފައިންގެ މީހަކު ލާން މާރިޔާ ކުރައްވަންވީ ކަމަކީ ކުރީގެ އެއްވެސް ޑިފެންސް މިނިސްޓަރަކަށް ނުކުރެވުނު ކަން ކަަމަށްވާ މާލެ ސަރަހައްދުން ހުޅުމާލެ ދޭކުން ކޮންމެ ސިފައިންގެ ބޭކަލަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް ދޭންވީއޭ އޯއް އޯއް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ޓޯކް ޓު މީ ލައިކް އެން އަޔަން ލޭޑީ އިޓް ސީމްސް ދެޓް ޔޫއާރ ގޮނާ ޓޭކް އިޓް ޓު އެން އަޕަރ ސްޓްރީމް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  6. ދިސްއިޒްދަ

    ޑިފެންސް މިނިސްޓަރުގެ ވާޖިބު އޮންނާނެއޭ އޭނާ ކުރާ ހުވާގައި ލިޔެފައި އެނޭގޭ މީހަކު ރާއްޖޭގައި މިނިސްޓަރު ކަން ނުކުރާނެއޭ ޑިފެންސް މިނިސްޓަރު ކަމުގައި މާރިޔާ ހުންނައިރު އެބަޖެހެއޭ ޑިފެންސްގެ މޭންޑޭޓް ގައި ހިމެނޭ އިމިގްރޭޝަން އިން ހިންގާ އޮގަނައިޒްޑް ކޮރަޕްޝަން ނައްތާލަން އެގޮތުން ރާއްޖެއަށް އޯޕަން ވިސާގައި ގަވާއިދާއި ޚިލާފަށް ބަންގާޅުން މިދިޔަ އޮކްޓޯބަރު މަހު ފްލަޑް ކޮށްފިއޭ ފީންނެއް އިމިގްރޭޝަން ކޮންޓްރޯލަރ ކަޓް ނަގައިގެން ދިސް އިޒް ދަ ފީލިންގް..

  7. ގިވްއިން

    ގާނޫނު އަސާސީ އާއި ގާނޫނު ތަކާއި އަދި ގަވާއިދު ތަކަށް ސިފައިން ބޯލަނބާނެ ތޯ ކަށަވަރު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ އެހެން ކަަމަށްވާނަމަ މިހާރު ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ 60 ހާސް ބަންގާޅުން މިހާރު ވެސް ފްލަޑް ކުރަމުން ދަނީ ޑިފެންސް ބެލުމުގެ ދަށުގައި އޮތް އިމިގްރޭޝަން ގެ ބޮޑުން އަޑީގައި ތިބެގެންނޭ މިކަން ބަލާށޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް...

  8. ފްރޮމްދިސް

    ސިފައިން ގާނޫނު އަސާސީ އަދި ގާނޫނު ތަކާއި ގަވާއިދަށް ހުރުމަތް ތެރި ކޮށް ހިތާ 90 ޑިގްރީ އަށް ސިފައިން ކަންކަން ކުރަން މިސްރާބު ޖަހަން އެމަގުން އެކަން ކުރާނޭ ކަމަށް ރާއްޖޭގެ ފުރަތަަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވުމުން މަމެންނަށް ރިކޯލް ވަނީ މަމެން ހިލަރީ އަށް ކެމްޕެއިން ކޮށް ދިން ސީޒަން އޭ ޑިފެންސްގެ ދަށުގައި އޮތް އިމިގްރޭޝަން ރަނގަޅު ކުރާށޭ ފްރޮމް ދިސް މޯމެންޓް އޮން ޔުއަރ ބިލީވް އިޒް އަވަރ ބިލީވް އެން ޔޫއާރ ދަ އާންސަރ ޓު އަވަރ ވިޝް ފްރޮމް ދިސް މޯމެންޓް އޮން...

  9. ޓޫވެލް

    ގާނޫނު އަސާސީ އާއި ގާނޫނު ތަކާއި އެއްގޮތަށް ސިފައިން މަސައްކަތް ކުރޭތޯ ބަލާ އަދި ޑިފެންސް ގެ މޭންޑޭޓް ގައި ހިމެނޭ ކަންކަން ގާނޫނާއި އެއްގޮތަށް ކުރަން ޑިފެންސް މިނިސްޓަރޭ ޓްރައި އައުޓް ކުރުން އެއީ މާ ބޮޑަށް ރަނގަޅު ކަމެކޭ ޑިފެންސް ބެލުމުގެ ދަށުގައޭ ރާއްޖޭގެ އެންމެ ކޮރަޕްޓް އިންސްޓިޓިއުޝަން ކަމުގައިވާ އިމިގްރޭޝަން އޮތީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހިފާ ހައްޔަރުކޮށްގެން އެމެން ފޮނުވާލަން އުޅޭށޭ އޯއް ޔުއަރ ފިއުޗަރ އިޒް މީން ޓު އަސް އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލް ޓޫވެލް އޯލް އޯލް އޯލް ޓޫވެލް ޓޫވެލް ޓޫވެލް...

  10. އަސްތާ

    ގާނޫނު އަސާސީ އާއި ގާނޫނު ތަކަށް ބޯލަނބާތޯ ބަލާނެ ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ރާއްޖޭގައި ގަވާއިދާްއި ޚިލާފަށް މަސައްކަތްކުރާ ބަންގާޅުންގެ ސަބަބުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ގަވާއިދުން ބޭރު މީހުން ގެނެސްގެން މަސައްކަތް ކުރަން އުޅޭ ކުންފުނި ތައް ވަނީ ބޭންކްރަޕްޓްއޭ އޭގެ ބަދަލުގައި އަންޑަރވޯލްޑް ވިޔަފާރި ކުރާ މީހުންނޭ ޗާބޫކުން ތަޅާ ރާއްޖޭގެ ވިޔަފާރި ތައް ފުނޑަމުން މިދަނީ އަސްތާ ބުނަންތާ މަގޭ..

  11. ރާއްޖެ

    ތެދެއް އެއީ. ނޮވެމްބަރ 3 ގައި ކަލޭމެން ފިލި ވާހަކަ ކިޔައިދޭން އޭނަ މިނިސްޓަރު ކަމަށް އަރާ އެހުރީ.

  12. މާމުޓާ

    ޑިފެންސު މިނިސްޓަރު ކަމަށް އައީ ބަޢާވަތް ކޮއްފާނެ ކަމަށްހީކޮށް މަޏްޖެ މިނިސްޓަރު ކަމުގައިހުއްޓަސް ވަގުތު ޖެހުނީމާ ބަޢާވަތް ކުރަން އަހަރުމެން ރައްޔަތުން ފަހެއްނުޖެހޭނެ ވެރިކަމަށް އައީވެސް ވޯޓުކަރުދާސްތަށް ވީދާ ސުންނާފަތި ކުރުމަށް ފަހު މިޔަށް ބަޢާވަތޭ ނުކިޔޭނެ ސަބަބެއް ހަމަނެތް.

  13. ހުސޭނު

    ސޯސަލް މީޑިޔާގަވެސް ތިމާމެންނާދިމާލައް އެއްޗެއް ބުނީމަ ރުޅިއަންނަނީ ކޮންބެއްކަން އެބައެނގެ އެހެންނޫންނަމަ މާރިޔާ ތިވާހަކަ ދައްކާކައްވެސް ނުޖެހުނީސް އަދި ސުމިތުމެން ނެރެގެން މީހުންނައް ހަމަލާދޭކައްވެސް ނުޖެހޭ.

  14. ކެކެކެ

    ފިސްތޯލަ އޮތީ ކާކުގެ ފައިކޭޓުގަތޯ ބަލަން ދޯ އައީ؟

  15. އައްޑޫސިޓީ

    މާރިޔާ ހަނދާންއެބަހުރިތަ ގާނޫނުއަސާސީއައް ފައިން އެރި ހަނދާން. އެވަރު މީހަކު އެހެންބަޔަކު ގާނޫނުއަސާސީއައް ބޯލަންބަން ކުރާނެކަމެއް ނޮއޮންނާނެ. އިސްތިއުފާ ދިނުންރަންގަޅުވާނީ. މަގިލީހުން ރުހުންވެސް ނުދޭންވީ.

  16. ސަމްޕަތު

    ވަޒީރު ކަމައްއައީ ތިމޫސިސާގެ ދުވަސް ދުއްވާލަން އަންހެނުންނަކީ ތިވަރުގެ މޫސަސާއެއް ހިންގޭނެ ބައެއް ނޫން

    • ބ

      ހިންގޭނެ

  17. Miadhu

    މާރިޔާ ސިފައިންގެ މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ސިޔާސީގޮތުން ސިފައިން ބިރުގެންނެވުމަށް

  18. ބުނެލިިިީީ

    އެހެން ވިއްޔާ މައުމޫން ޑމ ހަމަޖައްސާ ތި ކަމެއް ނުވި އެއްނު.

  19. Anonymous

    ހިލޭ އަންހެނުން ހިލޭ ފިރިހެނުންނާއި ސަލާމް ކުރުމަކީ ހުއްދަ ކަމެއް ނޫން

  20. ސަޒާ

    ގައުމުގެ ދިފާއީ ބާރުގައި ތިބި ބަޔަކީ ފިޑިންތަކެއްކަމަށްބުނެ ބަލި ފިދަނަ ތަކެއްކަމަށް ބުނި މީހަކު އަިއިސް ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެ ސިފައިންނާ ކުރިމަތިލާ ވާހަކަދައްކަން ލަދު ނުގަނޭދޯ. ޤާނޫނުގެ ވާހަކަ ދައްކާއިރު ޤާނޫނު އަސާސީއަށް ފައިންއަރާ ހުރި މީހެކޭ ތީ، މާރިޔާއަކީ މުޖުތަމައުގައި އަގުވެއްޓިފައިހުރި މީހެއް