މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަން އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިކަން ހާމަކުރެއްވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އުއްމީދަކީ ސުޕްރީމް ކޯޓުން މި މައްސަލައިގައި ވީހާވެސް އަވަހަކަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއަދު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބިލު ހިނގާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހު އެވެ.
ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހެވެ. އެހެންކަމުން ބިލު ފާސްވެ ގާނޫނަކަށް ވާ ހިސާބުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑަ އަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ގެއްލޭނެއެވެ.
ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން މިއަދު އިސްލާހު ގެންނަން ފާސްކުރީ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށެވެ.
މި ބިލު ފާސްކުރިއިރު ބޮޑެތި ޖިނާޢީ ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.
އުއްތަމަ ބާޣީ އާއި ހުދުޖަނގިޔާ ކަޅޭ ނެތިއްޔާ ދެން ކަލޭމެންގެ ބާރެއް އިންޝާﷲ ނުހިނގާނެ.
ރައްޔިތުންގެ ހައްގުގައި ވަރައްވެސް ރަނގަޅަށް ފާސްކޮއްފައިވާ ދެބިލު ތިޔަދެބިލާމެދު އިދިކޮޅޮން އެއެދޭގޮތަށް ޢަމަލު ނުކުރުމަށް ޤައުމައްހެޔޮއެދޭ ރައްހިތެއްގެ ހައިސިއްޔަތުން ގޮވާލަން
ކޮބާ އަނެއްކާ ސުޕްރީމް ކޯޓް އުފަންވެއްޖެ ދޯ؟
ތިން ފަޑިޔާރުން ތިބެގެން ނިންމާ ނިންމުން ގަބޫލު ނުކުރާނެ ކަމަށް ބުނާމީހުން މިކަން މިހުށަހެޅީ ވެސް ތިން ފަޑިޔާރުން ތިއްބާ. !!!!
ހޯހޯހޯ! ސްޕްރިމްކޯޓަށް ހުށައަޅާނެކަމެއްނެތް! ޤަސިމްބެޔަށް އަންގާލަ! އޭރުން ސްޕްރީމް ކޯޓުގެ އަމުރު ޤާސިމްބެ އަމިއްލއަށް ނެރޭނެ. އެގޮތް މާ ފަސޭހަވާނެ.