ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިން ކަމަށް ބުނާ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ދެ ހެއްކެއް ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކޯޓުން ބަލައި ނުގަންނަން ނިންމީ ޖުމްހޫރީ ޕާޓީގެ މެންބަރު، ލ. ހިތަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއު ތަހުގީގަށް ދިން ބަޔާނެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބަޔާން ބަލައި ނުގަންނަން ނިންމީ ކޯޓަށް ޝާފިއު ހާޒިރު ކުރެވެން ނެތުމުން އެ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރެވެން ނެތުމުން ކަމަށެވެ.

މި މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ހެއްކެއްގެ ގޮތުގައި ޝާފިއުގެ ނަން ދައުލަތުން ހުށަހެޅުމުން ބަލައި ނުގަންނަން ނިންމާފައެވެ. އެއީ ކުރިން ޝާފިއު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވާތީއެވެ.

މިއަދު ދެން ބަލައި ނުގަންނަން ނިންމީ ޝާފިއުގެ އޯޑިޔޯއެއްގެ އެނަލައިޒް ރިޕޯޓެވެ. އެ އޯޑިޔޯ އަކީ ވީޑިޔޯ އަކުން ނަގާފައިވާ އޯޑިޔޯ އެކެވެ.

އެ ހެކި ބަލައި ނުގަންނަން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އެއީ ގާނޫނާއި ހިލާފަށް ހޯދާފައިވާ ހެއްކަކަށް ވާތީއެވެ. ގާޒީ ވިދާޅުވީ އެ އޯޑިޔޯ ހޯދާފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދެން ހެއްކެއްގެ ގޮތުގައި ހުށަހެޅީ މޯބައިލް ފޯނު އެނަލައިޒް ކުރި ފުލުހެކެވެ. އޭނާ ބުނީ އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅަންޖެހޭ ހުރިހާ ހެއްކެއް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ގިނަ ހެކިތައް ބަލައިގެންފައެއް ނުވެއެވެ.

އިއްޔެގެ އަޑުއެހުމުގައި ފާރިސް އާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަނީ ފާރިސް އާއި އެއްކޮޅަށް ހެކިބަސް ދީފައެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވިދާޅުވީ ދިފާއުގައި އެއްވެސް މީހަކު ހެއްކެއްގެ ގޮތުގައި ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުންވަނީ ކިތާބީ ހެއްކާއި މެދު ވާހަކަދައްކަން ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މާދަމާ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ އަޑުއެހުމުގައި އޮންނާނީ ކިތާބީ ހެއްކާއި މެދު ވާހަކަ ދެއްކުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިމަންނަ

    " އިއްޔެގެ އަޑުއެހުމުގައި ފާރިސް އާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަނީ ފާރިސް އާއި އެއްކޮޅަށް ހެކިބަސް ދީފައެވެ." ހަދަހާ އުރުއްޕަތެއް ނެތް މެންބަރެކޭ ،

  2. ދިވެހި

    އަސްލު އިދިކޮޅު މީހުން މި ވާނުވާ އެނގޭތި ، މީހުންގެ ލޯ ކުރިމައްޗަށް ދަޅަ ދައްކައި ކުށް ސާބިތު ނުވެގެން ފާރިޝް ކޯޓުން މިނިވަން ކޮށް ، އިދިކޮޅު ކެންޑިޑޭޓަކީ ފާރިޝް ކަމަށް ދައްކަން އަސްލު އިދިކޮޅު ލީޑަރުންނަށް މަޖުބޫރު ކުރުވަނީ.. އެހިސާބުން ފާރިޝް ހޮވުނަސް ، ޔާމިނު ހޮވުނަސް މިގައުމުގެ ވެރިކަން އޮންނާނީ އެއް އާއިލާއެއްގެ އަތް މަތީގައި. ދެން ރީކޯ ހުންނާތި އަތް ޖަހަން..

  3. ހާލިދު ބުން ވަލީދު

    ކޮބާ ތަމެންނަށް ފެނޭތަ ފެނޭދޯ ފެނޭތޭ ފެނޭދޯ
    ދެން ޖަމީރު ބާރަށް ހަތްޖަހާ... ވ.ވާހަކަ

    • ާއައިޝޫ

      ކޯއްޗެއް ނުފެނިގެން އުޅޭ މީހެއްތަ މީ.ވާނުވާ