މިމަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު މުޒާހަރާ އޮންނާނެކަން އިއުލާނުކޮށްފިއެވެ.

އިދިކޮޅު އިއްތިހާދުން މިހާރު ބާއްވާ ނޫސް ކޮންފަރެންސުގައި ވަނީ 16 ވަނަ ދުވަހުގެ މުޒާހަރާގައި ބައިވެރިވުމަށް މިހާރުން ފަށައިގެން މީހުން މާލެ އައުމަށް ގޮވާލާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، މި މަހު 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒަހަރާ ކުރިންވެސް ރޭއްވި ގޮތަށް އޮންނާނެ ކަމަށެވެ.

"އަޅުފަނޑުމެން މީހަރުއްސުރެ މި ގޮވާލަނީ ރައްރަށުގައި ތިއްބެއްވި އިސްލާޙަށް ލޯބިކުރައްވާ ފަރާތްތަކުން 16 ވަނަ ދުވަހުގެ ބޮޑު މުޒާހަރާއަށް މާލެ ވަޑައިގަތުމަށް،" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ކުރިއަށް އޮތް ހަތަރު ދުވަހުވެސް އިހުތިޖާޖުތަށް ހުއްޓާނުލާ ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މިރޭވެސް މާލޭގެ 4 ސަރަހައްދަކަށް އެއްވާނެ ކަމަަށް އަމީތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަފޫ ލެވަޓަން

    ކިތައްމެ ވަރަކައް އެއްވިޔަސް ވާނެ ކަމެއް ނޯންނާނެ. ތިކަހަލަ ކިތައްމެ އެއްވުމެއް ފެނިއްޖެ. ހަމަ ރައްޔިތުން އުދަގޫ ކުރުމައް ކުރާކަމެއްތި... މި ސަރުކާރު އިސްވެރިނާއި ރައީސް ޔާމިން ގެ ވިސްނުން ފުަލުން ގައުމު ހިމާޔަތް ކުރާނެ.

  2. ވަތުތަށި

    އަހަރުމެން ރާއްޖެ ތެރޭ މީހުން ގަޅިހައްދަން ނޫޅޭ. ތިމުޒާހަރާ އަކަށް ނުދާނަން ކަލޭމެންދޯ އަހަރުމެންގެ އާއިލާ ބަލަހަށްޓަނީ ....ބުރޯމެންނޭ ތީތި ކަޑައޭ.

  3. ދަވޭ

    އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކޮށްފި ނަމަ އެއީ ސިޔާސީ ޕާރޓީ ގައި އުޅޭ ގްރާސްރޫޓް ލެވެލް އިން ފެށިގެން ޕާރޓީގެ މުހިއްމު މަގާމް ތަކާއި ދެމެދު އޮންނަ އެންމެ ބުރަ ކޮށް މަސައްކަތް ކުރާ ޕާރޓީގެ ބެކް ބޯން ކަމުގައިވާ ޕާރޓީ ދެކެ ލޯބިން އުޅޭ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކޭ. މިކަން ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ވެސް އޭނާ ޑީއާރުޕީގެ މެމްބަރުންނަށް ކަޓް ދީގެން އެމެމްބަރުން ގަނެގެން ގޮސް ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލާ އޭނާ ކަޓް ކާން ދިމާ ނުކުރިނަމަ އޭނާ ނޫންތޭ މިކަން ކުރަންވީއޭ. އޭނާ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށް ދޭން ނަމުަގައި އޮޅުވާލާ މަކަރާއި ހީލަތް ހަދާ ރައްޔިތުންނަށް ދަހަރާމް ކޯރުވީމަ ނޫންތޭ އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލީ ރައްޔިތުންގެ މަޖްލީހުން ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާ ނުލާށޭ ބުނެ ގާނޫނެއްވެސް ފާސް ކޮށްފައި ވަނިކޮށް. މިއަދު ދިވެހި ރައްޔިތުން އުފާ ކުރަން ޖެހޭނެ އެންޓި ޑިފެކްޝަން ބިލް ފާސްވުމުން.

  4. ހުސޭނުބޭ

    އަމިތު ތީކާކު. މިހާރުު އަގަފަޅަމިގެން ތިއުޅެނީ ސޯޅަވަނަދުވަހު މީހުން އެއްކުރަންވެގެން. އެމީހުން އެއްކޮއްފަ ކަލޭފިލާނީ މީވާނެގޮތަކީ. ރަތްއިތުން ގުބޯނުހައްދާ. މިހާރު ތިހިރީީ ވާނެ ހަތަރެތި ވެފަ. ދެން ވެސް ރީތިކޮންތިބޭކައްނޭގޭދޯ. ތިމުޒާހަރާއަކައް އެދުވަހަކުު އެމްޑީޕީގެ އިސްސަފުގަ އުޅޭއެކަކުވެސް ނުނިކުންނާނެ. ނިކުތަސް މީހުން އެއްކޮއްފަ. ކަންކަން ގޯސްވާހެން ހީވީމަ މީހުންކޮޅު ދޫކޮއްފަ ފިލާނީ މީކަންވާގޮތަކީ. އެއްކަލަ ނިކަމެތި މީހާ މިއޮންނަންޖެހެނީ ޖަލުގަ. ދަރިންކޮޅު މިނިކަމެތިވަނީ. ތިއިއްތިހާދުގެ ހުރިހާބޮޑުން އައިސްގޭގަ ޓީވީބަލަން ތިބެނީ ކޮފީ ބޯލަ ބޯލާ.

  5. ޜަސީދު

    ނުދާނަމެ ކިހާބޮޑޮކަމެއް

  6. ޛހގހފ

    އެނގިދާނެތާ. އެތަކެއް ދުވަހެއް ކުރިން އަންގައިގެންވެސް ހާހެއްހާ މީހުންވެސް ހަމވެއްޖިއްޔާ ރަގަޅު. ކަލޭމެން ކަލަންޑަރުގައި ހުރިހުރިހާ ތާރީޚެއް ދިނަދް އެއްވާނެ ބަޔަކު ނުވާނެ. ރައްޔިތުންނަށް މިހާރު ވާނުވާ އެނގޭ. ސިޔާސީ ގުއިރޯނުގަ ނުޖެހި އުޅެން

    • ޜަސް

      ކަލެޭ ދެ ލޯ ކަނުތަ މޭޑޭ ގަ މުޅި މާލެ ފުރުނުއިރު

      • ގުއިޑޭ

        މޭޑޭގައި ** ފުރުނީ. ދުރު ދުރުގައި ލައިން ހަދައިގެންވެސް ސޯޝަލް ސެންޓަރާ ހަމައިން ހުއްޓިއިރު ވީބީ އާހަމައަށްވެސް މީހުން ނެތް.

      • ޏަސީދު

        ދެން ކަމެއް ވިތަ..؟

  7. ކެރި

    ވަރަށް ބިރުން މިއޮތީ މިހާރު ރަޖާއަޅާފިން ވަރަށް ސަލާމް ކެނެރީ ނަޝީދަށް ގުޑް ނައިޓް ..

  8. ފަތްމިނި

    މީ ދުނިޔޭގެ އެހެންކަމެއްވެސް ނެތްބައެއް ދޯ، މިމީހުން ދުނިޔެއަށް އައިސްމިތިބީ މި މަސައްކައްކުރަންއެކަނި.

  9. ދައްލޭ

    ތިޔަ ބާއްވާމުޒާހަރާތަކަށް ގޮސްގެން މިހާރުވެސް އެތައްބަޔަކު ޖަލުގައި އެބަތިބި. ދެން ކާކުތޯ ދާނީ. އެއްވެސް މީހަކު ގާނޫނީ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލާކަށް ބޭނުމެއް ނުވާނެ.

  10. އަހްސަން.

    އަމީތުމެން ގަޅި ހައްދާގެން އީވާމެން މާރިޔާމެން އަޑީގަ. އެންމެ ފަހުން ޖަލަށް ދާންމިޖެހެނީވެސް އަމީތުމެން. ކަލޯމެން މޮޔަވަނީ.

  11. ހުސޭނުބޭ

    ގޮނޑިގެއްލުމުން މާޔޫސްކަމުގައި ކުރާ މުޒާހަރާ....... ތިޔަށް ކިޔާ މާޔޫސް މުޒާހަރާ.

  12. މަންޞޫރު އާދަމް

    ވެރިކަމަށް ތާއީދުކުރާ ހުރިހާ ރައްޔިތުން ނިކުތުމަށް ގޮވާލަން!

  13. ރަމީޒު

    އެއް މުޒާހަރާއެއްވެސް ނުބޭއްވޭނެ... އަމަން ނަގާލަން މަގުމައްޗައް ނީކުމެ ހައީޖާނު އުފައްދާ އެންމެންގެ މައްޗައް ޓެރޮރީޒަމްގެ ދައުވާކޮއް ޖަލައް ގަޅާލާނީ..

  14. Anonymous

    ޢަހަރެމެން މުޒަަަހަރަަޔައް ނުދަަނަން

  15. އަލީ.

    ނިމެނީ ނިމެނީ އިންޝާ ﷲ

  16. މަރީ

    ވެރިކަމަށް ތާއީދުކުރާ މީހުން ނުކުމެއްޖެނަމަ ތަޅާފޮޅުމެއް ފެށޭނެ! އިދިކޮޅުން ނުކުންނަ މީހަކަށް ހަމީހުން ސަރުކާރަށް ތާއީދުކުރުމަށް ނުކުންނާނެ! ވީމާ ބަޔަކު ވެރިކަމަހުރެ ތެޅިމަރުވެ އެއްބަޔަކު ޖަލުގަ ހައްޔަރުވާތަން ބަލަންތިބުން ރަގަޅީ!

  17. ރީނދޫ ގުންޑާ

    ތެމިފަ އިން ހިކަނދިގަނޑެއްހެން ރާޓީވީ އަށް އަރާ އިނދެ މީހުން އަންނާށޭ ބުނިއިރުވެސް ކަލޭ ހުރި މާޔޫސް ކަމާއި ދެރަވަރުކަން ފެނި މަ ހަން ް ް ް ް ް ްދަރުދީ ވަން. ކެކެކެކެކެ

  18. ނުރަބޯ

    ތިޔަކަންވެސް އެހެން ފަހަރުތަކާ އެއްގޮތަށް ޖަމަލުފޮޑިއަށް ދާނީ، އިންޝާﷲ....!!!

  19. ޢަފްލާ

    ކޮނމެ މީހަކަށްވެސް ލޮލެއް ދެއްވާފަވޭ ލޮލަށް ގޮވާކަށް ނުވާނެ އެނމެންނަކީވެސް ﷲ ގެ އަޅުން މީހެއްގެ އަޅަކަށް ވޭވޭނީ ކިހިނެއް