ޓެކްސީ ބޯޑުގެ ފީ އުވާލައި, މާލޭގެ މަގުތަކުގައި ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަން ފަށާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕްލޭންތަކާއި އެއްގޮތަށް އެ މިނިސްޓްރީން ފުރަތަމަ ހަތް ދުވަސް ތެރޭގައި ކުރަން ހަމަޖެހިފައި އޮތް ތިން މަސައްކަތެއް މިއަދު ނިމިފައިވާ ކަމަށެވެ. އެގޮތުން ޓެކްސީ ބޯޑުގެ ފީ އުވާލައި، މާލޭގެ މަގުތަކުގައި ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ބޭނުމަށް ފަޅުތެރެއިން ނެގިފައި ހުރި ތަންތަން ރަށްޔިތުންނަށް ބޭނުން ކުރަން ހުޅުވާލައިފައި ވާކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަތޭކަ ދުވަހަށް ވެފައި އޮތް ވައުދު، ޕްލޭން ތަކުން، އަޅުގަނޑުމެންގެ ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ފުރަތަމަ ހަތް ދުވަހު ކުރަން އޮތް ތިން ކަންތަށް ނިންމުމަމަށް ފަހު ރައްޔިތުންނަށް އެކަން ހާމަކޮށްދެން. އަޅުގަނޑުމެންގެ މިނިސްޓްރީގެ ދަށުން ނިންމި ތިން ކަމަކީ ޓެކްސީ ބޯޑުގެ ފީ ކަނޑާލުމާއި ދައުލަތުގެ ބޭނުމަށް ފަޅުތެރެއިން ނެގުފައި ހުރި ތަންތަން ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތަށް ހުޅުވާލުމާއި ގަވައިދާއި ހިލާފަށް މަގުމަތީގައި ޕާކުކޮށްފައިވާ ގިނަ ދުވަސްވީ އުނޅަދުތަށް ގަވައިދުން ނަގަން ފެއްޓުން. މިއަދު އެ ތިންކަންތަށްވެސް ފަށްޓާފަމިވަނީ" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ މިއަދު ވަނީ މާލޭގެ ފަޅުތެރެ އާންމުންނަށް ލުއި ފަސޭހަ ކުރުމަށް ކުރެވޭނެ ކަންތައްތަކާ މެދު ފުލުހުންނާއި އެކުގައި މަޝްވަރާކުރައްވާފައިއެވެ. އަދި ޓެކްސީ ބޯޑުގެ ފީ އުވާލުމާ ގުޅޭ ގޮތުންނާއި މާލޭގެ މަގުތަކުގައި ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމާ ގުޅޭ ގޮތުންވެސް ފުލުހުންނާއި މަޝްވަރާކުރައްވާފައިވެއެވެ.

ރައީސް ޞޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓާ ގުޅޭ ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މުޅި މާލޭގެ ޓްރެފިކް އެނަލައިޒްކޮށް، ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުން ހިމެނެއެވެ. އަދި އެކި ބާވަތްތަކުގެ ވެހިކަލް ޕާކު ކުރުމަށް ވަކި ހާއްސަ ޒޯނުތަކެއް ކަނޑައެޅުމާއި މުދާ ބަރުކޮށް އަދި މުދާ ހުސްކުރުމަށް ހާއްސަ ހިސާބުތަކެއް ކަނޑައަޅުމަށްވެސް ނިންމާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ/ދަނބުފަށުވިގެ

    އަލަށް ބާޒާރަށް ނެރޭ ތަކެއްޗަށްވެސް ބައެއްފަހަރު ފާޑުކިޔުން އޮވެއެވެ. އެހެންނަމަވެސް، އެތަކެތީގެ ޙަޤީޤީއަގު ވަޒަން ކުރެވެން ފެށުމުން، މާކެޓުގައި އެތަކެތީ އަގުއަރައެވެ. މުޖުތަމަޢުގައި އެތަކެތީގެ މައްޗަށް އިޢުތިބާރު ލިބެއެވެ. އެހެންކަމަށްވާނަމަ، އަދި ކިރިޔާ ސިޔާސީ ދާއިރާއަށް ނުކުންނެވި ބޭފުޅަކަށް ފާޑުކިޔުންތައް އަމާޒު ވަމުންދާއިރު، ބާރަށު ބޯށިވަލު ބުޅާފާތުމާގެ ރެހެންދި ގޮއްޔެގެ މަތިން މިރާއްޖޭގެ ތާރީޚު ހަނދާން ނައްތައި ނުލައެވެ.