އަމީތު ބަންދުކޮށްފައިވާ ސަރަހައްދުގައި
އަމީތު ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއްގައި

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެންބަރުން ދަން ޖެއްސި ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަށް އާބަސް ނުބުނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އެ 12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ބިލް ފާސްކޮށްފައެވެ. އެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމުން އެ މެމްބަރުންގެ ގޮނޑި ގެއްލުނުކަން ކަށަވަރުވެގެންދާނެއެވެ.

މިއަދު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ މަޖިލީހުން މިއަދު ފާސްކުރި ދެ ބިލަކީ ގާނޫނު އަސާސީ އާއި ހިލާފަށް ފާސްކޮށްފައިވާ ދެ ބިލު ކަމަށެވެ.

"މިއަދު މަޖިލީހުން ފާސް ކުރި 2 ބިލް ބާތިލު ކުރަން މިހާރު ވަނީ ސްޕްރީމު ކޯޓަށް ހުށައަޅާފައި. މި ދެބިލުވެސް ބާތިލްކުރަން ކޯޓަށް ހުށަހެޅީ އެ ދެ ބިލަކީ ގާނޫނު އަސާސީއާ ހިލާފަށް ފާސްކުރި ދެ ބިލަށްވާތީ " އަމީތު ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ މާޒީގައި ހިނގާ ކަންކަމުގެ މައްޗަށް ގާނޫނު ހަދައިގެން ހިންގުމަކީ ގާނޫނު އަސާސީ ދަންނަކަމެއް ނޫން ކަމަށާއި އެހެންކަމުން މިއަދު މަޖިލީހުން ފާސްކުރި ދެ ބިލަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް ފާސްކޮށްފައިވާ ދެ ބިލު ކަމަށެވެ.

" ފެންނަމުންދަނީ ރައީސް ޔާމީން ގާނޫނުތަކުގެ ބޭރުން ކަންކަން ކުރަމުންގެންދާ މަންޒަރު. މިއަދު މަޖިލީހުގައި ހިނގައިދިޔަ ކަންކަމަކީ ވެސް ރައީސް ޔާމީން ގާނޫނާ ހިލާފަށް ކުރާ ކަންކަމުގެ ތެރެއިން ބޮޅެއް. ގާނޫނުން ބޭރުވެ ގާނޫނުގެ ތެރެއަށް ވަނުމަށް ހެދޭނެ ގޮތެއް ވެސް ނެތް. މިހާރު އެކުރަނީވެސް ގާނޫނީ އިމުގެބޭރުން ކުރާ ކަންތައްތަކެއް،" އަލީ ހުސައިން ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ޕީޖީގެ ލީޑަރު އިބްރާޙީމް މުހައްމަދު ސޯލިހް ވިދާޅުވީ ގާނޫނަކަށް ގެންނަ އިސްލާހަކުން ގާނޫނު އަސާސީގެ މާއްދާއެއް ބާތިލު ނުކުރެވޭނެ ކަމަށެވެ . އަދި ސްޕްރީމު ކޯޓުން މިއަދު ފާސް ކުރި 2 ބިލް ވެސް ބާތިލު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕްރިމް ކޯޓުން މީގެ ކުރިންވެސް އެބަހުރި ބިލްތައް ބާތިލްކޮށްފައި. އެގޮތުން މަޖިލީހުގެ ބަހުސް މަރުހަލާގައި ހިނގަމުންދިޔަ ބިލެއް ވެސް ބާތިލްކޮށްފައިވޭ" އިބޫ ވިދާޅުވިއެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ފަނޑިޔާރުންގެ މައްޗަށް އެމާއްދާ ނުހިނގާނެ ކަމަށް 38 މެމްބަރުން ތިއްބަވައިގެން ނިންމުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއަށް އިސްލާހު ނުގެނެސް ފަނޑިޔާރުން މަގާމުން ވަކިނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކާލާ މަންނަ

    މިހާރުތީ އަހަރުމެން ކަހަލަ އާދައިގެ ރައަޔިތުން ތަކެއް.އިއްޒަތް ތެރިކަން ކެނޑި މިހާރު ތިތިބީ ހަމަބިމަށް ތިރިވެފަ.ތާއިދު ކުރިޔަސް ނުކުރިޔަސް ދެނެއް މަޖުލީސް ތެރެޔަކަށް ނުވަދެވޭނެ، ގަދަކަަށް ވަންނަކަމަށް ވާނަމަ އަހަރުމެން ނަށްވެސް ވަދެވެން ޖެހޭނެ. ތި 12 މީހުންނަކީ މިހާރު ބުރަދަނެއް ހުރި ބައެއްނުން.

  2. ވެރިކަން ދަމަހައްޓަން ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހުނަސް މަމެން ޕިންކީން އެކަމުގައި ފަސް ޖެހިގެން ނުވާނެއޭ. ޕޮލިޓިކަލް ސައެންސް ފޮތް ތައް ބުނާ ގޮތުން މިރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ދެ ގޮތަށް. އެއް ގޮތަކީ އެއީ މަޖްލީހުގެ މެމްބަރުން ގެ މެދުގައި ވޯޓެއް ނަގައިގެން ގާނޫނު އަސާސީ އިސްލާހު ކުރުން ދެވަނަ ކަމަކީ އެއީ ސްޕްރީމް ކޯޓު މެދުވެރިކޮށް ގާނޫނު އަސާސީ އިސްލާހު ކުރުން. އެގޮތުން ބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖްލީހަށް މެމްބަރުން ވެސް ހޮވާ ގޮތް އެއީ ރައީސުލް ޖުމްހޫރިއްޔާ ހޮވާ ގޮތަށް ވޯޓް ލާ މެމްބަރުންގެ ތެރެއިން ވޯޓް ލާމީހުންގެ %50 އަށް ވުރެން މަތިން ވޯޓް ލިބޭ މީހަކު އެކަނި ކަމަށް. އެގޮތުން އެބަޖެހޭ ގާނޫނު އަސާސީގެ 72 ވަނަ މާއްދާގެ (ށ) އިސްލާހު ކުރަން ސްޕްރީމް ކޯޓް މެދުވެރިކޮށް. މިކަން ނުކުރާނެ މަޖްލީސް މެމްބަރުން އަމިއްލަ އަށް ބިކޮޒް އެމެންގެ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އޭގައި އޮންނާނެ ތީއެވެ. މިކަން ކުރަން ވިސްނަންވީ ދެން ސަރުކާރުން. ކުރެވޭނެ ގޮތް އެބަހުއްޓޭ..

  3. ދަންޖައްސައިފިއްޔަކާ އެކައްޗެއްވެސް ނުބުނެވޭނެ. މަރުވާނީ

  4. ތިކަހަލަ ގައްދާރުން ލައްވާ އާއެކޭ ބުނުވާކަށް އަހަރުމެން ބޭނުމެއް ނޫން. ތިކަހަލަ މީހުން ގައްދާރު ވާނެ ކޮންމެ ތާކުވެސް ތީ އަސްލު ގައްދާރުން

  5. ފަގީރުސޮރު

    ކަލޭ ލައްވާ އާނ ބަސް ބުނުވަން އުޅެނީިކާކު. ކަލެއަކީ މައްކާރެއް.

  6. އިސްމާޢީލް

    އިބްރާޙީމް މުޙައްމަދު ޞާލިޙަށް ބުނެލަން އޮތީ ފަނޑިޔާރުން ކިތަންމެ ވަރަކަށް ރިޝްވަތު ނަގައިގެން ކުރާ އަމުރުވެސް އޯކޭ ތޯ އޭ ޤާނޫއަސާސީ އިން އެކަންކުރަން ފަނޑިޔާރުންނަށް ޖެހޭ ކަމަސް އޮވޭތޯ އޭ.

    އަމީތު އަށް ބުނެލަން އޮތީ މަޝްހޫރުކަން ހޯދަން މީހާ އަށްވުރެ ބޮޑެތި ވާހަކަ ނުދައްކާށޭ. އަމުދަކު ތީ ރަޢީސް ޔާމީނަށް މާ މުޙިއްމު މީހެއްނޫނޭ.

    ޢަލީ ހުސައިނަށް ބުނެލަން އޮތީ ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ގާނޫނުން ބޭރުވެ ހިންގި ޖަރީމާ ގާނޫނުގެ ތެރެއަށް ވައްދަން ހެދޭނެ ގޮތެއް ވެސް ހަމަނެތޭ. ވަރަށް ސަލާމް.

  7. ނުކެރޭނޭ ބުނާކަށް. އެހާބައިވަރު ކަލޭމެނަށް ލިބުނޭ

  8. ކަލޭ ތީކާކު މިހާރު؟ އަހުރެމެނަށްކީއް ކަލޭ ހާވާނޭ ގޮނޑެއް ހޭވިއްޔާ!!!؟ ގޮނޑި ގެއްލުނީމާ ދެރަވޭ ދޯ؟ ހެހެހެ

  9. ނަސީމާ / މީދޫ

    ރާކަނިމަސް ކެވިއްޖެ ދޯ؟ ދެން އަންނިގެ ޖަގިޔާ ދވެދެން ދަގަ!

  10. ދިވެއްސެއް

    އަގުވެއްޓި ފަލީހަތްވެފައިވާ މީހުންގެ އާނބަސް
    ސައްހައެއްނުވާނެ!

  11. މިއަދު ފާސްކުރި ދެބިލަކީ ސައްހަ ދެބިލެވެ
    އެއަކު ޤާނޫނީ އެއްވެސް ފުށުއެރުމެއް ނެތެވެ.

  12. ހެހެހެ ދަންޖެއްސީމާ މަރުވާނެ ދޯ ދެން ކަލޭ ކާކާތަ ވާހަކަ ދައްކާނީ އަންނިއާތަ ވާހަކަ ދައްކާނީ.

  13. ތިކަހަލަ ކަނޑުކޮހެއްގެ އާނބަހެއް ވިޔަސް ނޫންބަހެއް ވިޔަސް ޔާމީނަކަށް ބޭނުމެއް ނުވޭ.

  14. އަހަރެމެން ކަލޭ ދަންޖައްސާކަށް ނޫޅެން. ލަ(ގޮނޑި) ގެއްލުވާލީމާ އަޅާ ވޭނުން އިސާހިތަކު ދުނިޔެއިން މޮވެދާނެ....... މިހާރު ތި ހުރީ ދުނިޔޭން މޮޔަވުމާ ދާދި ގާތުގައި.

  15. ޕީޕީ އެމް އިން ވަކިވެއްޖެނަމަ ސިޔާސީ ހަޔާތް ނިމުނީ ކަމަށް ބުނީ ކާކު.އަމީތު ތިއޮށް ކުޑަމީހާގެ އަނގަވެއްޖެ ދޯ މައިތިރިކުރަން.ސްކޫލުގަ ބަހުސްތަކުނާ ވާހަކަ ދައްކާ މުބާރާތް ތަކުގަ ވާދަ ކޮށް ވަނަ ގެނަޔަސް ސިޔާސީ ދާއިރާގަ ބައިކޮޅު މޮޅުކުރަން ކިތންމެ ދޮގެއްވެސްހަދައިގެން ބައިކޮޅަށް ލަނޑުތަކެއް ވެއްދި ދާނެ ނަމަވެސަ އެއީ ދުވަސް ކޮޅަކަށް .

  16. މީކާކުތަ؟؟ ބޮޑޭބޭ.... ކަލޭ އާބަސް ނުބުންޔަސް ޔަމީން ހިތަކަށް ނާރާނެ ކަހިރުވަކޭވެސް.

  17. ރައީސް ޔާމީން އެކަކުވެސް ދަމެއް ނުޖައްސައެވެ. ކަލޭމެންގެ ކިބައިގައި ސާބިތުކަމެއް، އިޚްލާޞްތެރިކަމެއް އަދި ﷲ އަށް ބިރުވެރިވުމެއް ނެތުމުން ދާއިރާގެ ރައްޔިތުންގެ ފައިދާޔާ ލާބަޔާ މަންފާއަށް ބެލުމެއްނެތި ނުބައި ލާދީނީ ބަޔަކު ހުށަހެޅި ރިޝްވަތުގެ ކަޅުފައިސާގައި ހިފައިގެން ސަރުކާރު ވައްޓާލަން އުޅުމުން ގޮނޑި ގެއްލުނީއެވެ. އޭގާ ރައީސް ޔާމީންކުރާނެކަމެއް ނެތެވެ.

  18. ތިޔޭ އެއްކަލަ

    ތިހެން ބުނާނީ، މިހާރުވެސް ކުރިމަށްޗައް މިލިޔަނުން ލާރި ޖަހާފަ ބޫޓުގަ ދޫލާށޭ ބުންޔަސް އެކަންވެސް ކުރާނެ. ތި މެމްބަރުންގެ ގޮތް އަހަަރުންނަށް އެނގޭ، ވެދާނެ މިހާރު ނަޝީދު މެން ފަޅީގެ މާ ގިނައިން ލާރި ހުރީމަ. އެހެންވެ އިހައް ތިކޮޅުގަ ތި ތިބެނީ