ރާއްޖޭގައި އަލަށް ފަށަން ނިންމާފައިވާ އެއާލައިނެއްކަމުގައިވާ މަންތާ އެއާގެ ބްރޭންޑް ރައީސުލްޖުމްހޫރިއްޔާ ނައިބް ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވައިފިއެވެ.

މިރޭ އެކަމަށްޓަކައި ދަރުބާރުގޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މަންތާ އެއާއަކީ ރާއްޖެ ތެރެއަށް ދަތުރު ކުރަން ފަށާ ތިން ވަނަ އެއާލައިންއެވެ. އަދި މި އެއާލައިން އިން އަންނަ ޑިސެންބަރު މަސް ތެރޭގައި ރާއްޖެ ތެރެެއަށް ދަތުރުތައް ފަށާއިރު، މަންތާ އެއާގެ ފުރަތަމަ ބޯޓު ރާއްޖެ ވަނީ ގެނެސްފައެވެ.

މަންތާގެ އުދުހުންތައް ފެށުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ފުރަތަމަވެސް ރާއްޖޭގެ ތިން އެއަރޕޯޓަކަށް ދަތުރުތައް ކުރުމަށްވަނީ ނިންމާފައެވެ. އެއީ، ބ. ދަރަވަންދޫ އެއަރޕޯޓާއި، ދ. ކުޑަހުވަދޫ އެއަރޕޯޓު އަދި ތ. ތިމަރަފުށީ އެއަރޕޯޓެވެ. މީގެއިތުރުން، ބައެއް އަތޮޅުތަކަށް ސީޕްލޭންގެ ޚިދުމަތްތައް ދިނުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

މަންތާ އެއާއިން ރާއްޖެ ތެރެއަށް އުދުހެން ފަށާއިރު، މިހާރު އެ އެއާލައިނުން ދެ ބޯޓު ވަނީ ގަނެފައެވެ. ދެ ވަނަ ބޯޓު އަންނަ މަސް ތެރޭގައި ރާއްޖެ ގެންނާނެއެވެ. އަދި މަންތާ އިން ވަރަށް އަވަހަށް ސީޕްލޭން ހިދުމަތްވެސް ތައާރަފް ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންބެ

    ތިމީހުން ވެރިކަމައް އައި އިރު ވެސް ފެށި އޮތް ޖަމެއް

  2. އަފީ

    ރައީސް ޔާމީން ޒާމަތުގައި ކޮށްފައި ހުރި ބުރަ މަސައްކަތުގެ ނަތީޖާ މި ފެންނަނީ! މި 5 އަހަރު އިތުރަށް ކުރާނެ ކަމެއް ނޯންނާނެ! އޮންނަނީ ރައީސް ޔާމީން ކޮށްފައިހުރި މަސައްކަތްތައް ހުޅުވުން! ސަލާމް

  3. ޒޫ

    ފުލައިމީ އަދި މަންތާ އެއާގެ ޙިދުމަތް ހުވަދޫ މީހުންވެސް ބޭނުންވޭ.. މޯލްޑިވިއަން އަކީ މިހާރު ދަތތުރު ކުރަން ހެޔޮވަރު ބައެއް ނޫން .. އެހާ އަގު ބޮޑު ތާގަ ރަގަޅު ޙިދުމަތެއް ދެނީ ކީއެއް ނޫން..