ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓަށް، ހަތިޔާރު އަޅައިގެން ތިބި ހަނގުރާމެރިވި ބަޔަކު ވަދެ ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރައްވައިފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓަށް ދިން ނިރުބަވެރި ހަމަލާ، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމުގައެވެ. އަދި، މި ހަމަލާގައި މަރުވި މީހުންނަށް ތައުޒިޔާ ރައްދުކުރައްވާކަމަށްވެސް ފޮރިން މިނިސްޓްރީގެ ޓްވީޓުގައި ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޗައިނާގެ ކޮންސިއުލޭޓަށް ހަމަލާ ދީފައިވަނީ ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ބަލޮޝިސްތާނުގެ ހަނގުރާމެރި ޖަމާއަތަކުންކަމަށެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވެފައިވަނީ ތިން މީހުންނެވެ. އެޤައުމުގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި މި ތިން މަރުވިއިރު، ހަނގުރާމަވެރިންގެ ހަމަލާތަކުގައި ޕާކިސްތާނުގެ ދެ ފުލުހަކު މަރުވެފައިވެއެވެ.

މި ހަމަލާގައި ޗައިނާގެ އެއްވެސް ރައްޔިތަކު އަދި ޕާކިސްތާނުގެ އެއްވެސް މަދަނީއަކުވެސް މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލްބިޝާމް

    ތިއީ އިންޑިޔާގެ ކަމެއް!

  2. ޏަމްޏަމް

    އިންޑިޔާގެ ރޭވުމެއް ހަގީގަތް ފަޅާއަރާނެ ޗައިނާ އިން ތިކަމުގައި ނުފޮރޮޅާނެ އެންމެ ގަލެއްވެސް ނޯންނާނެ .