ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ މަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަދި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ލީޑަރޝިޕާވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއްކަމުގައިވާ އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަދަދައްކަވަމުން އުމަރު ވިދާޅުވީ ޑރ. އަފްރާޝިމް މަރާލުމަށް ފަންޑު ކުރީ ކޮން ބައެއްކަން ނޭނގެއޭ ބުނެ ދައްކާ ވާހަކަތަކަކީ މުޅިން ތެދު ވާހަކައެއް ނޫން ކަމަށާއި އެ މައްސަލާގައި ކުރި ތަހުގީގަށް އޭނާ މަރާލުމަށް ފަންޑު ކުރި މީހުން ދެނެގަނެވުނު ކަމަށާއި އެ މީހުން ހައްޔަރުކޮށްގެން ޖަލަށް ވެސް ލި ކަމަށެވެ.

ނަމަވެސް އެ މީހުންގެ މައްޗައް ޝަރުއީ ކޯޓެއްގައި ސާބިތު ކުރާ ވަރަށް ހެކި ނެތުނީ ކަމަށާއި އެހެންވެ އެ މީހުން ދޫވީ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އަފްރާޝިމް މަރާލުމަށް ފަންޑު ކުރި މީހުންނަކީ، އެމްޑީޕީ ބަޔަކަށް ވިޔަސް، އެއީ އެމްޑީޕީގެ ލީޑަޝިޕުން ރާވައިގެން ކޮށްފައި އޮތް ކަމެއް ނޫންކަން ޔަގީންވާ ކަމަށާ، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ރާވައިގެން ކުރެއްވި ކަމެއް ނޫންކަމުގައެވެ.

"ރައީސް ޔާމީނާ އަފްރާޝީމް މަރަކާ ގުޅުމެއް ނެތް، އަޅުގަނޑު ތަހުގީގުގައި އެކަން ވަރަށް ރަނގަޅަށް ބެލި މީހެއް، އަދި އެމްޑީޕީއަކާ ވެސް ގުޅުމެއް ނެތް، އެކަމަކު ފަންޑު ކުރި މީހުން ގޮސް ގުޅެނީ އެމްޑީޕީއާ. އެއީ އެމްޑީޕީގެ ބަޔަކަށް ވިކަން، އެކަމަކު އެމްޑީޕީގެ ލީޑާޝިޕުން އެކަހަލަ ކަމެއް ނުކުރާނެކަން ޔަގީން،" އުމަރު ވިދާޅުވި އެވެ.

އަދި އަފްރާޝިމް ގަޔަށް ވަޅި ޖެހީ ހުމާމް ހެއްކާއި ޤަރީނާއިން ކަށަވަރު ކުރެވުނު ކަމަށް އުމަރު ވިދާޅުވިއެވެ.

"ދަ ކިލާ އިޒް ހުމާމް، އެއްވެސް ސުވާލެއް ނެތް ކަމެއް އެއީ، ދެން އޭގެ ފަހަތުގައި ތިބި ހުރިހާ އެންމެން ތޯތޯ ވާހަކަ ދެއްކި ދާނެ، އެކަމަކު އަޅުގަނޑުމެންނަށް އެއަށް ފަންޑު ކުރި މީހުންނާއި ރޭވި މީހުން ހައްޔަރު ކުރެވި ސުވާލު ކުރެވި އެ މީހުން ޖަލުގަ ބޭތިއްބި ހުރިހާ ކަމެއް ކުރެވިފައި އޮތީ،" އުމަަރު ވިދާޅުވި އެވެ.

އަފްރާޝިމް އާއި ރިލްވާންގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

އަދި ވެރިކަމުގެ ފުރަތަމަ ދުވަހު ޑރ އަފްރާޝީމް ފަދައިން މަރާލެވިފައިވާ މީހުންނަށާއި ރިޝްވާން ފަދައިން ގެއްލުވާލައިފައިވާ މީހުންގެ ހަޤީގަތް ހޯދާ ހާމަކުރާނެ ކަމަށް ރައީސް ޞާލިހު، އިންތިހާބުގެ ކެމްޕޭން ދުވަސްވަރުގައި ވައުދުވެވަޑައިގެންނެވިއެވެ.

ނަމަވެސް އަދާހަމައަށްވެސް އެ މައްސަލަތަކުގެ ހަޤީގަތް ހޯދުމަށް ރައީސް ޞާލިހު ވަނީ ނުކުޅެދިފައެވެ.

ޑރ، އަފްރާޝީމް ރަހުމު ކުޑަ ގޮތަކަށް މަރާލެވުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އުމަރު

    ކަލޭމެން ސިޔާސީ ،އަދި އަމިއްލަ މަންފާއެއް

    ހޯދުމަށްޓަކައި މީހަކު ނުވަތަ ބަޔަކު ޖަވާހިރަ

    ކަށްވެސް ހަދާފާނެ. ހަމަ އެބޭނުމަށްޓަކައި

    ބަޔަކު މުޅި ދިރި އުޅުންވެސް ހަލާކު ކޮށްލަފާނެ

    ކަލޭމެން ތިޔައީ ފަހު ޒަމާނުގެ ދައްޖާލުންގެ

    ތެރެއިން ބައެއް

  2. عبدالله

    ދެން ގުޅުން އޮތް މީހާ ބުނެދެއްވާ

  3. ޔާމިނު

    އޭ ކަލޭ އަށް މިއަދުތަ އަނގަ ތަޅަން އެނގުނީ

  4. Miadhu

    ޑރ އަފްރާސީމު މަރާލި މީހުން އެއްމެރަގަޅަށް އެގޭނީ ހަމަ އަންނިއަށް އޭނާބުނިތަ އަފްރާސީމު މަރާލިމީހާ ރޭގެ ދަންވަރު ރާއްޖެއިން ފުރައިގެން ހިގައްޖެޔެ އެއީ އެމްޑީޕީގެ ލީޑަރ ޝިޕްގެ މީހެއްކަމަށްވާނަމަ އުމަރު ތިބުނާ ބުނުން ރަގަޅެއްނޫންތަ

    1
    1
  5. ދުރުބަލާ

    އަފްރާޝީމް ގެ މަރުގެ މަސްއަލާގައި އެމް.ޑީ.ޕީ އަށް ނިސްބަތްވާ އެކިބޭފުޅުން ވަރަށް ގިނަ ވާހަކަ ދެއްކި. އެޤަތުލު ހިންގުމަށްފަހު ހަމަ އެރޭ ފަތިހު ޤާތިލު ރާއްޖޭން ފުރިކަމުގެ މަޢުލޫމާތު ބޭރު ޤަވްމެއްގެ ސަރުކާރެއްގެ އިންޓެލިޖެންސަށް ލިބިފައިވާކަން އެ ޤަވްމުގެ ސަރިކާރުން ރައީސް ނަޝީދަށް ދެއްވިކަމަށް ޚްދު ރައީސް ނަޝީދުވެސް މީޑިއާގައި ވިދާޅުވި. އެ މަޢުލޫމާތު ނަޝީދު ރާއްޖޭ ސަރުކާރަށް ދެއްވާފައި އޮތްތޯ ނެތްތޯ ކޮމިޝަނުން ބައްލަވާނެ ކަމަށް އުންމީދު ކުރަން. އެމަސްއަލާގެ ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައި ޙުމާމަށް ވަކާލަތު ކޮއްދިނީ އެމް.ޑީ.ޕީ ގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލެއް. ކޮމިޝަނުން ހުރިހާ މަރުތަކުގެ މަސްއަލަތައް ވަރަށް އިންޞާފުވެރިކަމާ ޢަދަލުވެރިކަމާއެކު ބައްލަވާ ނިންމަވާނެ ކަމަށް ރައްޔިތުން އިންތިޒާރު ކުރޭ.

    1
    1
  6. ޙެހެ

    ގުޅުން އޮތް މީހެއް ކައެ އަށް އެގޭނު އެހެންވީމަކ.. ކައެ އާތަ؟

  7. އެލެކްސް

    ކުރީގެ ކަމިޝަނަރ އަބުދުﷲ ރިޔާޒުގެ ރޭވުމުން ހަސަދައެއް ފިލުވާލުމަށް އެމްޑީޕީ މީހުން ރިޔާޒަށް ބާގީ ގޮވާތީ އެމްޑީޕީގެ ބައެއްގެ ބޮލުގައި އެކަން އަޅުވާން އުޅުނު ކަމަށްވެސް ބަޔަކު ކިޔާ. މިހާރު އެމަނިކުފާނަކީ ބާގީ އެއްނޫން އެއީ ގާޒީއެއް. ނަމަވެސް ވަރަށް ކަރަޕްޓް މީހެއް ކުޑައެއްނޫން ބޮޑުވަގެއް ބައެއްވަގުންނަށް އިއްޒަތްތެރި ލަގަބު ލިބޭ އޭގެ މީހެއް މިވެސް