ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ދިގު ކިއުތައް ކުޑަކުރުމަށް، ވީހާ އަވަހަކަށް ފްލައިޓުތަކަށް ޗެކް-އިން ވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއޭސީއެލް އިން ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޓާމިނަލުގައިވެސް، ދިގު ކިއުތައް ހެދުމުން ދުރުވުމަށް، އަވަހަށް ފްލައިޓުތަކަށް ޗެކް-އިން ވުން މުޙިއްމެވެ.

ވެލާނާ އެއަރޕޯޓު ހިންގާ އެމްއޭސީއެލް އިން މިހެން ވިދާޅުވެފައިވާއިރު، މި ދުވަސްވަރަކީ ރާއްޖޭގެ ސްކޫލުތައް ބަންދު ދުވަސްވަރުކަމުން، ވއިގެ ދަތުރުފަތުރު ކުރާ ދިވެހިންގެ އަދަދުވެސް އިތުރުވާނެއެވެ. ހަމައެހެންމެ، މިއީ ރާއްޖޭގެ ރިސޯޓުތަކުގެ ސީޒަން ދުވަސްވަރުކަމުން، ރާއްޖެއަށް ދަތުރުކުރާ އަދި އެތެރޭގެ އުދުހުންތައް ކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާނެއެވެ.

އެމްއޭސީއެލް އިން އިތުރަށް ވިދާޅުވި ގޮތުގައި އަވަހަށް ޗެކް-އިންވެ ކިއުތައް ކުޑަކަމުގައިވާނަމަ، ފްލައިޓުތައް ޑިލޭވާ މިންވަރުވެސް މަދުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެކެކެ

    ޒުހުދާ ވެސް އަވަހަށް ޗެކްއިން ވާން ޖެހޭތަ؟

  2. Anonymous

    ތީ ފެއިލިއާރ އެއް. ތިޔައީ ފްލައިޓަކުން ބޮޑުއަގުދީފަ ޓިކެޓް ނަގައިގެން ފުރަންދާ ޕެސެންޖަރ ގެކަމަކައްހަދާ ޒިންމާއިން ބަރީއަވާން ކުރެވޭއިލްތިމާސް އެއް.

    • ޙިޒާ

      ގަމާރު ވިޔަސް ބޮޑުވަރު.. ބީތާ ހަމަ ވާނީ ބީތާ އަށް ..

  3. ޝަންނާ

    ތި އެޔާޕޯޓުގެ ނަން އަސްލު ނަމައް ބަދަލު ކުރަންޖެހޭ.. ކޮން ވެލާނާއެއްތަ.. ތިޔައީ ހުޅުލޭ އިންޓަނޭޝަނަލް އެޔާޕޯޓު.