އާއްމުކޮށް ޖިނާއީ މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަ މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛް ޢުމަރު އަބްދުﷲ ޏ.ފުވަމުއްލަކު ދެކުނު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އޭނާއަކީ ފުވައްމުލަކަށް ނިސްބަތްވާ، އެންމެނާ ގުޅޭ ޒުވާނެކެވެ. އަދި ދާއިރާގެ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ، ރަށުގެ ކުރިއެރުމަށް ވިސްނާ ޒުވާނެކެވެ.

ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޢުމަރު ވިދާޅުވީ، ފުވައްމުލަކު ދެކުނު ދާއިރާއަށް އޭނާ ކުރިމަތިލުމަށް ނިންމީ ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތީންނެވެ. އޭގެ ތެރޭގައި ޒުވާނުންގެ ވަރަށް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށާއި، އެމް.ޑީ.ފީ އަށް ނިސްބަތްވާ އާއިލާގެ ގިނަ މެންބަރުންގެ އެއްބާރުލުމާވެސް އެކުގައި ކަމަށެވެ.

"ގާނޫނީ ދާއިރާއިން މަތީ ތަޢްލީމު ހާސިލްކޮށްފައިވާ މީހަކަށްވާތީ، ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލުމަށް ޝައުގުވެރިވީ. އަދި ދާއިރާ ދެކެ ލޯބިވާ މީހަކަށްވެފައި، ދާއިރާގެ އަޑު މަޖިލީހުގައި އުފުލައި، ދާއިރާގެ ހާލަތު ރަނގަޅުކުރުމަށް ވަކާލާތު ކޮށްދިނުމަށް ބޭނުންވަނީ". ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވިގޮތުގައި، އޭނާ އަކީ ދޭތެރެ ދޭތެރެއިން ރަށަށް ގޮސް ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ ހާލު ބަލަމުންގެންދާ ފަރާތެކެވެ. އެއްވެސް މީހަކު ތަފާތުކުރުމެއްނެތި އަބަދުވެސް އުޅޭނީ ރައްޔިތުންނާއި އެކުގައިކަމަށް، އުމަރު ވިދާޅުވިއެވެ.

އުމަރު އާއި ރައީސް ނަޝީދު

ޏ.ފުވައްމުލައް ދެކެ ލޯބިވާ މީހެއްގެ ގޮތުގައި ގިނަބަޔަކު ޤަބޫލުކުރާ ޢުމަރަކީ ކަންކަމުގައި ރަށުގެ ރައްޔިތުންގެ މަޝްވަރާ ހޯދާ މީހެކެވެ. އަބަދުވެސް ރަށަށް ކުރިއެރުން ގެނެސް ދިނުމުގައި އަތުކުރި އޮޅާލައިގެން ސާބިތުކަމާއެކުގައި ހުރި ޒުވާނެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ޢުމަރުގެ ރައްޓެހީން ސިފަކުރާގޮތުގައި އޭނާއަކީ އެއްވެސް ބޮޑާކަމެއް ނުހުންނަ، އާދައިގެ ދިރިއުޅުމަށް ލޯބިކުރާ، ކޮންމެ މީހަކާވެސް ފަސޭހަކަމާއެކު މުޢާމަލާތް ކުރެވޭނެމީހެކެވެ.

އެމް.ޑީ.ޕީ ޕްރައިމަރީގައި ޢުމަރު ވާދަކުރަން ނިންމާފައިވާއިރު، އޭނާއާއި އޭނާގެ އާއިލާއަކީ ފެށުނީއްސުރެ އެ ޕާޓީއަށް ތާއިދުކުރަމުންއަންނަ އެޕާޓީގެ މެންބަރުންނެވެ.

ގާނޫނީ ދާއިރާއަށް ބަލާއިރު، މާލީ ތަނަވަސްކަން ނެތް ރައްޔިތުންނަށްޓަކައި ހިލޭ ވަކާލާތުކޮށްދިނުމަކީވެސް އޭނާ ކުރަމުން އަންނަކަމެކެވެ. އަދި ވަކީން ހާއްސަކޮށް ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދިމާވާ ޤާނޫނީ މައްސަލަތަކުގައި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކޮށްދެނީވެސް އުޖޫރައަކާ ނުލާކަން ފާހަގަކޮށްލެވެއެވެ.

ރަށަށް ކުރިއެރުން ގެނެސްދޭނެ ތަޢުލީމީ ޤާބިލް އަދި ދާއިރާގެ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ އިޙްލާސްތެރި ޒުވާނަކަށް ފުރުސަތު ދިނުމަށް، މިފަހަރު ޢުމަރުއަށް އެމް.ޑީޕީ ޕްރައިމަރީގައިވޯޓު ދިނުމަކީ އޭނާގެ އެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވަގުތު

    ގާއިސް، ޑޯން ފޯލް ފޯ ދި ސެލްފީ. އިޓްސް ޖަސްޓް ސެމްސަންގ ފޯންސް ކެމެރާ ޑުއިންގ ދި މެޖިކް. ދެއާ އިސް ނޯވޭ އޮން އާރތު ދެޓް ނަޝީދު ކޭން ބީ ދެޓް ސްމޫޓް!

  2. ހިމް

    ވ ރީތި މީހެއް ނަޝީދު އާ އެކީ... ބޭރު މީހެއް ހެން ހީވަނީ..

  3. ފުވައްމުލަކު މީހާ

    ޢުމަރު އަކީ ވިކޭނެ މީހެއް
    ރިޔާސީ އިންތިޚާބުގައި ޔާމީނު ހޮވޭނެކަމަށް އެމް.ޑީ.ޕީ އަށް މަލާމާތް ކޮށްކޮށްފަ އިބޫ ހޮވުނީ ކޮޅު ބަދަލުކޮށްލީ......ގޮތެއް ހުރި މީހެއްނަމަ ހުރިހާ ކޮޅަކުން ކާކަށް ނޫޅޭނެ....

  4. ސަލާމް

    ކަލޭހީކުރީ ކެނަރީގޭ ނަސީދާ އެކު ފޮޓޯނަގާފަ ދާއިރާއަށް ކުރިމަތި ލާވާހަކަ ބުނީމަ ތިހިރީ ހިޮވިފަ ކަމށްތަ ނަސޫދަކީ އިސްލަމް ދީނާ ރަސޫލާޔަށް ހަޖޫޖެހި ބޮޑު މުރުތައްދެއް

  5. ާެޝައިން

    ރުފިޔާ އާއި ހެދި ބޫތު ކައިފަ ހުރީ

  6. ހަސަނ ސާކިރު

    އުމަރު މީ ފުރިހަމަ ދިވެއްސެއް ވެސް ނޫން.. ކުރިން މެޑަމް ފާތުން ފަހަތުން އުޅުނީ.. މިހާރު އެނބުރިފަ މިހުރީ... ވިކޭނެ ...ކަމަކު ނުދޭ