ރާއްޖޭގެ ކުރިމަގު އުޖާލާ ކުރުމަށް އިލްމާއި ހުނަރުހުރި ބަޔަކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނިކުންނަން ޖެހޭ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ބައެއް ފަރާތްތަކުން ފަށާފައިވާ ދަނޑިވަޅެއްގައި ޕްރޮފެސަރު އުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަސްބައިގައި ކިލަނބު ކަމެއްނެތް ދިވެހި ފަރުދުން ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރުމަކީ ރާއްޖޭގެ ކުރިމަގު އުޖާލާ ކުރުމަށް ބޭނުންވާ ވަރަށްވެސް މުހިންމު ކަމެއް ކަމަށެވެ.

"އިލްމީ ގޮތުން ފުންނާބު އުސް އަދި ފަސްބައިގައި ކިލަނބުކަމެއް ނެތް ދިވެހި ފަރުދުން 2019ގެ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރުން އެއީ ރާއްޖޭގެ ކުރިމަގު އުޖާލާ ކުރުމަށް ބޭނުންވާ ވަރަށްވެސް މުހިންމު އަދި އެހާމެ ބޭނުން ކަމެއް" އުގައިލްގެ ޓްވީޓުގައިވެއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން މަޖިލީހަށް ވާދަކުރާނެ ގޮތަކާމެދު ގޮތެއް ނިންމުމަށް ކުރިއަށް ގެންދާ މަޝްވަރާތައް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

މަޖިލީހަށް ކުރިމަތިލައްވާނެ ކަމަށް ގިނަ ފަރާތްތަކަކުން ވިދާޅުޅުވެފައިވާއިރު އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ވަޒީރުންވެސް ހިމެނެއެވެ. އަދި ބައެއް އަމިއްލަ ފަރާތްތަކުންވެސް އަންނަނީ މަޖިލީހުގެ ގޮނޑިތަކަށް ޝައުގުވެރިކަން ފާޅު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސޯބެ

    ރާއްޖޭގައި ޢިލްމީ މީހަކަށް ހޫރީ އުގައިލް އެކަނި.

  2. ޑަމް

    ނަޫން ލަނޑާޔާ މުހަންމާަޔާ ގާރީ އަޙުމަދު ރަޝީދު ކަހަލަ ޤާބިލު މިީހުން ހޯވަންވީ އެނޫން ބަޔަކު މިޤައުމުގަ ނެތް

  3. ޟުރޫރު

    މުއިއްޒު އާައި ޚަލީލު އާއި ޝައިނީ ބަރާބަރު

  4. عبدالله

    މަޖިލީހުން ކަމެއް ނިންމޭނީ، އަޣުލަބިއްޔަތުގެ މައްޗަށެވެ. އެމީހެއްގެ މޮޅުކަމަކުން އެއްވެސް މީހަކަށް މަޖިލީހުގެ ތެރެއިން ކަމެއް ނުކުރެވޭނެއެވެ. މިދުވަސްވަރު ޕާޓީތަކުގެ ފަރާތުން ޚާއްޞަކޮށް ކޯލިޝަނެއްގެ ވާހަކަދައްކާއިރު، ޕާޓީތަކުން ބޭނުންވާގޮތަށް ނުވަތަ ކޯލިޝަނުން އެދޭގޮތަކަށް ކަންތައްތައް ނިންމުމުގެ ފުރުޞަތު އޮންނައިރު، ލޮލަކާއި ބޮލަކާއި ހުރިއްޔާ މިރާއްޖޭގައި މަޖިލީހުގެ މެންބަރުކަން ނުކުރެވޭނެ މީހެއް ނުހުންނާނެއެވެ. ރަށުކައުންސެލަށް މީހުން ހޮވުމުގައިވެސް ޢަމަލުކުރެވެނީ ދާދިއެއްގޮތަކަށެވެ. ޔާމީނުގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވިޔަސް މިރާއްޖޭގައި ވައްތަރުޖައްސާ މީހުންނާއި ނަށާމީހުންނާއި ލަވަކިޔާމީހުންނާއި ޖާދޫހަދާ މީހުންނާއި ޑްރާމާ ކުޅޭމީހުންނަށް ލިބޭ ވޯޓްމަދެއްނުވާނެއެވެ. މަޖިލީހުގެ ތެރޭގައިވެސް ވައްތަރުޖައްސާ މީހުންނާއި ނަށާމީހުންނާއި ލަވަކިޔާމީހުންނާއި ޖާދޫހަދާ މީހުންނާއި ޑްރާމާ ކުޅޭމީހުންނަށް އޮންނަނީ އާދަޔާއި ޚިލާފު ބާރުވެރިކަމެއް ލިބިފައެވެ.

  5. އެންޓި ޑަމް

    ޑަމް ހާދަ ގާރީއާ އަޅައިގަތީ .ގާރީ ޑަމް އަށް ވުރެ އެތައްގޮތަކުން މޮޅުވީމަ ހަސަދަވެރިވީ ތިހެން ނޫޅެ ކިޔަވާބަލަ

  6. ީިއިލްމީ

    ޙުރިހާމަގާމުތަކަށްވެސްބޭނުންވަނީއިލްމީގާބިލުމީހުންއޮފީސްތަކުގަމިހާރުވެސްމަސައްކަތްކުރާގާބިލުމީހުންނަކީއެއީކޮންމެސަރުކާރެއްއަުމުންއެމީހުންގެމައްޗަށްލާމިނިސްތަރުންނާނައިބުންނަކީމިނިސްޓްރީތަކުގެއެއްވެސްކަމެއްދަންނަބަެއްނޫންބޮދުމުސާރަނަގަންތިބޭބައެއްބައިގަޑިންކޮފީބޮމުންސިގިރޭޓްބޮމުންދުންއަރުވަންބައިތިއްބާބައެއްހުރިހާބުރަމަސައްކަތެއްކުރާެިލްމީްާބިލުމީހުނަށްލިބޭނީމަހަކު900ރުފިޔާރާއްޖޭގަމިކަންބަދަލެއްނުވާނެހައްތާވާނީގަދަގުންޑާރާއއޖެއަކަށްވާނީ

  7. މޮންޓް

    ތިކަން މިގައުގެ ރައްޔިތުންނަކަށް ނޭގޭ ހަމައެކަނި އގެނީ އުގައިލުއަށް ކަލޭ މިސަރުކާރުއައިމައި ރާއްޖެއައިސް ރާއްޖޭގެ ކަންތައްތަކާބެހެނީ ކީއްވެތަ! ކަލެއަށް ހަމަނޭގެނީބާ ލާދީނީ މީހުނާ!