އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން އަލްހާން ފަހުމީ އިއުލާން ކުރައްވައިފިއެވެ.

އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ކުރިމަތިލައްވާނީ މާލޭ ސިޓީގެ ދާއިރާއަކަށް ކަމަށެވެ. ނަމަވެސް ކުރިމަތިލައްވާ ދާއިރާއެއް ހާމަކުރައްވާފައެއް ނުވެއެވެ.

އަލްހާން އަކީ ފޭދޫ ދާއިރާގެ މެމްބަރުކަން މީގެކުރިން ކުރައްވާފައިވާ ފަރާތެކެވެ. އަދި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވެސް އެ ދާއިރާ އަށް އަލްހާން ކުރިމަތިލެއްވިއެވެ. ނަމަވެސް އެފަހަރު އަލްހާން އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

މީގެކުރިން ޕީޕީއެމް އާއި އެމްޑީޕީ ގައި ހުންނެވި އަލްހާން މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. މިއީ ޖުމްހޫރީ ޕާޓީއާ އަލްހާން ގުޅިވަޑައިގެންނެވި ދެވަނަ ފަހަރުވެސް މެއެވެ.

މާލޭ ސިޓީގެ ދާއިރާއަކަށް އަލްހާން ކުރިމަތިލައްވާއިރު، މާލޭގެ އެކި ދާއިރާތަކަށް ކުރިމަތިލައްވާނެކަން އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން މިހާރު ވަނީ އިއުލާންކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް އާއި އެމްޑީޕީގެ ޔޫތް ވިންގުގެ ރައީސް މީކާއިލް ނަސީމު ވަނީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރާބޮޑޭ

    ގުރައިދޫން މީހަކުގެނަސް ގޮޑިއަށްލިޔަސް ތިޔަ އަލްހާނަށްވުރެ ހާސްބައި ރަގަޅުވަނެއެވެ

  2. ހުސޭނުބޭ

    މާލޭގައި ދެފުށްކެހެރި ދާއިރާއެއް އޮންނަނަމަ އަލްހާނާ ވާދަކުރެވޭވަރުގެ މީހެއްވެސް ނުހުންނާނެ.

    • ގަލޮޅު މީހާ

      ކަލޯ މާލެ މީހުނަށް ވުރެން ދެފުށްކެހެރި ބަޔަކު ނުދެކެން .

      އެކަމަކުވެސް އަލްހާން އެއް ނޫން.

  3. ސަޅި

    ކަލޯ މަހައްދޭލަ އެއިރުން ބެޔަސް ނުބެޔަސް 10000ރުފިޔާލިބޭ ކަލެޔައް ދެންލިބޭނި ކާމޭޒު ދޮށުގަހުންނަ ގޮނޑި

  4. عبدالله

    ނަޝީދުގެ ދާއިރާއިން ޤާސިމުގެ ދާއިރާއަށް ޤާސިމުގެ ދާއިރާއިން ޔާމީނުގެ ދާއިރާއަށް ޔާމީނުގެ ދާއިރާއިން ޤާސިމުގެ ދާއިރާއަށް،

  5. ދަތްދޫނި

    ކަލޯ ނުނިދަ ހުރެގެންވެސް ހުވަފެން ދެކެނީ ދޮތަ! ބަލަ މާލޭގެ ރައްޔިތުން ތިޔަ ކަހަލަ ކަނޑުކޮސް މީހަކަށް ވޯޓު ދޭކަށް ނޫލޭނެ. ސޭޓު ލައްވާ ކޮންމެވެސް އެހެން ކަމެއް ކުރުވަން ތައްޔާރުވޭ. މަމެން ރައްޔިތުން ލޯބިވާ ރަޢީސް ނަޝީދަށް ރަތްމަހަށް ނުގޮވާ ވަރަށް އެއްޗެތި ކިޔާފަ މެމްބަރު ކަމަށް ތިޔަ ކުރިމަތިލީ ތިމާ ހޮވޭނެކަމަށް ހީކޮއް ދޮތަ! ހަޔާތް ކޮބާ!

  6. ލައްޓި

    ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހަކު ދެކެ ލޯބިވާ މީހަކު އިސްލާމަކަށް ވާނެތަ؟ އަލްހާނަކީ ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހެއް ނޫން. އެކަމަކު އަންނިއަކީ އެކަހަލަ މީހެއް.

    • ޙނ

      ބުދު ބަހައްޓާނަމޭ ބުނީ އަލްހާން ދޯ.

  7. ގޮނޑު

    ކުނިގޮނޑު

  8. ޢާއިޝާ

    ގާސިމޫ، ތުކުރަނީ މޮޔަކަމެއް. ގޮނޑިއަށް ހޮވޭއިރަށް ކުލަ ބަދަލު ކޮށްލާނެ.ތިކަހަލަ މީހުން ނުނެރެ ކިޔަވައިގެން ހުރި ކޮރަޕްޓު ނޫމީހުން ނެރެބަލަ.

  9. ގުއިރޯނު

    ބުރުމާ ކުނިގޮނޑު ހޮވަނީތަ؟؟؟

  10. އިދުރީސް

    އަލްހާން ގެ އަމިއްލަ ދާއިރާ ނުވަތަ އަތޮލުން ކޮންމެވެސް ކަމަކާއި އިތުރަށް އުލުން މާ އައުލާކަންބޮޑެވެ. އެހެނީ އެ ދިޔައީ، އެައީއެވެ. ސުކުރިއްޔާ

  11. ޙައްވަ

    އަލްހާން ފޮނުވަންވީ ދެބޯގެރި ދުއްވަން. ޑަބަލްޓެޕުން ސަލާމަތްނުވޭ އެއްގޮތަކަށް ވެސް.7 ފެނުން ފެންވަރުވާފަ ހިނިގިނަ ރުކެއްގަ ބަނދެފަ ބަހައްޓަންވީ.

  12. ދާމޫ

    މިހާރު މިއަރާ ފަރާތުން އިރުއަރާހާދުވަކު ތިކަން ކާމިޔާބެއް ނުވާނެ! އަލްހާނަކީ ދެން ކާކު. ތިކަމުގަ އެސޮރަށް އެހީވާނީ އެސޮރަށްވުރެ ބޮޑު މޮޔައެއް! މީ ލައްކަ ވާހަކަ ވ. ސަލާމް.

  13. ދުވާފަރު ދަންޑަހެލު

    ހުވަފެން ބަލަންފެށީ ދެއްތޯ އަލްހާން

  14. ޢާސީ

    ގާސިމްބޭ ލީއްކުރަން ތިކަހަލަ ކުނިގަނޑު ގަނޑުު ހޮވަނީ ..ތިސޮރު އަަދުކަމަކީ ސަލާން ޖެހުން ބޮޑުވަރު މާލެ އަކު ދެފުއްކެހެރިން ބޭނުންވާ ބަޔަކު ނޫޅެ

  15. ރާގީ

    ތީކީ ކަމުދާ އެއްޗެއްނޫން.

  16. ދާމޫ

    ތީ ތެޅިފަ އިން ހުސް ޖާޑިއެއް! މީލައްކަ ވާހަކަ!

  17. ހުސޭނު

    ނެކުރެންދޫ އިބްރާހީމް ލަންކާ ދާއިރާއަށް ކުރިމަތިލައްވާނީ 2019 ގަ

  18. އަލްޖިބްރާ

    އަލްހާނު އަކީ ބޮޑު ކަތުރުފަންޏެއް ! ތިޔަމީހާ ކައިރިވިތަނެއް ކައިހުސްކުރާނެ ! ބަލަންތިބޭތި !