މާދަމާ ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ބްރޮޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަނުކުރެއްވުމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުވާފައިވާ ނަންތަށް ދިރާސާކޮށް އެ މައްސަލައަށް ގޮތެއް ނިންމައި ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ މާދަމާ އޮންނާނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ ކަމަށެވެ.

އިތުރު ކަމެއް މާދަމާގެ ޖަލްސާ އަށް އެޖެންޑާާ ކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް މުހިންމު ބިލްތަކެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ބިލަކީ މިއަދު ފާސްކުރެވުނު ވިލިމާލޭގެ މެންބަރު އަހުމަދު ނިޙާން ހުސެން މަނިކު މަޖިލީހަށް ހުށައެޅި އެންޓި ޑިފެންޝަން ބިލެވެ.