މީރާއަށް 70 މިލިއަން ރުފިޔާ ދެއްކުމަށް މެގަ މޯލްޑިވްސް އެއާލައިން ހިންގަމުންދާ މެގަ ގްލޯބަލް އެއާރ ސާވިސް މައްޗަށް އަމުރުކޮށްފިއެވެ.
މެގަ ގްލޯބަލް އެއާރ ސާވިސް (މޯލްޑިވްސް)ގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ، ވިތް ހޯލްޑިންގ ޓެކްސް އަދި އެ ފައިސާއާ ގުޅޭ ޖޫރިމަނާ އަދި އިންޓެރެސްޓް ދެއްކުމަށެވެ.
އަދި އެ ކުންފުނީގެ މައްޗަށް އަމުރުކޮށްފައި ވަނީ މީރާއަށް ހަތްދިހަ މިލިއަން ދެލައްކަ ސައްބީސް ހާހަށްވުރެ ގިނަ ރުފިޔާ ދައްކާށެވެ. އަދި އެ ފައިސާ ކުރިއަށް އޮތް އަހަރު ދުވަސް ތެރޭގައި މީރާއަށް ދައްކަންވެސް އަމުރުގައި ވެއެވެ.
ރާއްޖެ އިން ބޭރުގެ އެތައް މަންޒިލަކަށް މެގާ މޯލްޑިވްސް އިން ދަތުރު ކުރިއެވެ. 2010 ވަނަ އަހަރުން ފެށިގެން ދަތުރު ކުރަމުން ދިޔަ މެގަ މޯލްޑިވްސް އުވާލީ މާލީ ގޮންޖެހުންތަކާއި ހެދިއެވެ.
ތިނުޖެހޭނެ ދައްކާކަށް....
މާރިޔާ އިންޑިއާއިން ލޯނު ނުލިބިގެން މިއުޅެނީ މިހެންވެތާދޯ؟
ތިދައްކާނެ.
ތިދެން މީރާގެ ފުވަސް ވެސް ދިޔައީ. ނީލަން ފިހާރައިން އަންގާނެ ތި ދައްކަން ޖެހޭކަމުގެ ޝަރުޢީ އަދި ޤާނޫނީ މިބާދިއު ފުރިހަމައެއް ނުވެޔޭ. ޑިފެނސް މިނިސްޓަރުވިއްޔަ ދޯ؟
މާރިޔާ ކޮބާކީކޭ މިހާރު ބުނާނީ އަވަހަށް ސުޕްރީމްކޯޓަށްދޭ އެއިރުން ތިޔަ ހުކުމް ބާތިލް ކޮށްފާނެ އަދި ތިޔަ ހުކުމް އަނެއްކޮޅަށްޖަހާ ސަރުކާރުން މާރިޔާއަށް ދައްކަން ޖެހޭގޮތައްވެސް ހުކުމް ކޮށްދީފާނެ
ތި ކަމެއް ނުވާނެ ދެން ލަލަލާ
ސްޕްރީމް ކޯޓަށް މައްސަލަލާ ކާމިޔާބުހޯދާނަށް.
މީ އަނެއްކާ މިދައުރުގެ ބޮޑު ޖޯކަކަށް ވާނެ ކަމެއް. ވާގޮތް ބަލަން ތިބެމާ ހިނގާ!! އިއްޒަތެއް ނެތް އިއްޒަތްތެރި މިނިސްޓަރުގެ މަސްލަހަތާއި ގުޅޭ ކަމެއް ވިއްޔަ ދޯ.