މާލެއާއި އަތޮޅު ތެރޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭހާއި، ސިއްހީ ސާމާނު ފޯރުކޮށް ދިނުމުގައި ހަރުދަނާ ނިޒާމެއް ގާއިމު ކުރުމާ ގުޅޭގޮތުން ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ހުޅުމާލެ ހޮސްޕިޓަލާއި އާސަންދަ އަދި އެސްޓިއޯގެ އިސްވެރިންނާއިއެކު މަޝްވަރާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މި ތިން ތަނުގެ ވެރިންނާއި އެކު ބޭއްވި މި ބައްދަލުވުމުގައި ސިއްޙީ ދާއިރާ ހަރުދާނާ ކުރުމަށް ގުޅިގެން ކުރަން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިސްޓަރ މަޝްވަރާކުރެއްވި ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.

އެގޮތުން މާލެއާއި އަތޮޅު ތެރޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭހާއި، ސިއްހީ ސާމާނު ފޯރުކޮށް ދިނުމުގައި ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކާއިމެދު ޚިޔާލާއި މަޝްވަރާ ހެލްތް މިނިސްޓަރު ވަނީ ހޯއްދަވާފައެވެ.

އަދި މި ތަންތަނުން ޚިދުމަތް ދިނުމުގައި މިހާރު ހުރި ގޮންޖެހުންތައް އޮޅުންފިލުއްވާލަދެއްވާ، އެ މައްސަލަތައް ހައްލުކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުންތަކުގެ އިތުރުން، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް ،އޭޑީކޭ، އަދި ޕްރައިވެޓް ކްލިނިކްތަކާއި، ކައުންސިލްތަކާއި ވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަންނި ވެރިކަމުގަ ސިއުނާއްތަ އައް ބޭސްގެންނަން ވެގެން ދިން 12 މިލިއަން ވީތަނެއް ހޯދަން އިބުރާހިމް އައް ގޮވާލަން

  2. ހުސޭނުބޭ

    އަނެއްކާވެސް ޕްރިޕެއިޑް ޝިއުނާ އަށް ބޭސް ގަންނަން ދިން ލާރިގަނޑު ކަހަލަ ލާރިގަނޑެއް ކައްވާލާ!

  3. عبدالله

    މިހުރިހާ ދުވަހު އެކަންކަން ކޮށްފައިވަނީ، އެއްވެސް ހަމައެއް ލަމައެއްނެތި ހިތުހުރިހައި ގޮތަކަށްތޯއެވެ؟ ނޫނެކެވެ. މިހުރިހާ ދުވަހު އެކަންކަން ކޮށްފައިވަނީ، ހަމަޖެހިފައިވާ އުޞޫލުންނެވެ.