ރާއްޖޭގައި ގާނޫނުގެ ހަމަތަކެއް ހިނގާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ރާއްޖޭގައި ހަމައެއް ހިނގާނަމަ އެންމެ ނިކަމެތި ވާން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް މިހާރު އިނގިރޭސިވިލާތުގައި ފިއްލަވައިގެން ހުންނެވި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

މިރޭ "ވީޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ.ޖަމީލު ވިދާޅުވީ ދިވެހި ރައްޔިތުން ވެސް މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އަމަލުތައް ހުރީ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ގާނޫނީ ހަމަތައް ހިނގާ ކަމަށް އޭނާ ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރުހުނީމައި ގާނޫނަށް އަމަލުކޮށްފައި ނުރުހުމުން ގާނޫނަށް އަމަލު ނުކުރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނަކީ ވަކި މީހަކު ހިތު ހުރި ގޮތަކަށް ހިތު ހުރި ވަގުތެއްގައި އަމަލު ކުރަން އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ރާއްޖޭގައި ކަން ހިނގަމުން ދަނީ މިގޮތާއި އިދިކޮޅަށް ކަމަށް ދޭހަވާގޮތަށް ޑރ.ޖަމީލު ވާހަކަފުޅު ދެއްކެވިއެެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި ހަގީގަތުގައި ހަމައާއި އުސޫލު ހިނގާނަމަހީ އެންމެ ނިކަމެތި މީހާ އަކީ ރާއްޖޭގެ ރައީސްކަން ކުރާ މީހާ. ރާއްޖޭގައި އެންމެ މަޑުމަޑުން ބަސް ބުނަން ޖެހޭ ފަރާތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ރާއްޖޭގައި އެންމެ ކެތްތެރިވާން ޖެހޭ ފަރާތަކި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ރާއްޖޭގައި އެކަކަށްވުރެ ވެސް ބޮޑަށް ރައްޔިތުންނަށް ބިރު ގަންނަން ޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ." ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލު ވަނީ މިހާރު ހިނގަމުންދާ ކަންކަމާއި ދެކޮޅަށް ރައްޔިތުން ނުނިކުތުމުން ކަންތައް ވާނެ ގޮތާމެދު ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ކޮންމެ ކަމެއް ވިޔަސް ވަރިިހަމަކޮށްގެން ދިވެހިން ދިރިއުޅުމާއިގެން ކުރިއަށް ދިޔަ ނަމަ ރާއްޖެ އޮންނާނީ ޕޯޗުޖީޒުންގެ އަތްދަށުގައި ކަމަށެވެ. އަދި އިންޑިއާގެ މީހުން ތިިބޭނީ އިނގިރޭސީންގެ އަތްދަށުގައި ކަމަށެވެ. އަދި އެގޮތައް ކަންތައް ކުރި ނަމަ އަދިވެސް ނަސްލީ ތަފާތުކުރުން އާންމުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ދެމެހެއްޓެވުމަށް ބަދަލެއް ގެންނަން ޖެހޭ ކޮންމެ ގާނޫނެއް ބަދަލު ކުރައްވާނެ ކަމަށް ޕީޕީއެމް އިން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޑރ.ޖަމީލު ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުން ތަމްސީލު ކުރަން އޮންނަނީ ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ރައީސްގެ ހިމާޔަތުގައި އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވިއިރު އިންޑިއާގެ "ހިންދުސްތާން ޓައިމްސް" އަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި އޭނާ ވަނީ ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ބައިނަލްއަގްވާމީ މުޖްތަމައުއަށް ގޮވާލައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަނުމަށްވެސް ޑރ.ޖަމީލު ދައުވަތު ދެއްވިއެވެ.

މިހާރު އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ.ޖަމީލަކީ މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅުގައި މިހާރު ތިއްބެެވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދު ވެރިކަމަށް އިންތިހާބުވި ނަމަވެސް ވެރިކަން ހަވާލު ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި ނަޝީދު ދިގު މުައްދަތަކަށް ޖަލަށް ލާނެ ކަމަށް ޑރ.ޖަމީލު ވައުދު ވެސް ވިއެވެ. ޑރ.ޖަމީލް މިސަރުކާރުގައި ހުންނަވައިގެން ވަނީ އެވައުދު ފުއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޕޮގުބާ

    ލަދުކުޑަ ހަޔާތްކުޑަ މައްލޫނެއް ޖަމީލަކީ

  2. ޖަންބޯ

    ޔާމިންނެއްނޫ ނިކަމެތިވާންޖެހޭނީކީ އިނގެރޭސި

    ވިލާތުގަ ފިލާތިބިމީހުންނިކަމެތިވާންޖެހޭނީ

  3. ބޮޑިބަތް

    މިހާރުދެން ކަލަކު ކަމަށް ވެސް ދަޢުވާ ކުރަނީ ތޯ ؟

  4. ޕޮގުބާ

    ކުފުރު ޖަމީލު ނިކަމެތިވާންޖެހޭ މީހަކު ﷲ ނިކަމެތި ކުރަށްވާނެ ކުފުރު ޖަމީލު

  5. އަނާރު ކަލީ

    ޖަމީލަކީ ދިވެހިންނަކައް އާމީހެއްނޫން ފާޑުފާޑުގެ ވާހަކަ ދައްކާނެކަމެއްނެތް ސަޕޯޓް ހޯޮދަން ރައްޔިތުންގެ ކުރިމަށްޗައް އައިސްްބަލަ ކުޅިދައްކާލާނަން

  6. މަރީ

    ވާވްްްްް!!!! މީ ކާކު؟

  7. ދދ

    ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި
    މައްދަލަތަކަކީ ވެރިކަމުގެ ދަހިވެތިކަމުގައި
    ބަޔަކުމީހުން ކުރަމުންދާ ޣައިރުޤާނޫނީ ކަންތައް
    ތަކެކެވެ އެކަންކަން ހުއްޓުވެން އޮތްގޮތަކަށް
    ހުއްޓުވަން ޖެހެއެވެ.

  8. ހުސޭނުބެ

    ޖަމީލު ތިބުނީ ރަގަނޅަށް!! ގާނޫނަކީ ހިތުހުރި މީހަކު ހިތުހުރިގޮތަކަށް ހަދަން އޮތް އެއްޗެއްނޫން!!! އެހެންވީމަ ސްޕްރީމް ކޯޓުގެ ދެފަނޑިޔާރެއްގެ މައްސަލަ ބަލަނީ!!! އެއީ އެމީހުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ހުތުރު ފައިސާގައި ހިފައިގެން ރާއްޖޭގެ ވެރިކަން ވައްޓާލުމުގެ ބޭނުމުގައި ގާނޫނަކަށް ނ ބަލާ ހިތުހުރި ގޮތަކަށް ކޯޓު އަމުރު ނެރުނީމަ!!!

  9. ނުރަބޯ

    ބޮނޑިބަތޭ...! ނިކަމެތިވުން އެންމެ އައުލާކަން ބޮޑީ ގައުމުގައި އިސްލާމް ދީނަށް ނިކަމެތިކޮށް ހިތާ ޣައިރުދީން ތަކަށާ ފާޙިޝް ޢަމަލުތަކަށް ގޮވާލާ، ހިތްވަރުދީ ގައުމު ބޭރުގެ އަޅުވެތި ކަމަށް ގެންގޮސްގެން ތިމާ ނާޖާއިޒު ފައިދާނަގަމުންދިޔަ ކެރަފާ ނަޝީދެވެ.
    ރައީސް ޔާމީނަކީ މާތްވެގެންވާ އިސްލާމްދީނަށް ކަމޭހިތާ، މާތްﷲގެ ވާގިފުޅާއެކު ގައުމު ތަރައްގީކޮށް ކުރިއަރުވާ ކެރަފާނަޝީދު އިނދަޖައްސާލި އިގްތިޞާދު ނަގާ ކޮޅަށްޖަހާ ސިއްހީ ނިޒާމާ މާލީ ނިޒާމުވެސް އަލުންބަލުން ރަގަޅުކޮށް ރައްޔިތުންނަށް ހަމަނޭވާ ލެވޭވަރު ކޮށްދިން ފަރާތް. އޭރުވެސް ތިޔަ މީހާ އުޅެނީ ނައިބުރައީސޭ ކިޔައިގެން ސިފައިން ލައްވާ ބޫޓުގެ ނާޑުވާ އައްސައިގެން ދެއިރު ދެ ދަޅައިގަ ދެ ކޮލުގައި ފުށްޖަހައިގެން ނިކުމެ ތިއްތި ދައްކާކަށްނޫންތަ؟ ހަވާލުކުރި މަސައްކަތެއް ވިއްޔާ ތިޔަމީހާގެ ހިންގުންތެރިކަން ނެތުމުން އޮތީ ބޮއްސުންލާފަ. ޒިއްމާ އަދާކުރެވޭތޯ އުޅުމުގެބަދަލުގައި ފޮނިދެއްކުމާ އަޗާތެޅުމާ ސަރުކާރުގެ ލޯންޗްކޮޅުގައި ކެޔޮޅުކަމުދިޔުމާ މިކަހަލަ ތާކުންތާކު ނުޖެހޭކަންކަމުގައި އުޅެންހެދީމާ ރައީސްޔާމީނަށް އެނގިއްޖެ ތިޔައީ ބޮޑުއަނގައެއްކަމާ އަނގަތެޅުން ފިޔަވައި އެހެންކަމެއް ތިޔަމީހާއަށް ނުކުރެވޭނެކަން. އެހިސާބުން ސޮއްސޮއް ކިޔާފަ ބޭރުކޮށްލީމާ މިހާރު ތިޔައުޅެނީ ޖޭ ވެގެން. މިހާރު ތިޔަ ކުރެވޭ މަސައްކަތަކީ ކެރަފާ ނަޝީދަށް ލާދީނީ ދިދަ އުފުލައިދެނީ. އެހެންވީމާ ނިކަމެތިވުން އެންމެ އައުލާކަން ބޮޑުބަޔަކީ. މިގައުމު ކުރިއަރައިގެންދާތީ އެކަމާ ަޙަސަދަ ވެރިވެގެންއުޅޭ އިދިކޮޅު ބައިގަނޑު.

    • ކަޅުބޯ

      ސަބަހޭ ދަރިޔާ..! ތި ކޮށްލި ވަރު ކުޑަ އަދި..!

  10. ރުޒާނާ ޗޮއްޕަޓު

    "ޑރ. ޖަމީލު މިހެން ވިދާޅުވިއިރު އިންޑިއާގެ "ހިންދުސްތާން ޓައިމްސް" އަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި އޭނާ ވަނީ ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ބައިނަލްއަގްވާމީ މުޖްތަމައުއަށް ގޮވާލައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަނުމަށްވެސް ޑރ.ޖަމީލު ދައުވަތު ދެއްވިއެވެ." އެކަމަކު މި ގައުމުގެ ވެރިކަމަށް އަންނަންވެސް ކަލޭ ހަމަ އެބަ ބޭނުންވޭ!!!؟؟؟ ބލއެއްނު

  11. ރީނދޫ ގުންޑާ

    އަހަރުމެން ގާތަށް ވޯޓު ހޯދާށޭ ކިޔާފަ ނާންނައްޗޭ. ތި ބުނާ ފިޔަވަޅެއް އަޅައިދޭ ބައެއް ގާތުން ވޯޓުވެސް ހޯދާތި އިނގޭ.

  12. ބޮޑިބަތް

    ރައްޔިތުންނަކީ ކަލެއާއި ކަލޭގެ ޢާއިލާއާއި އަދި ދިނާއި ޤައުމު ފުނޑުކޮށްލަން ތިއުޅޭ ހައެއްކަ ކެނައިންތަ،
    ރާއްޖޭގައި އެންމެ ނިކަމެތިންގެ ތެރެއިން އެކަކު ކަލޭތީ، އެއީ އުޅެގަތް ބޮޑާ ކިބުރުވެރި ގޮތަކުން
    އަހަންނާއި އަހަރެންގެ އާއިލާގެ ވޯޓް ރައީސް ޔާމީނަށް 2018ގައި ކަށަވަރު

  13. އަކްމެޑް

    "އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި ހަގީގަތުގައި ހަމައާއި އުސޫލު ހިނގާނަމަހީ އެންމެ ނިކަމެތި މީހާ އަކީ ރާއްޖޭގެ ރައީސްކަން ކުރާ މީހާ. ރާއްޖޭގައި އެންމެ މަޑުމަޑުން ބަސް ބުނަން ޖެހޭ ފަރާތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ރާއްޖޭގައި އެންމެ ކެތްތެރިވާން ޖެހޭ ފަރާތަކި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ރާއްޖޭގައި އެކަކަށްވުރެ ވެސް  ބޮޑަށް ރައްޔިތުންނަށް ބިރު ގަންނަން ޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ." ޑރ. ޖަމީލު ވިދާޅުވިއެވެ.

  14. މައިނާ

    އެންމެ ނިކަމެތީ އަމިއްލަ ގައުމާއި ވަޒަންދޫކޮށް ކުރެވިފައިހުރި ކުއްތަކުން ބަރިއްޔަވާން ބޭރުކަރަ ކަރައިގެ ހިމާޔަތްހޯދައިގެން ކަރަ ކަރައިގަ ފިލާތިބޭމީހުން. އޭގެތެރޭގަ ތޮއްޑު ކަރާ، މާލޭ ކަރާ، މާމިގިނލީ ކަރާ ނޫނަސް އަދިވެސް ވަރަށް ގިނަ ކަރާތައް ހިމެނޭ. ރައްޔިތުން ދޭންޖެހޭ ފައިސާ ދައްކާފަ އަދި ރާއްޖޭގެ ކޯޓްތަކުން ކޮށްފަހުރި ހުކުމްތައް ތަންފީޒުކޮށްފަ ގޮސްތިބޭ. އޭރުން އަހަރެމެންނަށްއޯކޭ. އައިދުވަހަކުން ހޭއަރުވާލާނަން. ހަމަ ކުޑަގޮޅި.

  15. ޖެނިފާ

    ޖަމީލޫ ދެން އަނގަނުގަޅާ ހުރެބަލަ. ކަލޯއަކަށް ނޭގޭނެ އެއްވެސް ބަޔަކާ އެކު އުޅެން. ކަލޯއަށް ހީވަނީ ކަލޯ ނޫން މީހަކަށް ރަނގަޅަކަށް ކަމެއް ނުކުރެވޭނެ ކަމަށް. ކަލޯއަށް މައުމޫނުވެސް ކަމަކު ނުދިޔަ. ކަލޯއަކަށް އައްނިވެސް ކަމަކު ނުދިޔަ. މިހާރު ޔާމީނުވެސް ކަމަކު ނުދޭ. ކަލޯދެން އޮވޭ ވިލާތުގަ ވިލާތު ޝަރުބަތު ބޮއެ ބޮއެ!!!!

  16. ޔޫސުބު

    ގާނޫނުގެ ދަށުން ހުކުމް ކޮށްފަތިބި ގައިދީންތަކެއް ދޫކުރަން ތިގޮވަނީ ކޮން ގާނޫނެއްގެ ދަށުން

  17. ހުސޭނުބޭ

    މޮޔަޔާ! ރައީސް ޔާމީނު ނޫޅޭ ކިބުރުވެރިވެގެނެއް!

  18. ސާރިދޯޅު

    މިވަރުޖާހިލަކު މިނޫނީޔަ ނުދެކެން ގ.ކެނެރީގެ މުހައްމަދު ނަސީދަކީ މިރާއްޖޭގެ. ވެރިކަމަށްގެންނަ ހިޔޮވާވަރުގެ މީހެއްނޫނޭކިޔާ މީޑިޔާތަކުގަ ވާހަކަ ދެއްކީ ހަމަ ބޮނޑިބަތް ޖަމީލް

  19. ނޫންތަ؟

    ރައީސަކަށް ހުންނަ މީހާ ހިނގަންވެސް ޖެހޭނީ ތަޖްވީދަށް. އެހެންވީމާ ރައީސަކަށް ހުންނަންވީ ކަލޭ

  20. ޢަފްލާ

    ދުނިޔޭގަ އެންމެ ނިކަމެތި މީހަކީ ތިމާ އުޅެންވީ ކޮންދީނެއްކަން ނޭނގި ޖާހިލުކަމުގަ ދުނިޔޭގެއެދުން ވެރިކަމޢިގެން އުޅޭމީހާ

  21. ފޯކުލޭންޑު ދަރި

    ރޯކުރާށޭ އުަދަންވީއެ އުދަންވީ، ބޮނޑިބަތޯއެ އުދަންވީ..! ބޮނޑިބަތް ގަނޑަށް ފަސްފަހަތުން "ހޯއް"..!

  22. ހުސޭނު

    މި ޖަމީލު މިހާރު ކަލެއްކަމަށް ދައުވާކުރަންފެށީދޯ؟ ބަލަ، ނިކަމެތިވާން ޖެހޭމީހާ އާއި މަތިވެރިވާން ޖެހޭ މީހާއެނގޭނީ ކަލެއަކަށްނޫން . އެކަން ދެނެވޮޑިގެންވަނީ މާތްﷲ. މިވަރުވެސްނޭގި މީހާ ތިހިރަ މަގުފުރެދިގެންދަނީ.

  23. ލާލާ

    އެއީ ގޮންގޮތަކުން ރައީސް ނިކަމެތިވާންވީ ކިހިނެތް ވެގަނެގެން ތިއުޅެނީ އެއީ ދިވެހި ޤައުމުގެ އިއްޒަތްތެރި ވެރިޔާ އޮޅުވާނުލާތި ޖަމީލަކީ މާނިކަމެތި މީހެއް ތިއުޅެނީ އަމިއްލަ ފަސްގަނޑު ގަ ނޫޅެންވެގެން އުފަން ގައުމު ދޫކޮށް ފަރަންޖީން ކާރީގަ ސަލާން ޖަހައިގެން