ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާއީލުގެ ސިފައިންގެ ފައުޖަކުން، ފަލަސްތީނުގެ އުމުރުން ފަސް އަހަރުގެ ކުއްޖަކު ހައްޔަރުކޮށް، ވަގަށް ނަގައިފިއެވެ.

އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖަކު ހައްޔަރުކުރާ މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިއާގައިވެސް ދައުރުވަމުންދާއިރު، އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހިބްރޫންއިން މިއަދު ހެނދުގެ ވަގުތެއްގައެވެ. އުމުރުން ފަސް އަހަރުގެ ކުއްޖާ ހައްޔަރު ކުރި ވަކި ސަބަބެއް އެ ޖަމާއަތުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ކުއްޖާ ހައްޔަރު ކުރަން އިސްރާއީލުގެ ސިފައިންގެ ފައުޖެއް ހަރަކާތްތެރިވި އިރު އެކުއްޖާ އަަށް ނަފްސާނީ ގޮތުން ވަނީ ބޮޑެތި އަސަރުކޮއްފައެވެ.

އެ ހާދިސާއާ ގުޅިގެން ގުޅިގެން ފަލަސްތީނުގެ އާންމުންގެ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އިސްރާއީލުގެ ސިފައިން އެ ކުއްޖާ "ވަގަށް" ނަގާފައިވާ ކަމަށް ފަލަސްތީނުގެ އާންމުން ދަނީ ބުނަމުންނެވެ.

ފަލަސްތީނުގައި މަސައްކަތް ކުރާ އެޤައުމުގެ ޖަމިއްޔާއެއްކަމުގައިވާ "ދަ ޕަލެސްޓީނިއަން ޕްރިޒަނާސް ސޮސައިޓީ" ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން މި އަހަރުގެ މިހާތަނަށް، ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ ސަރަޙައްދުން، ފަލަސްތީނުގެ 52 ކުޑަކުއްޖަކުވަނީ ޝަހީދު ކޮށްލާފައެވެ. ހަމައެހެންމެ، ކުޑަކުދިންނާ ދެކޮޅަށް އެކަށީގެން ނުވާ މިންވަރުގެ ބާރުގެ ބޭނުން ކުރާކަމަށްވެސް އެޖަމާއަތުން ބުނެފައިވެއެވެ.

"ދަ ޕަލެސްޓީނިއަން ޕްރިޒަނާސް ސޮސައިޓީ" އިން ހާމަކޮށްފައިވާގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ކުށެއް ނެތް 900 އެއްހާ ކުދިން ހައްޔަރުކޮށްފައި އެބަތިއްބެވެ.

އިސްރާއީލަކީ ބައިނަލްއަޤުވާމީ އެއްވެސް އެންގުމަކަށް ތަބާނުވެ، ފަލަސްތީނު ރައްޔިތުންނަށް އެތައް އަނިޔާތަކެއް ދެމުންދާ ބައެކެވެ. އިޒްރާއިލުގެ ލާ އިސްތާނީ އަނިޔާތައް ހުއްޓުވުމަށް އެހެން ޤައުމުތަކުންވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫ މީހާ

    ކެނެރީގެ މޮޔަގޮލާވެސް ގާޒީން ވަގަށްނެގީ ތިމީހުން ކައިރިން ދަސްކޮށްގެން އެހެންވީމަ ތިކަމަށް މަރުހަބާ ކިޔާނެ

  2. ސައްތާރު

    ދުނިޔެނިދާފަ، އެކަމަކު މިރާއްޖެއަށް އިންޒާރުތައް ދެމުން ހުޅަގާއި އިންޑިޔާއިން
    ދިޔައިރު ހަމަވިސްނާލާ ކޮންމެ މީހަކަށް އެގިލައްވާނެ މިގައުމަށް ޔަހޫންދިން ކުރަން އުޅޭކަންތައް!

  3. ސިހާ

    މިވަނީ ދިވެހިންގެ އަނިއްލަ އެދުމުގެ ސަބަބުން މިހަަރު ެކުރަން އުޅޭ އެގްރިމެންޓަކީ ދިވެހިންގެ ގަވްމު އިންޑިޔާއަށްވިއްކާލާ މޮ4 ތަރު ވެރިން ބޭނުންގޮތަށް ނިންމުން