މާފުށީ ޖަލުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިތަދޫ ފިނިއުނިމާގެ، އަލީ އިމްރާނަށް އަނިޔާކުރީ ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުން ކަމަށާއި އަނިޔާ ކުރަން ފެށުމުން އަލީ އިމްރާން ދެ ފަހަރު މަތިން ހޭނެތެނު ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

އައްޑޫގެ އޮންލައިން ނޫހެއް ކަމަށްވާ "އައްޑޫލައިވް" އަށް މައުލޫމާތު ދިން އިމްރާންގެ އާއިލާ މެންބަރަކު ބުނީ އިމްރާނަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭނާއަށް ބޮޑެތި އަނިޔާކޮށްފައިވާ ކަމުގެ ނިޝާން ފެންނަން އެބަހުރި ކަމަށެވެ.

އިމްރާންގެ އާއިލާގެ މެމްބަރަކު "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ބުނީ ޖަލުގައި އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ދެ ފަހަރު ހޭނެތުނު ކަމަށާއި، ހޮސްޕިޓަލަށް ގެނައިއިރުވެސް ހާލު ދެރަކަމަށެވެ.

އައިޖީއެމްއެޗްގައި އިމްރާންއަށް ފަރުވާދެމުންދާ އިރު އޭނާ ބެލުމަށް އާއިލާ މީހުން ވަންނަ އިރު ފޯނު ނުވެއްދޭނެކަމަށް ކަރެކްޝަނުގެ މުވައްޒަފުން އަންގާކަމަށް އާއިލާއިން ބުނެއެވެ. އަދި އެގޮތަށް އަންގަނީ ފޮޓޯ ނަގާފާނެތީކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށް ވެސް އާއިލާ އާއި ހަވާލާދީ ނޫހުގައި ބުނެފައިވެއެވެ.

ޖަލުގައި ކުރާ އަނިޔާތައް ހުއްޓުވާނެކަމަށް ވައުދުވި ސަރުކާރުން ވެރިކަމާއި ހަވާލުވިތާ ހަފްތާއެއް ފަހުން ހިނގި މިހާދިސާ އާއި ގުޅިގެން އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިމައްސަލަ އަށް ސަރުކާރުން ސަމާލުކަން ނުދޭތީ ވެސް އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިމްރާނަށް އަނިޔާކުރި މައްސަލައިގައި މިހާތަނަށް ކަރެކްޝަނަލް ސާވިސް އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އައްޓަމަސް

    އަނިޔާލިބުނީ ކީއްވެތޯވެސް ބަލަންޖެހޭނެ! ތިތަނުގައިތިބެނީ ނުހަނުމައުސޫމް ކުދިންކޮޅެއް

    • ވަހީދު

      އެއްވެސް ހާލަތެއްގައި އަނިޔާ ކުރުން ހުއްދައެއް ނުވާނެ.

  2. ރުގިއްޔާ

    މިސަރުކާރުގެ ވެރިޔަކަށް ހުރީ އާރެއް ބާރެއް ހިގާ މީހެނޫން އެއީ ހަމަ ބުދެއް މިސަރުކާރު ހިންގަނީ ގައުމުގެ މުދަލާއި ތަކެއްޗަށް ފެންބޮވައިގެންފައި ތިބި މީހުން އެމީހުންގެ އަމިއްލަ އެދުންއޮތީ މައުމޫނު ސަރުކާރުގައި ކޮރަޕްޝަނުގެ އެތައް އެތައް ތުހުމަތު ތަކެއް ކުރެވުނު މީހުން ހާރިޖިއްޔާއައި އެހެނިހެން ވުޒާރާތަކަޢި ހަވާލުވެގެން އެތިބީ ދެން ކަންކަން ވާނެ ގޮތް ނިކަން ހިތަށް ގެނަސްބަލަ

  3. ޢަލީ ހަމީދު

    ދެންކެވޭނީ ރާކަނިމަސް..

  4. "ކުށް" ވެރީން

    ނުބުނާނެ، ނުބުނާނެ، މިހާރު މިއޮތީ ކަނޑުގެ ހުކުމް. ކުޑައެތި ބޮޑުއެތި ކާލާ އުޞޫލު. ބޮޑެތި މީހުން ކިތައްމެ ބޮޑު ކުށެއް ކުރިއަށް ކުށްވެރިއެއް ނުވާނެ. އެމީހުންނަށް ކުރާ ޙުކުމަކީ ބާޠިލް ޙުކުމްތައް. ދެރަމީހުން ތަޅައި ރޭނާ ގަންނުވާލިއަށް ކަހާތަން ހިރުވާވެސް ނުލާނެ. މިހާރު މިއޮތީ ކުށްވެރިންގެ "ކުށް" ކަނޑާލާފައި މިހާރުތިބޭނީ ހަމައެކަނި ވެރީން.

  5. ހުސޭނުބޭ

    އަނިޔާވެރިކަމާ ދެކޮޅަށް އިނަސާފު ހޯދައިދޭން ސަރުކާރުން ކުރާ ބުރަ މަސައްކަތުގައި ހެނެތެންދެން ތަޅާ ރޯނާވެސް ގަންނަވަންޖެހެއެވެ. މިއީ ހޯމް މިނިސްތަރުގެބެއްލެވުމުގެ ދަށުން އެ މިނިސްޓަރުގެ ރޭވުމުގެ ދަށުން ހިނގާ ކަންކަމެވެ.

    • އަސްލުހާލަތު

      އަދި އެތަންތާނގަ ތިބީ ޔާމީނުގެ ގުމްޑާއިމް..ސަރުލާރު ބަދުނާމު ކުރަން ކުރާ ކަންކަން ތިހުންނަނީ.. މި ސަރުކާރުން ލުއިކޮށް ނުނަގާނެ ތިޔަކަންކަން.. ފިސާރި ކުޅި ދައްކާނެ

      • Anonymous

        ތީ މާ މޮޅު ގޮތެއްނު. ޔާމީނު މަތީ ވެރިކަމުގަ ނެތަސް. ޖަޒީރާރާރާރާ!

  6. Miadhu

    ތިއީ ޔާމީނު ކުރިކަމެއްނޫންތަ އެހެންވީއިރު އޯގާތެރިކަމުގެ ލާމަސީލު މިސަރުކާރުން ބުނާނީ ކީކެތިކަމުގައި

  7. ހާމާނު

    އަހަންނަކީ ޔާމީނަށް ސަޕޯޓުކުރާ މީހެއް. އެމްޑީޕީއަކަށް ދުވަހަކުވެސް ސަޕޯޓެއް ނުކުރާނަން. އެކަމަކު، ޖަލުގައި ހިންގާ މިފަދަ ޖަރީމާތަކަކީ ރައީސްގެ އިސްތަށިފުޅުގައި އެޅުވޭނެ ކަމެއް ނޫން. ކޮންމެ ވެރިކަމެއްގައި ވެސް މިފަދަ ކަންކަން ހިނގާނެކަން މި އެނގެނީ. ކަންކުރި މީހުން ކުށްވެރިވާ ނަމަ އަދަބުދިނީމަ ނިމުނީ.

    • ހެހެ

      ރަނގަޅު ސޯލިހެއްނޫން އަނިޔާކުރީ. މައްސަލައަކީ މުޖްރިމުންނާއި މުރުތައްދުވެފައި ތިބޭ މީހުންގެ ދިފާއުގައި ސަރުކާރު އުޅޭއިރު މިކަހަލަ ނިކަމެތި އަނިޔާލިބެމުންދާ މީހުންގެ ދިފާއުގައި ސަރުކާރުން އެއްކަމެއްވެސް ނުކުރާތީ. މިއީތޯ ސޯލިހް އެބުނުއްވާ އިންސާފަކީ؟ އަލީ އިމްރާން ދިފާއުގައި ޓުވީޓްއެއް ކޮއްލާނެ މީހަކުވެސްނެތް.

    • ވަހީދު

      އިބޫ ވެރިކަމަށް އައިސް ޔާމީނުގެ ސަޕޯޓަރުން ތަޅައި މަރަނީ

  8. ހެހެ

    އަލީ އިމްރާންއަކީ، ވެލެޒިނީ ނޫނީ ސްމިތް މެންކަހަލަ މުޖްރިމަކު މުރުތައްދުވެފައިހުރި މީހަކުކަމުގައިވެފައި އަންނީގެ ލާދީނީ ފިކުރައްތަބާވާމީހަކު ކަމުގައިވާނަމަ އަލީ އިމްރާންގެ ދިފާއުގައި މުޅި އިބްރާހިމް ސޯލިހްގެ ސަރުކާރު ނިކުންނާނެ. އަލީ އިމްރާން މެންކަހަލަ ނިކަމެތިން ޖެހޭނީ ރޮއިލަ ރޮއިލާ ތިބެން.

  9. އަލްކެމިސްޓް

    ތިތަން ބަލަހައްޓާ މީހުން ވަރަށް ނަސްލީ އިމްތިޔާޒް އޮންނަ ކަން ފާހަނގަ ކުރެވެއެވެ. ރާއްޖެތެރޭ މީހުންނަކީ ވާލެއް ނެތް ބަޔަކަށް ބަލާފައި ކޮންމެ ފަދަ އަނިޔާ އެއްވެސް ކޮށްލަން ފަސް ނުޖެހެނީ. އަަދި ޚާއްސަކޮށް އައްޑޫ މީހުންނަށް އަނިޔާ ކުރާލެއް ބޮޑު. އެއީ އައްޑޫ މީހުންނަކީ އެހެން މީހުން މާ ރުޅި އަންނަ ބަޔަކަށް ވަނީ

  10. އަސްއަދު

    އަޚުންނޭވޭ މިރާއްޖޭގައި މިހާރަކު އިންސާފެއްނެތް އިންސާފުގެ އެންމެ ބޮޑުގެ ރޯމާދުވާލު އެއޮތީ 3 ވަގުންވެގެން ވަގަށް ނަގާފައި! އިންސާފު ނުލިބިގެން އުޅުނު ބައިގަޑުކޮބާ!

  11. ނިޔާ

    ތިކަމުގެ ފުރިހަމަ ޒިއްމާނެގުމަށް އިމްރާނަށް
    ގޮވާލަން އަދި އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް ގޮވާލަން

  12. Miadhu

    ތިވާނީ ޔާމީނު ރާވާފަހުރިކަންތައްކަމަށްދޯ

  13. Miadhu

    ކޮބާ ޖަލުގެ އަނިޔާވެރިކަން ޔާމީނުއަށް ދިން ކުދިންތައް ކީއްވެ އިބޫގެ އަނިޔާވެރިކަމަށްނުގޮވާތިތިބީ ކޮބާ އިމްރާނު

  14. ޑިމޮކްރަޓިސްޓް

    ރަނގަޅުވާނެ! އޯގާތެރި ސަރުކާރު! ކަލޭމެން ވޯޓުދިނީ ތިބުނާ މީހުކަށްނު! ދެން އަތާފަޔާ ޖަހަންތިބޭ!

  15. Anonymous

    ޢިބޫއައް ވޯޓުދީފަ ދެން ބާރައް އަތްޖަހާ

  16. Anonymous

    ކޮބާ މަަހުލޫފި ޖަލުގަ އަނިޔާ ކުރަނީ އިބޫތަ ޔާމީނުތަ ކަލޭތަ ގައިދީންތަ

  17. ާއަނިޔާ

    ޢަނިޔާ އަކީ ހަމައެކަނި ބޮޑުން ނަށް ލިބުމުން މައްސަލަ އަކަށް ވާނީ. ނިކަމެތިން ތިބެންޖެހޭ ނީ ދޫ ބޯލަ ބޯލާ ތިބެން އޯކޭޔޭ ބުނެގެން ތި ތިބީ

  18. ރާޖޫ

    ހިތަދޫ ފިނިއުނިމާގެ، އަލީ އިމްރާންއަކީ ކާކުކަން ހިތަދޫ މީހުންނަށް ރަނގަޅަށް އެނގޭނެ. ޖަލުގައި އަމިއްލަ ގެދޮރުގައި އުޅޭހެން ނޫޅެވޭނެ. އެތަނުގައިވެސް ގަވާއިދުތަކެއް ހެދިފައި ހުންނާނެ. ނަމަވެސް ބޭނުން ކުރެވޭ ބާރަކީ ކަމާއި ނުބައްދަލު ބާރަކަށް ވެގެން ނުވާނެ

  19. ޒާ

    ހޯމް މިނިސްޓަރު ގެ ކުލުނުގެ ދަށުން ކަމަށްވާނީ ތިޔަކަމެއްކުރީ.

  20. ޝިދާތާ

    ހަމަ ހިނި އަންނަނީ . ނުކުރާނެ ނުކުރާނެ އަނިޔާ .ލޮލް

  21. ސަމަންދަރު

    އާއްމު ރައްޔިތަކަށް އިންސާފެއްނެތް ހުރިހާ އެމްޑީޕީ ބޮޑުންނަށް އިންސާފު އަންނިގެވެސް ކުށެއްނެތް ގާސިމަކަށްވެސް ކުށެއްނެތް އިމުރާނުގެވެސް ކުށެއްނެތް ހުދުކާފޫރައްވެ ނުކުރާކަމަކައްވީ ދެން ހުރިހާ މުޖުރިމުންނަށް މިސަރުކާރުން މި އޮތީ މިނިސްޓަރު ކަންދީފަ ބޮޑުސޯބު އެނބުރޭގޮތަށް ކުދިސޯބު އެނބުރެން ޖެހޭނެ ކަން ކަރެކުސަނުންވެސް ހާމަކޮށް އެ ދިނީ މީގެ މާނަޔަކީ އަނިޔާކުރިޔަސް މައްސަލަޔަކަށްނުވެ މިކަންވެސް ހުދުކާފޫރައްވެ ނިމުން......... ވަރައްހައްގު.

  22. عبدالله

    ޤާނޫނުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުނާޅައި ލަސްކުރުމަކީ، އަނިޔާއެކެވެ.