"ވަގުތު އެހީ" އިން މައުލޫމާތު ގެނެސްދިން ހިތުގެ އެއްފަޅި ނުލައި އުފަންވި ތުއްތު މިޝްކާ ބިންތި މުހައްމަދު ބިން ނިޝާން މިއަދު ނިޔާވެއްޖެއެވެ.
ކުއްލި ގޮތަކަށް މިޝްކާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 9:30 ހާއިރު އައްޑޫ ސިޓީގައެވެ. މިޝްކާގެ އާއިލާއިން "ވަގުތު އެހީ" އަށް މައުލޫމާތު ދެމުން ބުނީ މިޝްކާ ނިޔާވި ވަކި ސަބަބެއް އެނގެން ނެތް ކަމަށެވެ. ޑޮކްޓަރުން ވެސް ވިދާޅުވީ އެއީ ކުއްލި މަރެއް ކަމަށް ކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހު ނުވަ މަސް ފުރުނު މިޝްކާ މިއަދު ހެނދުނު އުޅުނީވެސް ވަރަށް ހަރަކާތްތެރިކޮށް ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.
މިޝްކާ ނިޔާވެފައި މިވަނީ އަންނަ މެއި މަހު ހިތުގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި އިންޑިއާއަށް ފުރަން ނިންމާފައި ވަނިކޮށެވެ. މި އަހަރުގެ ޖެނުއަރީ މަހުވެސް މިޝްކާގެ ހިތުގައި "ޝަންޓް" އެއް ހެދުމަށް ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ.
"ވަގުތު އެހީ" އިން މިޝްކާގެ މައުލޫމާތު ގެނެސްދީފައި ވަނީ މިޝްކާގެ އޮޕަރޭޝަނަށް އިންޑިއާގައި ގިނަ ދުވަހު މަޑު ކުރަން ޖެހުމާއެެކު އާއިލާއަށް އިތުރު އެހީ ބޭނުންވާތީއެވެ. "ވަގުތު އެހީ"ގެ ރިޕޯޓަށް ފަހު ގިނަ ބައެއްގެ އެހީތެރިކަން މިޝްކާއަށް ލިބިގެންގޮސްފައި ވެއެވެ. މިޝްކާއަށް އެހީވި ހުރިހާ ފަރާތްތަކަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މާތްﷲ މިޝްކާގެ ތުއްތު ފުރާނައަށް ހެޔޮ ރަހުމަތް ލައްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ.! އާމީން!
ޢާމީން
އާމީން???
އާމީން!
އާމީން
އާމީން.
???
???
ޢާމީން
ޢާމީން
ޢާމީން
ޝުކުރިއްޔާ ވަގުތު ޓީމް އަށް އަދި މިޝްކާއަށް އެހީވެދިން އެންމެންނަށް
??
ޢާމީން
????