އަންނަ މާރިޗް މަސް ތެރޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުން، މަގާމުން އިސްތިއުފާ ދިނުމަށް ގަވާއިދުގައި ބަޔާންކޮށްފައިވާތީ، އެކަން ހަނދާންކޮށްދީފިއެވެ.

އެކަން ހަނދާންކޮށްދީ މިއަދު ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށާއި، އެކަން ގަވާއިދުގެ ތެެރެއިން ކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން ދިވެހި ސިވިލްސާވިސްގެ ގަވައިދުގެ 203 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ގަސްދުކުރާ ފަރާތްތައް އެ މުވައްޒަފު ހުރި މަގާމުން އިސްތިއުފާ ދިނުމަށާއި އަދި މަގާމުން އިސްތިއުފާނުދީ ހުރެ އެ އިންތިހާބަށް ވާދަކޮށްފި ނަމަ ވަޒީފާ އިން ވަކިކުރެވޭނެއެވެ.

ސިވިލް ސާވިސްގެ ސާކިއުލާގައި ބުނެފައި ވަނީ، ކޮމިޝަނުން ބުނީ އާއްމު އިންތިހާބެއްގައި ވާދަ ކުރާނަމަ އެ އިންތިހާބެއް ބޭއްވުމުގެ ހަ މަސްކުރިން މުވައްޒަފު ހުރި މަގާމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ.

ނަމަވެސް އެފަދަ ގޮތަކަށް އަމަލު ކުރަމުން ނުދާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެ ގަވާއިދަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރިޓޯ

    ކުންފުނި ތަކުގަ މަސައްކަތް ކުރާ މުއައްޒަފުން އިސްތއުފާ ދޭކަށް ނުޖެހޭތަ؟ ތީތިކަޑަ.. ހޮވުނީމަ އިސްތިއުފާ ދިނުން އޯކޭ ކަންނޭންގެ.

  2. ލަދުކުޑަ

    ޤަވާއިދު ބަދަލުކުރަންޖެހޭ ހޮވުނީމަ ދޭގޮތަށް