އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލް ތަސްދީގު ނުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައިފިއެވެ.

އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކުރުމަށް ރައީސް ޔާމީނަށް ގޮވާލާފައިވާއިރު އެ ބިލް އަނބުރާ ގެންދިއުމަށް އެ ޖަމިއްޔާއިން ޕީޕީއެމްއަށް ވެސް ވަނީ ގޮވާލާފައެވެ.

އެޖަމިޔާއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވަނީ މަޖިލީހުގެ ތަޅުމުން ފާސްކުރެވުނު އެންޓި ޑިފެކްޝަން ބިލްގެ ސަބަބުން އެތައް މައްސަލައެއް ނިކުންނާނެކަމަށާއި އެބިލުގެ ސަބަބުން ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމުގެ މަޤްސަދު ޙާސިލްކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ވަނީ މަޖިލިސް މެމްބަރަކަށް ލިބޭ އާމްދަނީއާއި މުއްސަނދިކަމާއި މާލީ މަސްލަޙަތުތައް ސާފުކޮށް ބަޔާންކުރެވޭނެ ނިޒާމެއް ޤާއިމް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ނުޙައްޤުން ހޯދާ މުއްސަނދިކަން ތަހުޤީޤުކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ.

މިއީ ސިޔާސީ ފަރާތްތަކަށް ބިރުދައްކާ އެ ފަރާތްތަކުގެ ގޮނޑި ގެއްލުވާލުމުގެ ނިޔަތް އޮތް ބިލެއް ކަމަށް ދެކޭކަމަށްވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވެއެވެ.

ޓްރާންސް ޕޭރެންސީން މޯލްޑިވްސްގެ ބަޔާނުގައި ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ގޮތަަށް މަޖިލީހާއި ދައުލަތުގެ ނިޒާމްތައް އޮތުމަކީ ކަންބޮޑުވާ ކަމެއްކަމަށް ބުނެފައެވެ.

އެޖަމިއްޔާއިން ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ވާހަކަތައް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް ފަރުމާކުރެވިފައިވުން އެކަން ކުށްވެރިކޮއްފައެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުށަހެޅުއްވި އެންޓީ ޑިފެކްޝަން ބިލަކީ މަޖިލީހަށް މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ކަނޑާލައިފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ ހިނގަން ފަށާނީ، ބިލްގައި މިހާރު ބުނެފައިވާ ގޮތުގައި، ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. އޭނާ ގުޅޭ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަލަ

    ބަލަ ތިޔަބުނާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މީހާގެ ގެ އިހްލާސްތެރިކަމަކީ ވަކިކޮޅަކައްގޮސްހުސްވުމެއްނޫ ރީދޫ މުޒާހިރާ

  2. ޒަބާދު

    ކޮން ޓްރާންސްޕޭރެންސީއެއް. ކީއްކުރާ ބައެއް އެއީ.

  3. ޒަބާދު

    ބަލަގަ ރައްޔިތުން މެމްބަރުން ހޮވަނީ ވަކި ޕާޓީއެއްގައި 5 އަހަރު މެމްބަރެއްގެ ގޮތުގައި ޙަރަކާތްތެރި ވުމަށޭ. ކޮބާ އެ ރައްޔިތުންގެ ޙައްޤު. ޓްރާންސްޕޭރެންސީ ތިޔަ މަސައްކަތް ކުރަނީ މެމްބަރުންގެ މައްޗަށް ރައްޔިތުންނަށް ލިބިގެންވާ ޙައްޤު ގެއްލުވައިލަން. ގަމާރުކަން ދޯ ތިމާމެން ބޭނުންވާހާ ގޮތަކަށް ބަޔާން ނެރޭއިރު. އެހެންމީހުންނަށް ކަލޯމެންގެ ވަތުބަތާންވެސް އެނގެޔޭ!

  4. Anonymous

    ތިޔައީ އެމްޑޕީގެނގުނަވަނެއް. ކޮންޓްރާންސްޕޭރަންސީއެއް. ކޮރަޕްޝަނުގެ ވަބާ ހުއްޓުވަން އުޅޭތީ ތިޔަ ބައިނގަނޑު ކެއްނުކުރެވިގެްނ ތިޔަ އުޅެނީ

  5. ހުސޭނުދަރިއަދުރޭ

    އަޅެފަހެ، ތިޔަބައިމީހުންނަށް ރަނގަޅު އެއްކަމެއްވެސް މިސަރުކާރުން ކުރޭތަ؟ މިހާރު ޔަގީން ކުރެވޭ ތިޔައީ ސަރުކާރާ ދެކޮޅު ޕާޓީއެއްކަމަށް. ދެން އެހެންނޫނަސް ރައީސުލްޖުމްހޫރިއްޔާ ކަންތައްކުރަންވީގޮތް ބުނެދޭކަށް ކަލޭމެނަނަކަސް ނުޖެހޭނެ. ތިމާމެންނަށް ބާރު ނުފޯރުވެކަންކަމުގައި މަތިންބައިން ޖެހޭނެކަމެއްނެތް.