ރާއްޖޭގެ ކޯޓުތަކުން، ކުށްކުށުގެ އަދަބެއްގެ ގޮތުން ހައްދު ޖެހުން ހުއްޓާލުމަށް، އދ.ގެ ދީނީ މިނިވަންކަމާ ބެހޭ ޚާއްޞަ ރެޕެޗުއާ އަދި ކުރީގެ ފޮރިން މިނިސްޓަރު، ޑރ. އަޙުމަދު ޝަހީދު ގޮވާލައިފިއެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ދިނުން އަލުން ނުފަށާނެކަމަށް ބުނެ ސަރުކާރުން ހާމަކުރައްވާފައިވާ ކަންތައްތަކާ ގުޅިގެން، ޝަހީދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހައްދު ޖެހުން ހިމެނޭގޮތަށް ކޯޕްރަލް ޕަނިޝްމަންޓުގެ ތެރޭގައި ހިމެނޭ ހުރިހާ ކަންތައްތަކެއް ރާއްޖޭގައި މަނާކުރަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހަށް ގޮވާލާކަމަށެވެ.

"ރައީސް އިބޫ ސޯލިހަށް ގޮވާލަން ހައްދު ޖެހުން ހިމެނޭގޮތަށް ކޯޕްރަލް ޕަނިޝްމަންޓް ދިނުން ހުއްޓާލަން. އަދި، 2019 ވަނަ އަހަރު އދ.ގެ ސަޤާފީ ހައްޤުތަކާ ބެހޭ ރެޕެޗުއާ ރާއްޖެއަށް ޒިޔާރަތްކުރުމަށް ދައުވަތު ދޭން ގޮވާލަން." ރައީސް އޮފީހުގެ މިނިސްޓަރ އަޙުމަދު ނަސީމް (ކެރަފާ ނަސީމް) ޓެގުކޮށް ޝަހީދު ބުނެފައިވެއެވެ.

މީގެކުރިންވެސް، އިސްލާމް ދީނުގެ ބައެއް އަސްލުތަކާއި އުސޫލުތަކަށް ފާޅުގައި ގޮން ޖަހާ ފާޑު ކިޔާފައިވާ ޝަހީދު މިހެން ބުނެފައިވާ އިރު, ހައްދު ޖެހުމަކީ އިސްލާމީ ޝަރީޢަތުގައި، ބައެއް ކުށްތަކަށް އަދަބެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމެކެވެ. އެގޮތުން، ޣައިރު މުހްސަނަކު ޒިނޭކުރުމުން ދީނުގައި ޙައްދު ޖެހުމަށް ކަނޑައަޅުއްވާފައިވެއެވެ.

އަނިޔާއާ ބެހޭ އދ.ގެ ކޮމިޓީގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޛު ނުކުރާނެކަމުގެ ޔަޤީންކަން ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙާމުދުރު

    ގަދަ ކަލޭ. ތިހިރީ ވާ މީހެއް.

  2. މަ

    ހީވަނީ މީނަ އަދި ފެމިލީ ގެވެސް ޖަހަންޖެހޭތީ ވެ ބުނި ބަހެއްހެން

  3. ފުތާބެ

    ކަލޭ ބަލިވީމަ ބޭސްވެސް ކުރާނެ ކަމެއްނެތް ބޭސްނުކުރިޔަކަސް ހަމަ ރަނގަޅުވެސް ވެދާނު ރަނގަޅު ނުންވަންޏާމަ މަރު ވެދާނު. ހަމަގައިމުވެސް މަރަކުން އެކަކަށްވެސް ސަލާމަތެއް ނުވާނު

  4. ހުސޭނުބޭ

    މި އިބިލީސްގެ ދުއްޕާން މިހާރު މާ ބޮޑުވަނީ! ކަލޭގެ ހައްދު އަމިއްލައަށް ބުރިކޮށްލީމާ ދެން ހައްދުޖަހާކަށް ނުޖެހޭނެ! އެކަން ކުރަންވީނު!

  5. ޔާމިން

    ސާބަހޭ ކޮބާއިލްޔާސް އިމްރާން

  6. ޔާމިން

    ސާބަހޭ ކޮބާއިލްޔާސް އިމްރާން ...

  7. ޖަޒީރާ

    ތިސަހީދަކީ މުރުތައްދުވެފައިވާ މީހެއް އޭނާ ހިފާ ހައްޔަރު ކުރުމަށް އިބޫ އަށް ގޮވާލަން.

  8. އާކާސް މުހައިމިނު ކުޅުދުއްފުށި

    އިބޫ ވެރިކަން އަތަށް ގޮވަނީ...
    އިބޫ ވެރިކަން އަތަށް ގޮވަނީ...
    އިބޫ ވެރިކަން އަތަށް ގޮވަނީ...
    އިބޫ ވެރިކަން އަތަށް ގޮވަނީ...
    އަދާލަތުން ކުޅިބަލަން.
    ދީންވެރި އިމުރާނަށް މަޤާމު ލިބުމުންހހުރީ ހަނު
    ސޭހު އިލިޔާސް ދެން އަތްޖަހާ.. ތީ އިނގޭތޯ ދެފުއްކެހެރިން ނަކީ...
    ވެރިކަމާ، މަޤާމާ ޖާހާ ހޯދައިގެން ވަޒީރުކަމާ ކަންނެލި ދޯނިފަހަރު ލިބުނު ކޮޔޮޅުން ދެން އަތް ޖައްސަވާ

    ޔާމީނޫ އަލުން މީތިން ގޮޅިޔަށްލާން އަރާ

  9. عبدالله

    ކޮބައިތޯ ކޯލިޝަން؟ ކޮބައިތޯ ލީޑަރުން؟ ކޮބައިތޯ އިސްލާމިކް މިނިސްޓްރީ؟ ކޮބައިތޯ އިދިކޮޅު ޕާޓީތައް؟

  10. ިިިއިބޫޗީ

    އިސްޅާމް ދީން ފޮހެވިއްްޖެ

  11. ޙުސެން

    ޝަހީދު ކަލޭ ކީކޭ ހިތައް އަރަނީ. ޚަލޭ ގަވާލިޔަސް އެކަން ނުހުއްޓުވޭނެ

  12. ކުރެނގި

    މުރުތައްދުވިއަސް ޝަހީދު ހިފާ ހައްޔަރު ކުރާކަށް މި ސަރުކާރު ނޫޅޭނެ. މަރަށް މަރު ހިފުމަށް މާތްﷲ ކަނޑައެޅުއްވި އަމުރަށް އިންކާރު ކުރުމުން މުރުތައްދެއް ނުވާނެބާ!

  13. ރިޒާ

    ޑރ ޝަހީދުގެ ފާސިޤުކަން އިތުރަށް ފާޅުވާެނެވެ. އދ އަދި ޖުމުލަކޮށް ހުޅަނގު ބޭނުމެއް ނުވޭ އިސްލާމީ ޝަރީޢަތް މުސްލިމުންގެ ދިރިއުޅުމުގައި ތަންފީޛުވާތީ ފެންނާކަށް، އެއީ އޭރުން އެމީހުންގެ ގިނަ ވިޔަފާރިތަކަކަށް ހުސްއެޅިދާނެތީއެވެ. މުސްލިމުން އެމީހުންގެ ގާތަށް ސަލާމަތްކޮށްދިނުމަށާއި، ކާއެތިކޮޅެއް ދިނުމަށާއި އަދި މިނޫންވެސް ބޭނުންތަކުގައި ދާކަށް ނުޖެހޭނެކަން އެނގެއެވެ. އެއީ، މިއަދު ދުނިޔޭގެ ލީޑަރޝިޕް އެބައެއްގެ އަތްދަށުގައިވާ ހުޅަނގުގެ ވެރިންނަށް އޮރިއަންޓަލިސްޓުންގެ ދިރާސާތަކާއި އެނޫންވެސް ބެލުންތަކުން ކަށަވަރުވެފައިވަނީ ހުޅަނގުގެ ތަހުޛީބާއި އަދި ރަށްވެހިކަމާއި ކުރިމަތިލެވޭ ފަދަ ހަމައެކަނި ތަހުޛީބަކީ އަދި ރަށްވެހިކަމަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ޤުރްއާންގައި ސާފުކޮށް ބަޔާންކުރައްވާފައިވާ ތަހްޒީބާއި ރަށްވެހިކަން ކަމެވެ. އަދި ސެކިއުލަރ ވެރިކަމަކުންނޫނީ ޢަދަލުވެރިކަން ނުފެންނާނެކަމަށް ބުނަނީ އިސްލާމުން އެދީނުގެ ދުސްތާރާއި ދުރުހެލިކުރުވުމަށެވެ. އެއީ އެދުސްތޫރަކީ ދިރިއުޅުމުން އިސްލާމްކަން ދެއްކުމުގެ ޤާބިލުކަންހުރި، ރެފިއުޖީންގެ މައްސަލަތަކާއި އިޤްތިޞާދީ މައްސަލަތަކާއި އިޖްތިމާއީ ސިއްޙީ މައްސަލަތައް ޙައްލުކުރުމުގެ ފުރިހަމަ ޤާބިލުކަން ހުރި ދުސްތޫރެކެވެ. ދިރިއުޅުމުގެ ނިޒާމެކެވެ. އެއްމިސާލަށް ޑރ ވިސްނާލާށެވެ. ރެފިއުޖީންގެ މައްސަލަ ސެކިއލާ ސީސްޓަމުގެ ތެރެއިން މިއަދާ ހަމައަށްވެސް ޙައްލު ވީހެއްޔެވެ. ފަޤީރުކަމާއި ހައިހޫނުކަން އިތުރުނޫނީ ކުރެވުނު ހެއްޔެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާ އެ ފަދަ އިޖްތިމާޢީ ހުރިހާ މައްސަލަތަކެއް ޙައްލުކޮށް މުޅިން ނައްތާލެއްވީ ދީނީ ވެރިކަމެއްގެ ތެރެއިންނެވެ. ސެކިއުލާ ވެރިކަމަކީ އިސްލާމީ އުންމތުގެ ހަލާކެވެ. ދިވެހިން ވިސްނަވާށެވެ. ޝަހީދުފާޑުގެ މޮޔައިން އިސްލާމް ދީނުގެ ޠަބީޢަތާއި ޙަޤީޤަތަށް ޖާހިލު އެތައް ޑރ ންނެއް ދިވެހި ފަސްގަޑުގައިވެސް އުޅޭނެއެވ.ެ

  14. ިއިބްރާހީމް

    ޝާހިދަކީ މިހާރު ހައްދު ފަހަނައަޅާފައިހުރި މީހެއް މިހާގެ ގައިގައި ހައްދު ޖަހަން ގޮވާލަން.

  15. ހެކި

    އެ ނުލަފާ ކާފަރު ކަލޭގެ ގެ ބޯކަނޑާލުމުގެ އިޒުނަދެއްވާ....

  16. އަޒީ

    މީނަމީ ދިވެއްސެކޭ ބުނާތީ ލަދުގަނޭ މީނަގެ އިސްލާމް ކަމާއިމެދު ސުވާލު އުފެދޭ މިވަރުގެ ކަންތައް ހިނގަމުންދާ އިރު ދާޚިލީ ވަޒީރަކީ ދީނީ ޢިލްމުވެރިޔަކަށްވެފާ ހަނު ހުންނެވުމަކީ ކަންބޮޑުވާކަމެއް

  17. ކުޅި

    ކަލޭ މަޑުންހުރެނަލަ..

  18. އެއްމެން

    ރާއްޖޭގާ ނުކުރާކަމެއް ހުއްޓާލަން ގޮވުމަކީ ތިޔަމީހާގެ ވިސްނުމާ ދޭތެރޭގާ ޝައްކު އުފެދުނު ކަމެއް. ތިޔައައްވުރެ މާރަނގަޅުވީސް ދިވެހީން ޒިނޭނުކުރަން، ވައްކަން ނުކުރަން، ރާނުބޯން، ކަޓަރު ނައަޅަން، މަގުނުފޭރުމަށް ނުވަތަ އެއްޖިންސުން ގުޅުން ނުހިންގުމަށް ގޮވިނަމަ!

  19. ޚާޗްޕުސް

    ކުރާނަމޭ ބުނެފަ ނުކުރުމާ ނުކުރާނަމޭ ބުނުމުގެ ތަފާތަކީ ކޮބަިތޯ

  20. ިއިހްސާން

    Allah ge hazrathun athuvedhaane koafaa akah biruvethivey!!