ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ވެރިއަކީ އޭނާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިގޮތަށް ވިދާޅުވީ، ރާއްޖެގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމުގެ ޔަގީންކަން ދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފޮރިން މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓް ޝެއާ ކުރައްވާ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް މި ސަރުކާރުން ނިންމެވި ނިންމެވުމާއި މެދު ހިތާމަ ކުރާ ކަމަށެވެ. އަދި ގިސާސް ހިފުމަކީ މީހުން މެރުމާއި، ވަޅިހެރުން ހުއްޓުވުމަށް އޮތް ހައްލުކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އަމާންކަން ގާއިމްކުރެވޭނީ ގަސްތުގައި މިހާރު މަރާ މީހުންނަށް މަރުގެ އަދަބު ދީގެން. މި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ވެރިއަކީ އަޅުގަނޑު" އުމަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުންވަނީ މަރުގެ ޙުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގަޮތުން، ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން އެކަން ކުރުމަށް ބޭނުންވާ ސެޓަޕްވެސް ރާވާފައިވެއެވެ.

ސުޕްރީމް ކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ ތިން މީހަކު ރާއްޖޭގައި މިހާރު ވެސް އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޚކކ

    އިރާދަކުރެއްވިއްޔާ އުމަރު މި ރާއްޖޭގައި ވެރިކަން ކުރާނެ

  2. عبدالله

    ޔާމީނުވެސް ވެރިކަމަށް އައީ އެހެން ބުނެގެންނެވެ.

  3. ރީމަ

    އަޅުގައަޅުގަނޑު ފުރަތަމަ ވެރިކަމަށްއާދެބަލަ .. ވޯޓެއްވެސް ލިބެނީއެއްނޫން ހެހެހެހެހެ

  4. ހަސަދު

    މަނިކުފާނުގެ ބާރު އޮތް އިރުވެސް އެކަން ނުކުރެވުނު. ދައްކަވަނީ ވާހަކަ. އަގައިން ފޮނި، ކަމުން ފިޑިންނަކީ ސިޔާސީ ބޭފުޅުންނެއްނޫން.

  5. ޫޢުމަރު

    ހުސް ހޮޅި ވާހަކަ.

  6. ޚާފަގެބޯވަ

    ޟަ މަ ހުވެެ މިިނަަ މޮޔަވެއްޖެކަން ކާކުތަ އޭނަޔަށް ވޯޓްދެނީ

  7. ހަސަން

    އުމަރަށް ވެރިކަން ދޭން ބަޔަކު ނޫޅެއެެއް ނޫންތޯ.

  8. ވެރިއާ

    އުމަރުގެ ހުރޭ ވެރިއެއްގެ ގޮތް ގަނޑު .. އެކަމު ވެރިކަން ކުރަން ދެކޭ ހުވަފެން ވާނީ ބިލާހަކައް ކައްނޭގެ ..

  9. عبدالله

    ޤިޞާޞް ހިފާނެގޮތެއް ޢުމަރަށް ނޭނގިގެން އުޅެނިކޮށް، އިންޖެކްޝަން ޖަހައިގެންތޯ، ބަޑިޖަހައިގެންތޯ، ދަންޖައްސައިގެންތޯ، ސުވާލުއުފައްދަމުން، ބަހަނާއަކަށް ފަހު ބަހަނާއެއް ދައްކަމުން ޢުމަރު ގެންދަނިކޮށް ވަގުތުފާއިތުވެއްޖެ، އެކަމެއް ނުކުރެވުނު، ގެނައި ތަކެއްޗާއި ހެދި ޢިމާރާތުގެ ވާހަކައެއް މިހާރު ނުދައްކާ

    • ިއިބްރާހީމް

      އިރާދަކުރެއްވިއްޔާ ޢުމަރު މި ޤައުމުގެ ވެރިއަކަށްވާނެ. އުންމީދު ކަނޑާނުލާތި.