ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވެރިކަންކުރާ އެމްޑީޕި އަށް ސޮއި ކުރަން ނިންމައިފި ކަމަށް އެމްޑީޕީގެ މީސް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމް ބުނުމުން ނިހާން ރުޅިގަދަވެ ތޮއްޔިބު އަކީ މޮޔައެއްގެ ގޮތުގައި ސިފަކޮށްފިއެވެ.

އާންމުގޮތެއްގައި ހަޤީޤަތާއި ހިލާފު ވާހަކަ ޓްވީޓްކުރާ ތޮއްޔިބު މިރޭ ކުރި ޓްވީޓެއްގައި ބުނީ ނިހާން އެމްޑީޕީ އަށް ސޮއި ކުރަން ނިންމައިފި ކަމަށާއި އެކަމާއި ގުޅިގެން އެމްޑީޕީ މެންބަރުންނަށް މަރުޙަބާ ކިޔާ ކަމަށެވެ.

ތޮއްޔިބަށް ރައްދުދެމުން ނިހާން ވިދާޅުވީ "މިއުޅޭ ތޮއްޔިބު ޝަހީމަކީ ދުނިޔެއިން މޮޔަވެފައި ހުރި މީހެއްކަން މިރޭ ޔަގީންވެއްޖެ. ކޮންމެވެސް ބަޔަކު މިކަލޭގެ ޑޮކްޓަރަށް ދައްކާ ބޭސް ކުރަން ވެއްޖެ." ކަމަށެވެ.

ނިހާންގެ ޓްވީޓަށް ރިޕްލައި ކުރި ގިނަ މީހުން ވެސް ވަނީ ނިހާންގެ ވާހަކަތަކަށް ތާއިދުކޮށް ތޮއްޔިބަކީ މޮޔައެއް ކަމަށް ބުނެފައެވެ. ވަރަށް ގިނައިން ދޮގު ވާހަކަދައްކާ ތޮއްޔިބު ދޮގު ހަދާވަރު ގިނަކަމުން އެމްޑީޕީގެ ބައެއް ސީނިއާ މެންބަރުން ވެސް ތޮއްޔިބަށް ބައެއް ފަހަރު ފާޑުވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިޚާބަށް ފަހު ކުރިން ރައީސް ޔާމިންގެ އަރިހުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން އެމްޑީޕީ އާއި އަދި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކާއި ގުޅޭތީ ކޯލިޝަންގެ އެކްޓިވިސްޓުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެފަދަ ބޭފުޅުންނަށް ސަރުކާރުން ވަޒީފާ ނުދިނުމަށް ވެސް އެކްޓިވިސްޓުން ގެންދަނީ ގޮވާލަމުންނެވެ. ނަމަވެސް ޔާމީންގެ ސަރުކާރުގައި އިސް މަގާމުތައް ފުރި ބައެއް ބޭފުޅުންނަށް ރައީސް ސޯލިހް ވަނީ އިސް މަގާމުތައް ދެއްވާފައެވެ.

ޔާމީންގެ ސަރުކާރުގައި އިސް މަގާމުތައް ފުރި ބޭފުޅުންގެ ތެރެއިން ރައީސް ސޯލިިހްގެ ސަރުކާރުން ވަޒީފާ ދެއްވި ބޭފުޅުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އަޙްމަދު ޚަލީލް، އަޙްމަދު ޙަސަންދީދީ، ޙުސައިން ޢާމިރު، ފާޠިމަތު މުޙައްމަދު ޞާލިޙް ހިމެނެއެވެ. ޙުސައިން ޢާމިރާއި ފާޠިމަތު މުޙައްމަދު ޞާލިޙް އަކީ ގިނަ ދުވަސްތަކެއް ވަންދެން ރައީސް އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ދެބޭފުޅުންނެވެ. އަދި ފާޠިމަތު މުޙައްމަދު ޞާލިޙަކީ ރައީސް ޞާލިހްގެ ކޮއްކޮއެވެ. މީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޒަހާ އަކީ ޔާމީންގެ ވެރިކަން ނިމެންދެން ސަރުކާރުގެ އެގްޒެކެޓިވް ކޯޑިނޭޓަރެކެވެ. ހައުސިން މިނިސްޓަރު ކަމަށް އައްޔަން ކުރި އާތިފާ ވެސް ވަނީ ޔާމީންގެ ވެރިކަމުގައި ކޯޑިނޭޓަރުކަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރުނމާ

    އެކަލޭގެ އެއީ ހަމަ މޮޔައެއް ނުވަތަ ދޮގު ހަދައިގެން މީހުންގެ މަސްކައިގެން އުޅޭ ފުރޭތައެއް!! އެކަލޭގެ ލަންކާގައި އޮވެގެން މީހުންގެ މަސްކަމުންދަނީ!! މީނާ އަތުޖައްސާލަ ދީ!! ލަންކާގައި ނެތްތަ މީނައަށް ނިކަން ރަގަނޅު ޝޮކެއް ދެވޭނެ މީހަކު!! މުޅި ޢުމުރަށް ޝޮކްގައި ބާއްވަންޖެހޭ!! މީސް މީހުނާއި ބެހޭގޮތުން ދޮގުހަދާ ޙަގީގަތާއި ޚިލާފު ވާހަކަ ދެއްކީމަ ވާގޮތް މީނާއަށް އެގެންޖެހޭ!! ލަންކާގައި ހުންނަ ދިވެހި ދެ ރެސްޓޯރަންޓްތެރޭ އެނބުރޭތަން ބައެއްފަހަރު ފެނޭ!! ކީޕް އައި އޮން ހިމް!!

  2. އައިޝާ

    އެކަމަކު ޖޭޕީއަށް ވ. އަވަހަށް ސޮއިކުރާނެ!! ޕަކާސް

  3. ދަތްދޫނި

    މޑޕ އަކީ ރައްޔިތުން ނަށް ބޭނުން ނިހިފޭ ތަކެތި އުކާލަން ޤާއިމް ކޮއްފައި ހުރި ކުނި ގޮނޑެއްނޫން.

  4. ނަގޫރޯޅި

    އެކަހަލަ ކުދިންގިނަވާނެ އެއީ ރޫހާނީ ލީޑަރު ބައި އަޅާކުދިން، ބޭރު ގައުމުތަކުން ހިމާޔަތް ލިބޭނެ. ކައިގެން ބޮއެގެން އަނބިދަރިން ފުއްޖައްސާފަ ނެރެފައެތިބީ އެގޮތުން ލިބޭ އެތިވަރު ގިނަވީމަ.

  5. ބޮޑު ވަގު

    ތިޔަ ވަނީ ހަމަ ތެދަކަށް ތިޔައީ ސިޔާސީ ރޮނގާލިން

  6. ގަރީބު

    މި ވެގެން އުޅޭ ގޮތެއް ބުނަން
    މަރުގެ ހުކުމުގެ ވާހަކަ ދައްކައިގެން ބޭޒާރު ވީމާ
    މަތި އަޅަން ވެގެން ދައްކާވާހަކަ
    މީހުން އުޅޭ ގޮތައް އުޅެބަލަ ތައްޔިބު ނިކަން މާލެ އައިސް ތި ހަދާ ދޮގުތައް ހަދަންނުކެރެނީ ކީއްވެ؟
    ކޮންމެހެން ހަރައްވަދެ ފިލާ އޮވެ ގާ އުކާ ނެ ކަމެއް ނެތް ފިނޑި ތައްޔިބު

  7. މާމިގިލީ އައްޔަ

    ބުރުމާގެ ޕާޓީއަށް ހުރިހާ ޕީޕީއެމްގެ މެމްބަރުން އެވައްދަނީ.. ބުރުމާ ވެރިކަން ހޯދާން ވެގެން.. ބުރުމާ އެ ހުރީ ވެރިކަމާ ހެދި މޮޔަވެފަ.. ދެއަތައް ހެއްލޭ މޮޔަ ބުރުމާ... ލައުރާ... ލައުރާ..