ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގަޑިއަށް ޖަލްސާއަށް ހާޒިރުނުވާ މެންބަރުންނަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ފޮނުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ މަޖިލިސް ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް މެންބަރުން ހާޒިރުވެވަޑައިނުގަތުމުން ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ނުލިބި ޖަލްސާ ފަށާ ގަޑި ފަސްކުރަންޖެހުމާ ގުޅިގެންނެނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ފަށަން ހަމަޖައްސާފައިވަނީ ގަޑިއަކީ ހެނދުނު 9:00 ޖަހާއިރު އެވެ. ނަމަވެސް މިއަދު ޖަލްސާ ފަށަން ހަމަޖެހިފައި އޮތް ވަގުތު ޖެހުނުއިރު ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ފަސްކުރުމަށްފަހު މިއަދުގެ ޖަލްސާ ފެށީ ހެނދުނު 9:30 ގައެވެ.

މިހާރު މަޖިލީހުގެ ޤަވައިދު އޮންނަ ގޮތުން މަޖިލީހަށް ހާޒިރުނުވި ނަމަވެސް، އަދި ގަޑި ޖެހުނު ނަމަވެސް މެންބަރުންނާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ. ބައެއް މެންބަރުން މަޖިލީހުގެ އިދާރާ އަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް ޖަލްސާ ކުރާ މާލަމަށް ވަޑައިނުގެން ތިއްބަވައެވެ.

އެހެން ވަޒީފާތަކާއި ހިލާފަށް މަޖިލިސް މެންބަރުންނަށް އާދަޔާއި ހިލާފު ބޮޑު މުސާރަައެއް ލިބިވަޑައިގަންނަވާއިރު ވެސް މެންބަރުން ޖަލްސާއަށް ހާޒިރުނުވާ މައްސަލަ އާއި ގިނައިން ޗުއްޓީ ނަގާ މައްސަލަ އަކީ ރައްޔިތުންގެ ގިނަ ދުވަސްވީ ޝަކުވާއެކެވެ. ނަމަވެސް މިޝަކުވާއަށް ހައްލެއް ހޯއްދަވައި ދެއްވޭނީ ވެސް މެންބަރުންނަށް ކަމަށްވެފައި އެއީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އޮންނަ ކަމަކަށް ވާތީ ރައްޔިތުން ބޭނުންވާ ބަދަލުތައް މިކަމަށް ގެނެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމިގިލީ އަލީ

    ގާސިމްއައް ވެރިކަން ލިބޭ މަސައިތްކަތް ހުއްޓާލާފަ ތޯ... ދެއަތައް އެބުރޭ ބުރުމާ... ގަޑި ޖެހޭނީވެސް ހަމަ ކަލޭގެ...

  2. ހުސޭނުބޭ

    އައްދެ! ތިއީކީ ދެން މާ ބޮޑުކަމެއްނޫން! ޖެހޭ ހިސާބުގައި ގަޑިއެއް ހުރިނަމަ ތަންކޖޮޅެއް މައްޗަށް ހިއްލާލާ1 އޭރުން ހަމަ ގައިމުވެސް ގަޑިއަކު ނުޖެހޭނެ!

  3. ސޯޕް ލައިޓް ބްރަދަރ

    މަޖިލީސްގެ ރައީސްކަން ލިބުނީމާވެސް ތިތަނުގަކުރާނެ މަސައްކަތެއް ނޭގިގެން ތިޔައުޅެނީ
    ތިޔައިންނަނީ ތެލައްވެއޓުނު ކުރަތްޕެއްހެން ދެފިޔަފުޅާކޮށްގެން މަކުނުސައްކެޔޮ ގަހައްއަރާ އިންނަހެން... ތީކީ ތިމާގެފެންވަރެއްނޫން..ހެހެހެހެ

  4. ރައްޔިތުން

    ރަނގަޅުކަމެއް.. ހާޒިރުނުވާ މެންބަރުންގެވެސް މުސާރަ ކަނޑަންވީ

  5. އަހުމަދު

    ބްރޯޑްކާސިންޓިންގ ކަމިޝަންގެ 7 މެންބަރުން ވެސް އޮފީހަށް ހާޒިރު ނުވެ ދަނީ މުސާރަ ނަގަމުން މިކަން ބަލާނީ ކޮންތަނަކުން ތޯ..... އެމީހުން ހާޒިރިގައި ސޮއިވެސް ނުކުރޭ.... އެންޓި ކަރަޕްޝަން ކޮމިޝަނާ އޮޑިޓް އޮފީހުން މިކަން ބައްލަވާ ދެއްވަވާ.... އާދޭސް މިކުރީ މިމީހުން ގެ މަހު މުސާރައަކީ 40 ހާސް ރުފިޔާ

  6. ނުރަބޯ

    ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލިހުގެ މެންބަރުންނަކީ ދިވެހި ޢާއްމު ރައްޔިތުންނާ ޚިލާފަށް މަތިން ފައިބާތިބި ބައެއްކަހަލައެވެ. އެމީހުން ގެ މުސާރަޔާ އެހެނިހެން ޢިނާޔަތް ތައް ވެސް ކަނޑައަޅާނީ އެމީހުނެވެ. އެވަރިހަމަ މެންބަރެއްގެ މުސާރަ އަކީ ދެލައްކަ ރުފިޔާއޭ ބުނެ އެގޮތައް ނިންމިޔަސް ދައުލަތުން ޖެހެނީ އެ މީހުން ކަނޑައެޅިވަރެއް ދޭށެވެ. އެ މީހުނަށް ބޭސްވެސް ކުރެވެނީ އާސިއާންގެ ގައުމަކުންނެވެ. އެއީކީ ގަޑިޔަށް ޙާޟިރުނުވިޔަސް ގަޑި ވެސް ޖެހޭ ބައެއްނޫނެވެ، އެހެންކަމުން އެންމެ ފުރަތަ އިޞްލާޙު ކުރަން ޖެހޭނީ މި މަޖްލިހެވެ.