ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަދި މަރު ނުވާކަމަށާއި އެމަނިކުފާނު ދުނިޔޭގައި ހުންނެވިކަމަށް އަދި އެއީ ވަރަށް ވިކެޑް (ވަރަށް ނުލަފާ) ބޭފުޅެއްކަމަށް ކިނިބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް، ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވުމަށް ރޭ މ.ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައީސް ޔާމީން މަރެއް ނުވޭ. ރައީސް ޔާމީން ދުނިޔޭގައި އެބަ ހުރި. ރައީސް ޔާމީން ސިޔާސީ ހަޔާތާ ދޭތެރޭ ވަރަށް ވިކެޑު (ވަރަށް ނުލަފާ) މީހެއް ރައީސް ޔާމީނަކީ." ރިޔާޒު ވިދާޅުވިއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ކުރައްވާފައިވާ ރިޔާޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނިކުންނައިރު އެއްގޮތަކަށްވެސް ރައީސް ޔާމީން މަތިން ހަނދާން ނައްތާލައިގެން ނުވާނެކަމަށާއި ފޯކަސް އެހެން ދިމާލަކަށް ބަދަލުކޮށްގެން ނުވާނެކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އެއްގޮތަކަށްވެސް ރައީސް ޔާމީން މަތިން ހަނދާން ނައްތާލައިގެން ނުވާނެ އިންތިޚާބަށް ނިކުންނައިރު، އެހެންވީމާ އެމަނިކުފާނު ސިޔާސީ ގޮތުން މި ޤައުމަށް ދިން އަނިޔާވެރިކަން. މުޅި މި މުޖުތަމަޢުގައި، މުޅި މި ސިސްޓަމް ފުނޑާލައިގެން ރައީސް ޔާމީން ކުރި ކަންކަން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެންގެ ފޯކަސް ބަދަލުވެގެން ނުވާނެ އެހެން ދިމާލަކަށް." އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޔާޒު އިތުރަށް ވިދާޅުވީ މިއީ އެންމެންގެ ޤައުމެއްކަމަށާއި އެޕާޓީން މަޖިލީހުގައި ކުރާ މަސައްކަތްތަކަކީ ވަރަށް މުޙިއްމު މަސައްކަތްތަކެއްކަމުގައެވެ.

"މި ޤައުމަކީ ވަކި ބައެއްގެ ތަނެއް ނޫން. ވަކި މީހެއްގެ ތަނެއް ނޫން. މި ޤައުމަކީ އަޅުގަނޑުމެން ރައްޔިތުންގެ ތަނެއް. އެހެންވީމާ ރައްޔިތުންގެ ޤައުމެއް ރައްޔިތުންނަށްޓަކައި އިންސާފުގެ މަގަށް ގެނައުމަށްޓަކައި މަޖިލީހުގައި މި ކުރާ މަސައްކަތްތަކަކީ ވަރަށް މުޙިއްމު މަސައްކަތްތަކެއް. ވަކީން ޚާއްޞަކޮށް މަޖިލީހުގެ ރައީސަކަށް އޮނަރަބަލް ޤާސިމް އިބްރާހީމް ހުންނަވާއިރު." ރިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން، މި ދައުރު ނިމުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މެންބަރުން ހިމެނޭ ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމުގައި ހައްދަވާނެކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"ﷲ އިރާދަފުޅުން މި ދައުރު ނިމުމުގެ ކުރިން ޖުމްހޫރީ ޕާޓީ އަކީ ޕާލަމެންޓްގައި އެންމެ ގިނަ މެމްބަރުން ގެންގުޅޭނެ ޕާޓީއަށްކަން ﷲ ގެ ރަހުމަތްފުޅުން ހަދާނަން." އޭނާ ވިދާޅުވިއެވެ.

މެންބަރުގެ ޝާހުގެ އިތުރުން، މަޖިލީހުގެ މެންބަރު ހުސައިން މަނިކު ދޮންމަނިކު ވެސް ރޭ ވަނީ ޖޭޕީ އަށް ސޮއި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. Anonymous

    ތީ ރިޔާޒު ތީ ނުބައި.ނުލަފާ ދައްޖާލެއް.

    • ޙައްގުބަސް

      ރިޔާޒަކީ ވަކި ސަހަލު މީހެއްނޫން!! މިރާއްޖޭގެ އެންމެ ވިކެޑް (ވަރަށް ނުލަފާ) ޙަރާމް ކޯރު މީހުންގެތެރޭ އެކެއް ރިޔާޒަކީ! މިއީ ރައްޔިތުން ދެކޭގޮތް! އަމިއްލަ އެދުން އަދި އަމިއްލަ އަންބޮނޑި ބޮޑުކުރަން އުޅޭ މީހެއް!! ތިމަރަފުށި ނުލަފާ ހީލަތްތެރިއެއް!! ތިމާ މީހާގެ ހުންނަ ނުލަފާކަމާއި މަކަރުވެރިކަން ދައްކަބަލަ!! ސިޔާސީގޮތުން މޮޅު ހޯދަން ދޮގުހެދުމުގެ ބޭނުމެއްނެތް!! ކޮންބައެއް ބަޣާވާތްކުރީ؟ ރައިސް ނަޝީދު ގަންޕޮއިންޓަށް ގެނައީ ކޮންބައެއް؟ ރައިސް ނަޝީދަކީވެސް ރަގަނޅު މީހެއްނޫން!! ގާސިމަކީވެސް ވަކި ރަގަނޅު މީހެއްނޫން!! ކަލޭމެން މިގައުމު އަޅުވެތިކޮށްފަވެސް އަމިއްލަ އެދުމެއް ޙާސިލްވާނަމަ އެކަމެއްކުރާނެ!! ރައިސް ޔާމީނުގެ ތަގާތަކީ އެއީ! އޭނާ ގައުމު އަޅުވެތި ވާކަހަލަ ކަމެއްނުކުރާނެ!! އެކަމަކު މައިތިރި ނުވެގެން ތެޅިބާލާ ސިޔާސީ ބޮޑެތި ބޯވަތައް ހަރުން ނެރެ ކަސްތަޅު އަޅުވާނެ! އެވެސް ގައުމުގެ ހެވާއި ލާބަޔަށްޓަކައި ކުރަން މަޖުބޫރުވާތީ ކުރާކަމެއް! ދެތިން ހަަތަރި ބޯވައަށްވުރެ ގައުމު މުހިންމުވާނެ ޔާމީނަށް!!!

      • ޤާސިމް

        މި ރިޔާޒު އާއި ނާޒިމް އުފެއްދި ވުޖޫދުގައި ނެތް ނޫމަޑި ކިޔާ ކުނފުންޏަކުން ސިފައިންނަށާއި ފުލހުންނަށް ދިން ފުލެޓްގެ 35 މިލިއަން ކާލައިގެން ސިފައިންާއި ފުލޖުންނަށް ދިން ފުލެޓް އަށް ނުވަދެވި ގޯއްޗަކަށް ފުލެޓަކަށް ކުރިމަތި ނުލެވި އެތަށް ރައްޔިތެއް އެބަތިބި...އެއީ އަނިޔާއާއި ބޭއިންސާފާ ކޮރަޕްޝަނެއް ނޫންތަ؟ ރިޔާޒް ނުހައްގުން ވަޒީފާއިން ވަކި ކުރި މީހުނަށް ދެއްކީ ރިޔާޒްގެ ހަންބޯ އިންސާފްވެރި މޫނުބާ؟ ކިތަށް މީހުންގެ އަނބިން ގާތަށް ރިޔާޒު ވަދެ ކިތައް ފިރިންގެ ޙައްޤު ނުގުޅައިގަަތީ ރޔާމިންގެ ނުލަފާކަންބާ؟

  2. Anonymous

    ބާގީ ރިޔާޒުތީ މަރާލަންފަ ހުރި ވަގެއް

  3. ގައު

    މިހާރު ގާފުރޮޅުން ނިމުނީ ޔާމީނަށް ފޯކަސްކުރައްވާ ،، ވެރިކަންބަދަލުވުމަކީ ޔާމީނު މަރުވުންކަމަށް ޤަބޫލުކުރީ ތިމަރަފުށީ ތިންމީހަކު މަމެންނަށްއެގޭ މަރުނުވާކަންވެސް އަދި ހަކަތަ ހުސްނުވާކަންވެސް..... .

  4. އަޙްމަދު

    މީހަކާ ދިމާލަށް ނުލަފާލޭ ބުނާއިރު، ކަލޭތީ މާ ރަގަޅު މީހެއްތައް، މިރާއްޖޭގައި އެންމެ ފުރަތަމަ ބަޤާވަތްކުރި މީހަކީ ކަލޭކަން ހަނދާނެތް ނުނެތޭ(.) ތީ ބޮޑު ބާޣީއެއް، ކަލޭއަށް މާފެއް ނުކުރާނިން ދުވަހަކުވެސް

  5. ޱސ

    ކަލޭ ތީ ނުލަފާ ސުންޕާ މީހެއް

  6. Anonymous

    ބާގީ ރިޔާޒް މިހާރަކު ނުކިޔާނެ. ގޮޅާބޯގެ ނަމެއް ވެސް ނީވޭ. ޑާޓީ ޕޮލިޓިކްސް

  7. ފާތުން

    ރިޝްވަތު ވަގު ރިޔާޒު

  8. ހުސޭނުބޭ

    އޭތް! ކަލޭ ޔާމީނުދެކެ ހިތާވަނީތަ؟

  9. ބިކަ

    ރިޔަޒް އަނގަ ނުގަޅާ މަޑުން ހުންނަންވީނު ކަލެޔަށްވުރެ ނުބައި ނުލަފާ ދައްޖާލަކު މިގައުމުގަ ނުހުންނާނެ ކަލޭ އަނގަ ދުވާ ނުބައިވަސް މުޅި ގައުމަށް ބަލާޔަކައް ވެއްޖެ މިހާރު .

  10. ފޯކައިދޫ

    ޖުމުހޫރީޕާޓީއަކައް ނުދޭނަން ހަނދާނައްތާލާ ގާސިމުރައީސްކަމައްހޮވީވެސް ކަލޭމެން ރައްޔިތުންނެއްނޫން މޮޔަނުވޭ ތިސްރުކާރަކުނެތް ޔާމިނުހިންގިވަރައްހިގޭނެ އެއްވެސްމީހަކު ތީނީލަމުގަހުރި ބާމުދާތަކެއްކަހަލަ ބައެއް

  11. ބިކަ

    ރިޔަޒް އަނގަ ނުގަޅާ މަޑުން ހުންނަންވީނު ކަލެޔަށްވުރެ ނުބައި ނުލަފާ ދައްޖާލަކު މިގައުމުގަ ނުހުންނާނެ ކަލޭ އަނގަގެޅީމަ ދުވާ ނުބައިވަސް މުޅި ގައުމަށް ބަލާޔަކައް ވެއްޖެ މިހާރު .

  12. މަރީ

    ރިޔާޒު ހީކުރަނީ ތިމާ މާރަގަޅު މީހެއްކަމަށްތަ.. އެމްޑީ ޕީގެ ވެރިކަން ޥައްޓާލި ގޮތައް އަބަދަކު ކަންތަކެއް ނުވާނެ.. ޔާމީން ގެ ނުބައިވާހަކަ ދައްކައިގެން މީހުންގެ ބޯކާނެ ކަމެއް ނެތް މުޅި ގަވްމް ހަލާކު ކުރީ ކަލެޔާ ނާޒިމް އާ

  13. ނިހާ

    ވަރަށް ހިތާވޭ ދޯ އެހެންވެ ތަ އަޅައިގަނެގެން ނެއްޓެެއް ނޭގިގެން ތިއުޅެނީ

  14. ފުނަދޫ މީހާ

    ގާސިމުކައިރީގަބުނޭ ރިސޯތުތަކުގެ ތިބި ސުޓާފުންގެ ސައުވިސްޗާޖުބަންޑުއަޅައިގެން އަދިމުސާރަދެނީކީވެސްނޫނޭ އަބަދުވެ ތިން ހަތަރުމަހުމުސާރަނުދީ އެނިކަމެތިންގެ މުސާރަކޮޅު ދީފަ ތިސަކަރާތް ޖަހަން ތެޅޭށޭ ވަރައްސަލާމް

  15. ނުފޫޒު

    ރިޔާޒު ތީ ވަކިކޮންކަހަލަ މީހެއް ބާ؟

  16. ޢައިބާ

    ތިކަހަލަ 6 އެއްކަ ބާޢީން ޖަލަށް ލުމުން ވިކެޑްވީދޯ ،

  17. ސަލާމް

    ބަގީ ރިޔާޒް އަކީ ވަރަށް ނުލަފާ ޖައްބާރެއް. ކަލޭ މިހާރު ތިހިރީ ވެރިކަމުގައި. އަދިވެސް ކަލޭ ޔާމީނޭ ކިޔުން ހުއްޓާލާކަށް ނުވޭތަ؟ކަލޭ ޖަލަށް ލީ ދިވެހިރާއްޖޭގެ ރައްޔިތުން ފަސްއަހަރުގެ ޓާރމަކަށް ހޮވާފަ އޮތް ވެރިކަން ހިންގުމުގެ ފުރުޞަތުނުދީ ވެރިކަމުގެ ފުރަތަމަ އަހރުއްސުރެން ވެރިަކން ވިޔަނުދީ މަގުމަތީން ވެރިކަން ވައްޓާލުމަށް އުޅެގެން. ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާ ހުރިހާ ނުބައެއް ފަތުރާ ޓެރަރިސްޓަށްވެގެން. އައްނީގެ ވެރިކަން ބަޢާވާތަކުން ވެއްޓިގޮތަށް ކަލޭހީކުރީ ކަލެއަށް ޔާމީންގެ ވެރިކަން އެގޮތަށް ވެއޓޭނެކަމެއްތަ؟ކަލެއަށް މިހާރު ޔާމީނާ ނުކުޅެވޭނެކަން އެނގޭނެ. ތިވެރިކަމަށްވެސް ކަލޭގެ ބަލާބޮޑުވާނެ. ކަލޭ ނޫންތަ އަފްރާޝީމް މެރީ ޔާމީނޭވެސް ބުނީ. ވަގުތުޖެހުނީމަ އެވާހަކަވެސް ދައްކާނަމޭ ބުނީ . ކަލެއަށްވުރެ ޖައްބާރެއް މިދިވެހިރާއްޖެއަކު ނެތް.

  18. މަސްވެރިޔާ

    ޔޫއާރ ޓޫ ވިކެޑް ނުލަފާ ޖައްބާރު، ފުލުހުންގެ ތެރޭގަ ހުރެގެން މިނުލަފާ ކަލޭގެ ރައްޔިތުންނަށް ކުރި އަނިޔާ އާއި އަލްމަރުހޫމް ޑރ. އަފުރާޝިމްގެ މަރުގެ ކަންތަކުގަ ޖައްބާރު ކަލޭގެ ހަދަމުންދާ ދޮގޯ. ރައީސް ޔާމިންގެ ފަހަތުގަ ލައްކަ ހެންހާ މީހުން އެބަތިބި. ޢެމީހުން ވޯޓް ނުދޭ ރައީސް އބ.މ.ސާލިހު އަކަށް. ބަލަހައްޓާއިގެން ހުރޭ . ރައީސް ނަޝީދުގެ ސަރުކާރު ެވެއްޓާމުމުގަ މިޖައްބާރުގެ ފުރިހަމަ ބައިވެރިވުން އޮތް.

  19. ހާމަ

    ޢަބްދުﷲ ރިޔާޟްއަށްވުރެ ނުބައިނުލަފާ މީހެއް މިޤައުމުގައި ހުންނާނެހެނެއް ހީނުވޭ. ފުލުހުންގެ ތެރޭގައި އުޅެމުން ފުލުހުންނަށް ބަނދެފައިވާ ލޯންޗްތަކުން ލޯންޗެއް ކަޓުވައިލި. ޕޮލިސް ސްޓޭޝަންތައް ހެދުމަށްލިބުނު ފައިސާ ކަޓުވައިލި. އަމިއްލައަށް ރޭންކްހަދައިގެން ރޭންކްޖަހައިގެންއުޅުނު. މިކަލޭގެ ނުބައިނުލަފާކަން އިންތިހާއަށްގޮސް އެތަށް ޝަކުވާއަކާއި މައްސަލައަކާއިހުރެ ފުލުހުންގެ ވަޒީފާއިން ވަކިކުރީ. ދެން ފެނުނީ އަންނިގެ ވެރިކަން ވައްޓައިލިދުވަހު އެތަނުގައި މަޤާމެއްލިބޭތޯ ގޮސް ތެޅިއެރުވިތަން. ރައީސް އޮފީހުން އަންނިގެ އިސްތިޢުފާ ސިޓީ ހިފައިގެން މަޖިލީހަށް ދިޔައީ މިކަލޭގެ ކޮން ހައިސިއްޔަތަކުންތޯ ޖަވާބުދީބަލަ. އޭގެ ފަހުން އަނެއްކާ ކޮރަޕްޝަނުގެ ތެރެއިން ފުލުހުންގެ ވަޒީފާއާއެކު ކޮމިޝަނަރކަން ހޯދީ. އަދި އަފްރާޝީމުގެ މަރުގެ މައްސަލާގައި ހުރިހާ ގަލެއް ފުރޮޅުމަށްފަހު، އޭގެ ޙަޤީޤަތް މިކަލޭގެވަނީ ފޮރުވާފައި. އަދި ބަދަލުގައި އެތަށް ފައިސާއެއް ލިބިފައިވޭ. އެކަން ދެން އެނގޭ މީހުންނަށް އުސޫލުން ބޭރުންވަނީ ޕްރޮމޯޝަންތަކެއް ދީފައި. މިހާރު ޤާސިމްއަށް ސަނާކިޔަމުން ޤާސިމް ކައިރީގައިހުރީ ޤާސިމް ދަވައިލާންވެގެން. މިވަރުގެ ނުބައިނުލަފާ މީހަކު ނުދެކެން.

  20. ބޮޑާބެ

    އޭ ކިބުރުވެރި ކަލޭގެއާ ރޔާމީން މަރަން ކަލޭބޭނުންވިޔަސް ރޔާމީންގެ މަރުއެއީ ކަލޭބާރުގަ އޮތްކަމެނޫން. ކަލޭމެން ރޔާމީންގެ ލެއަށް ފެންބޮވައިގެން އިންޑިޔާއަށް މިގައުމުވިއްކާލާ ލާދީނީ ބައިގަޑަށް ވެރިކަންހޯދަދިނީ. ރޔާމީން ކަލޭމެންނަކަށް އަނިޔާއެނުކުރޭ ކަލޭމެން ރޔާމީންއަށް އަނިޔާކުރީ. ގާސިމު ރައްޔިތުންނަ ކުރަމުންދިޔަ އަނިޔާ ނިމުމަކަށް ގެނެވޭތޯ ރޔާމީން މަސައްކަތްކުރީ. ދައުލަތަށް ދައްކަންޖެހޭ ފައިސާނުދައްކާ ކަލޭމެންކަހަލަ ޖާހިލު ބޮޑާ ކިބުރިވެރިންނަ ހަރަދުކުރަނީ. ގާސިމަށް ވެރިކަންހޯދަން ތިކުރާމަސައްކަތް ﷲނާކާމިޔާބު ކުރައްވާށި. ރޔާމީންގެ އަނިޔާވެރިކަމޭ ކިޔާ ރައްޔިތުން ހައްލަން ކަލޭމެންތިކުރާ ކަންތަ ބޮޑުތަނުން ފޭލުވާނެ ﷲއިރާދަކުރެއްވިއްޔާ. ފައިސާދީގެން ވޯޓުގަނެގެންތިތިބީ.

  21. މާމިގިލީ މީހާ

    ކަލޭ ތީ ކޮންކަހަލަ މީހެއް... ކަލޭގެ ނުބައި ވާހަކަ ނުދައްކާތި.. ކަލޭތީ ސިއްދީގެއް.... ދިވެހި ތާރީހުގައި ވެސް ގައުމު ދުއް އެއްމެ ނުލަފާ މީހަކީ ބުރުމާ ގާސިމް.. ގައުމު ހަލާކު ކުރާ މީހަކީ ވެސް އެއީ.ރައީސް ޔާމީނެއް ނޫން..

  22. ސިޔާމް

    އައްނީގެ ވެރިކަން ވައްޓާލުމަށް ސިޓީ ކިހިލިފަތުގައި ޖަހައިގެން ދިޔަ ނުބައި ކަލޭގެ.ކަލެއަށް ވުރެ ނުބައި ނުލަފާމީހެއްނެތް. އެނގިއްޖެތަ؟

  23. މާރިޔާ

    ޔާމިން އަކައްނުކުޅެވޭނެ މިގައުމުގެތަރައްގީ ސާބަހޭޔާމިން އިރާދަކުރެއްވިއްޔާއަދިއާދެވޭނެއިންޝާﷲ

  24. ހަސަދަ

    ރިޔާޒް ދެނެއް މިދާއިރާއަކަށް ނުހޮވާނަން ވަރަށް ކެރިގެނަ މިބުނަނީ ކުރިމަތި ނުލައްވާތި ރިޔާޒ އަކީ ވަރަށް ގޯސް ހަޑި މުޑު ދާރު މހެއް

  25. ބޮލި މުލައް

    ކާކުބާ ނުލަފައީ އަފުރާޝީމުގެ މަރާ ގުޅުންހުރި ހުރިހާ ލިޔުންތަކެއް ނައްތާލީ ކާކުގެ ސީޕީ ކަމުގަތޯ

  26. ނަޖްވާ

    ތި ރިޔާޒަކީ ވަކި ސަހަލު މީހެއްތަ؟ މީނަވެސް ހެޔޮ ނުވާނެ މަޖްލިސް މެމްބަރު ކަމާ މަތި ކުރާކަށް! އަމިއްލަ ވިޔާފާރީގެ މަސްލަހަތު މުޅިން ހިމާޔަތް ކުރާނީ! ކޮރަޕްޓް މީހެއް ކަމަށް ގިނަ ބަޔަކު ބުނާ މީހެއް މީ! މިހާރު ޤާސިމު ބޯ ކައިގެން އޭނަ ހައްދައިގެން މި އެންމެންވެގެން އުޅެނީ، ތި ކާނަލް ނާޒިމާ މީސް މީހުން ވެގެން!

  27. ޢަލީ އަޙުމަދު

    ރިޔާޒަށްވުރެ ނުބައި ޖައްބާރު މީހެއް ކޮބާ؟ މުޅި ދިރިއުޅުން ވަރުނީސްކޮށްފައި ވަނީ ވަގު ފައިސާއާއި ރިޝްވަތަށް. ރަނގަޅު މީހެއް ނަމަ ޕޮލިޝްކޮމިޝަނަރު ކަމުން ރިޓަޔަރ ކޮށްފަ އެ ލާރިގަނޑު ކަމުން މާ ސިޔާސަވެގެނނެއް ނޫޅުނީސް. ނިކަން އާދަމް ޒާހިރުމެން ޓޫޓޫ ޒާހިރުމެން ނަމޫނާއަކަށް ބާލާބަލަ! ރައީސް ޔާމީނާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތި ތެޅެނީ ކީކޭ ހިތައިގެންތަ؟ ޔާމީންގެ ގޮތް އެނގޭ މީހުންނަށް އެއީ ހަމަ ބެސްޓް. އައި ރެސްޕެކްޓް ޔާމީން ބަޓް އައި ހޭޓް ބާޣީ ރިޔާޒް

  28. އެދުވަހުން

    ކިތަންމެވަރަކަށް ބެވިޔަސް ނުލަފައޭގޮވިޔަސް އަބުރުކަތިލިޔަސް ރައީސް ޔާމީން މިގައުމައް އެމަނިކުފާނުގެ ފަސްއަހަރުގެ ދައުރުގަ ގެނެސްދެއްވި ތަރައްގީ އާއި ކުރިއެރުން މިގައުމުން ފުހެލާ ފަސްއަޅާ ފޮރުވޭނެހަމަ އެއްގޮތެއްވެސް ނުއޮންނާނެ އަދި މިހިންގާ ފަސްއަހަރު ދިހައަހަރައް ގުނިގެންދިޔަޔަސް ކަލޯމެންނަކައް އޭގެ މަދުމިންވަރެއްމެނުވީހާސިލްކޮށެއްނުދެވޭނެ. މިައަދުތިތިބީ ހަލާލުގޮތުގަ ހޯދިވެރިކަމެއްގަ ކަމުގަ ހަދަންއުޅުނަސް ތީހަމަ ވޯޓުންވައްކަންކޮށް ވވަގުވޯޓުން ހޯދިވެރިކަމެއް. މިއަދުއޮޅުވާލިޔަސް މާދަމާ އޮޅުވާނުލެވޭނެކަން ހަނދާންެނެތި މޮޅުވާހަކަދެއްކިދާނެ. ހަމަޔަގީނުންވެސް ސަލާމަތްނުވެވޭނެ އެއްކަމަކުންވެސް ނުރެކެވޭނެ ދުވަސް ގާތްވަމުންއެބައާދޭ. އޭގެފުރިހަމަމިސާލު ފެނިގެންދިޔަތާ 24 ގަޑިއިރުއަދިނުވޭ. މަކަރުވެރިހީލަތްތެރިން ހަދާމަކަރާއި ހީލަތް ބައްލަވާވޮޑިގެންވާފަރާތުން ހިތައްވެސް ނުގެނެވޭގޮތްތައް މެދުވެރިކުރައްވާ ދާދިމަދު ސިކުންތުކޮޅެއްގެތެރޭ ހުރިހާކަމެއް ބަދަލުވެގެންދޭ. އަދިއެހާލަތައްބަދަލުވާނީ ހަމައަމިއްލައަތްފައިން މަގުކޮށިގެން. އެހިސާބުން އަމިއްލައަށްވެސް ބުނެވޭނެ ޕޮހ މިވީކހިނެހޭ؟؟؟؟

  29. އޮޅުވާލިވޯޓް

    ދޮގުހެދުމާއި ފިތުނަ އުފެއްދުމަށް ދެވަނައެއް ނެތްކަމުގެ ލާމަސީލު މިސާލެއް ނެތް މީހެއްތީ

  30. ސްކޯރޕިއަން

    ރިޔާޒޫ ތިއުޅުއްވަނީ ހާދައައްޗިކޮށް! މަނިކުފާނު ޕޮލިސް ކަމިޝަނަކަށް އުޅުއްވިއިރު ފޮރުވައިގެން އުޅުނުކަންތައް ސިއްރުކުރިހާ ޖަރީމާތައް ކިޔައިދިނުން ރަގަޅު! މޮޔަނުގޮވާ

  31. ނަޝީދު

    ރިޔާޒު މިކޮމެންތްތައް ކިޔާނެކަމަށް އުއްމީދު ކުރަން.

  32. ޜާއްޖެ އިސްލާމް

    އެހެން ޕާރޓީތަކުން މީހުން ގަނެގެން ކޯރޓްގެ ހުކުމްތަށް ގަނެގެން ޕާރޓީ ވަރުގަދަ ކަމަށް ދެއްކުމަކުން ޕާރޓީ ވަރުގަދައެއް ނުވާނެ. ވަރުހުރިއްޔާ އިންތިހާބުގައި ބައިވެރިވެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮއްބަލަ. ތިމާގެ އަމިއްލަ ގޮނޑި ދިފާޢު ކުރެވޭތޯ ބަލާ

  33. ބަސީރު

    ކަލެއަށްވުރެ ރަނގަޅު.

  34. ކައްދާދި

    ކޮންމެ މީހަކުވެސް ބަހެއްބުނުމުގެ ކުރިން ވިސްނާލަމާ، އެބުނެވުނު ބަހަކަށް އެމީހަކު ޖަވާބުދާރީ ވާންޖެހޭނެކަން !

  35. ސައްޕޭ

    މަށަށް ނުލަފާއި އަދި ނުބާވަނީ ރައްޔިތުންގެ މަޖިލީހުގައި ތިބި މެމްބަރުން، މެމްބަރުންގެ ހަރާމްކޯރު ކަމުން ޤައުމަށް މިމުސީބާތާ ކުރިމަތިލާންޖެހުނީ!

  36. މަރީ

    މީހުންނަށް ނުބަާ ނުލަފާ ނުކިޔާ އަމިއްލަ މީހާ އިސްލާހު ވެބަލަ

  37. ފަޤީރު ކަލޯ!

    ރިޔާޒަށް ތިހުރީ އޮޅިފައެވެ. ނޫނީ ޙަޤީޤަތް ހާމަކުރަން ނުކެރިފައެވެ. ތިބުނާ ވައްތަރުގެ ނުބައި މީހަކީ އަންނިއެވެ. އަންނި ބުނެގެން ކަލޭމެންގެ 8 މީހަކު ހައްޔަރު ކުރުމުގެ ސިލްސިލާއެއް ޔާމީނު ފެއްޓެވީ އަދީބު ލައްވައެވެ. އެކަން ފުރިހަމަ ނުވީ އަދީބު ގޮނޑިއަށް ދަހިވެތި ވީމައެވެ. މިހާރު އެސިލްސިލާ ފުރިހަމަ ކުރަން އެ އުޅެނީ ދެވައްތަރެއްގެ ކޮމިޝަނެއް ހަދައިގެން އޭގެތެރެއިންނެވެ. ވެރިކަމުގެ ބާރު އެއޮތީ އަންނި އަތުގައެވެ. އެމްޑީޕީ އެތައްޔާރުވަނީ އޭނާ ވެރިކަމުން ވައްޓައިލި ކަމަށް ބުނާ މީހުން ހައްޔަރު ކުރުމަށެވެ.