މޯލްޑިވްސް ޕޮލިސް ސަރވިސްގެ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުން ތަޙުޤީޤު ކުރަމުންދާ މާރާމާރީގެ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / އުޑުވިލާ، އިޤުބާލް ރިޔާޟް (22އ) އާއި ލ. މާމެންދޫ / ހުދުފަސް، އަޙްމަދު އިނާޒު (27އ) ކަމަށެވެ.

ހޯދަމުންދާ ދެމީހުންނާއި ގުޅުންހުރި މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ. ނަމަވެސް ފުލުހުންގެ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރަކީ މަރުގެ މައްސަލަތަކާއި ބޮޑެތި މައްސަލަތައް ތަޙްޤީޤު ކުރާ ސެންޓަރަކަށް ވާތީ މިދެމީހުން ވެސް ހޯދަމުން ދަނީ ބޮޑު މައްސަލައަކާއި ގުޅިގެންކަން ކަށަވަރު ކުރެވެއެވެ.

ފުލުހުން ވިދާޅުވީ މި ދެ މީހުންނާއިގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ ނަމްބަރު 9911099ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިސް

    ތިކަން ނުވާނެތައް އަނެއްކާ އަނިޔާވެރިކަމަކަށް؟؟؟؟

  2. ހިކިސޮރު

    ފުލުހުންގެ ގާބިލުކަން ނެތީތަ. ރައްޔިތުންގެ އެހީއަށް ކީކުރަންތަ ތި އެދެނީ... ކޮބާތަ ފުލުހުންގެ ގާބިލުކަން..ތަމުރީނުތައް ދިނުމުގެ ބޭނުމެއް ނެތެންނޮއް.. ރައްޔިތުންނަކައްނޮއް ތަމްރީނުތައް ދޭންވީ... ފުލުހުން ގޭގައި ނިދާން ބައިތިއްބާން ވީއެއްނޮއް ދޯ...

  3. ޖިންނި

    ތި 2 ބޭފުޅުންނަކީ ނަފްސާނީ ބަލިމަޑުކަމެއް އޮންނަ 2 ބޭފުޅުން

  4. ފިރާގު

    ތިކަން ކޮށްގެން ނުވާނެ. މިހާރު އެ ދެމީހުން ތިބޭނީ ބިރުން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި. އެހެން ވެއްޖިއްޔާ އެދެވެނީ އަނިޔާ. މިސަރުކާރުން އަނިޔާ ނުކުރާނެކަމަށް އެހެރަ ވަގު ސޯލިހު ކިޔާ އުޅުނު.