ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޛު ނުކުރާނެކަމުގެ ޔަޤީންކަން، ސަރުކާރުން ދިނުމާއެކު، އޮސްޓްރޭލިޔާ އިން ރާއްޖެއަށާއި ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރީސް ހަޗްެސަން އުފާ ފާޅު ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފަހުން ޑިލީޓް ކުރެއްވި ޓްވީޓެއް ރިޓްވީޓް ކުރައްވާ، ސަފީރު އިއްޔެ ވިދާޅުވެފައިވަނީ ސަރުކާރާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަޅުއްވާފައިވާ ފިޔަވަޅަށް މަރުޙަބާ ދަންނަވާކަމުގައެވެ. އަދި، އިތުރު ފިޔަވަޅެއް އަޅާ، ދުވަހަކުވެސް ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޛު ނުކުރެވޭ ގޮތް ހަދަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

ޔޫއެން ކޮމިޓީ އޮން ޓޯޗާ ނުވަތަ އަނިޔާއާ ބެހޭ އދ.ގެ ކޮމިޓީ އަށް ރާއްޖޭގެ ވަފުދެއް ހާޟިރުކުރުމުން، ރާއްޖެއިން ވިދާޅުވެފައިވަނީ ފާއިތުވި 65 އަހަރު އޮތް ފަދައިން، ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޛު ނުކޮށް އޮތް އޮތުން ދަމަހައްޓާނެކަމަށެވެ. ހަމައެހެންމެ، އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެ އިން ވަނީ، ދުނިޔޭގައި މަރުގެ ޙުކުމް ތަންފީޛު ކުރުން މަނާ ކުރާ ގަރާރަކަށް ވޯޓު ދެއްވާފައެވެ.

މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން، ރައީސް ސޯލިހަށާއި ކޯލިޝަންގެ ލީޑަރުން އަދި މުޅި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަރުގެ ޙުކުމް ތަންފީޛު ކުރެވޭ ވަރަށް ވަސީލަތްތައް ތަރައްޤީ ކޮށްފައިވެއެވެ. އެގޮަތުން ދަން ޖައްސައިގެންނާއި ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން މަރުގެ އަދަބު ދޭން ތައްޔާރުވެފައިވެއެވެ. ހަމައެހެންމެ، ތިން މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވެސްވެއެވެ. ހުޅަނގުގެ ގިނަ ޤައުމުތަކާއި ޖަމާއަތްތަކުން ދިޔައީ އޭރުވެސް މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިވެހިމީހާ

    ޔާ އައްޅާހު މިބައިމީހުން ހަލާކު ކުރައްވާފާނދޭވެ އާމީން

  2. ޖަހާންގީރު

    މި ކާފަރުން އުފާކުރުވަން މި ޤައުމުގެ މީހުން ކާފަރުންގެ ބަޔަކަށް ވެރިކަން ހޯދަދީގެން އެ އުޅެނީ

  3. އަހުމަދު

    އޮސްޓްރޭލިއަ އަކީ އަބަދުވެސް ދިވެހިންގެ ކަންކަމާއި ބެހި އުޅޭ ބަައެއް އެމީހުން ފުރަތަމަ ވެއްޖެ އިނގިރޭސި ރާނީގެ ކިބައިން މިންޖުވާން ... މިމީހުން މިފުމެނީ ކީއްވެގެންތަ އޮސްޓްރޭލިއާ ސަފީރު ރާއްޖެ އަންނަ ދުވަހަކުން މަގުމަތިން ދިމާކޮށްފަ މިވާހަކަ ވެއްޖެ ރަނގަޅަށް ދައްކަލަން

  4. Miadhu

    ރާއްޖެއަކީ އިސްލާމީ ޝަރީޢަތް ނުހިންގާނެކަމަށާއި ރާއްޖޭގައި އިސްލާމްދީން ނޫން ދީންތަކަށް އުޅުމުގެ ފުރުސަތު ސަރުކާރުން ދީފިނަމަ ކަލޯމެން މާބޮޑަށް އުފާކުރާނެދޯ މިސަރުކާރުން މިހާރު މިސްރާބު ހިފާފައި މިހުރިގޮތުންނަމަ އެކަމަކީ ނުވާމެކަމެއްވެސްނޫން އެއޮރުންވެސް އަދާލަތުން ހަމަ އަތްޖަހާނެ

  5. ހަސަން

    ސަރުކާރު އުފާވަނީ ޔަހޫދީން އުފާކޮށްދީގެން ކަމަށް ވާނަމަ އެއޮތީ ހަތަރެސްކަން ހަމަވެފައި. މަހިތުން އެދެންވީ ﷲ ގެ ރުއްސެވުމަށް

  6. ރައްޔިތުން

    އިސްލާމް ގައުމަކުން މަރުގެ ހުކުމް ތަންފީޒް ކުރަންޔާ މިމީހުން ހީވާނީ ފަޔަށް ހިނިއަރައިގެން އުޅޭހެން.. އެހެނިހެން ގައުމުތަކުގަވެސް އަދިވެސް މަރުގެ ހުކުމް ތަންފީޒް ކުރޭ.. އެވާހަކަ ނުދައްކާ..