ނެޕީ އިން ޓެކްސް ނުނަގާކަން ނޭނގޭ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބިކަން މިއަދުގެ ޖަލްސާ އިން ހާމަވެއްޖެއެވެ.

އެގޮތުން ޕެޑުން ނަގާ ޓެކްސް ހުއްޓާލުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކުޑަކުދިން ޖަހާ ނެޕީއަކީ ވެސް ޓެކްސް ނެގުން ހުއްޓާލަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި މި އިސްލާހުގެ ތެރެއިން މިކަން ނުކުރެވޭނަމަ ސަރުކާރުގެ ތެރެއިން މިކަން ހުށަހަޅައިގެން ވެސް ނެޕީ އިން ޓެކްސް ނެގުން ހުއްޓާލަންޖެހޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ނެޕީ އިން ޓެކްސް ނެގުން ހުއްޓާލަން ޖެހޭ. އެއީ ބޭސިކް ނެސެސިޓީއެއް،" ރޮޒެއިނާ ވިދާޅުވިއެވެ.

މީގެއިތުރުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވަނީ ނެޕީން ޓެކްސް ނެގުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާގައި ވާހަކަދައްކާފައެވެ.

މެމްބަރުން މިކަމަށް ގޮވާލާފައިވާއިރު ޓެކްސްގެ ގާނޫނުގައިވާ ގޮތުން ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ބޭނުން ކުރާ ނެޕީ އަކީ ސުން ޕަސަންޓް ޖީއެސްޓީގެ ކެޓަގަރީގައި ހިމެނޭ ތަކެއްޗެވެ.

ނެޕީގެ އިތުރުން ސުން ޕަސަންޓް ޖީއެސްޓީގެ ކެޓަގަރީގައި ހިމެނޭ ކުޑަކުދިންނަށް ދޭ ކިރުން ވެސް ޓެކްސް ނެގުން ހުއްޓާލަން މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އައިސްތު

    މެމްބަރުންނަށް ތިބެނީ ތަންދޮރު ނުފިލާ ބައެއްކަން ރައްޔިތުންނަށް މާ ކުރިންވެސް އެގޭ!!

  2. އަލީ

    މެމްބަރުން 0ބައެއް)ބަޓަން އަށް ފިތާލަނީ އެއްޗެއް ބަލާވިސްނާފައެއް ނޫން.އަދިވާހަކަދައްކަނީކީ އެގިގެނެއްވެސްނޫން

  3. ނެޕީ

    މިވަރުގެ ރުނ*ިން މަޖުލީހަށް ގޮސް ރައްޔިތުންގެ ޙައްޤޭ ކިޔައި ވަކާލާތު ކުރަން މި އުޅެނީ !! ރައްޔިތުންގެ މަޖްލީސް އުވަލައި އެފައިސާތަށް ބަޖެޓްގައިވާ އެހެންކަންކަން ކުރުމަށް ޚަރަދުކުރަން ވެއްޖެ މިހާރު !!!! މަޖްލިސް އުވާލާ .. މަލްޖިސް އުވާލާ.

  4. ސަރާ

    ތީ މަޖިލިިހަށް ކުފޫ ހަމަވާ ބައެއް ނޫންކަން އަބަދުވެސް ދަނީ ހާމަވަމުން. 5 10 12 އަހަރު މި ކުރަނީ ކީއްބާ

  5. ހަޑަސްބުރިން

    އެހެންވާނެނުން މި5އަހަރު މިދިޔައީ މަގުމަތީގަ ހަޅޭލަވަންތިއްބާ މަޖުލިހަކަށް ވަންނަނީކީނޫން މުސާރަނަގައިގެން ޒުންބާޖައްސަން މަގުތަކުތިބީ. ހުރިހާ އެއްޗަކުންވެސް ޑިޔުޓީ ކަޑާލާފަ އިންޑިޔާއަށް ގައުވިއްކާލާ. އޭރުން ރައްޔިތުންގެ ޖީބު ބޮޑުވެ ޖަޒީރާގަ ރައްޔިތުން އުޅެންފަށާނެ. ނެޕީ ޖަހާކަށް ނުޖެހޭނެ ހަޑަސްބުރި ހުންނާނެ އަނެއްކާ އަތިރިވެސްމިއޮތީ.

  6. ނޫސްވެރިޔާ

    ބުރޯ ޖީއެސްޓީ އެކަނިތަ ޓެކްސް އަކީ. އިންޕޯޓް ޑިއުޓީ އެ ކޯްއްޗެއް

  7. ހުސޭނުބޭ

    ނެޕީނުޖަހާ މެމްބަރުންނަކަށް ނޭގޭނެ ނެޕީން ޓެކްސްނުނަގާކަމެއް!

  8. ާAhmed

    ދެން އޮންނަ އިންތިޚާބެއްގަ ވެސް ތޫލިއަޑަކުން
    ވާހަކަދައްކާ މީހަކު ކުރިމަތިލައިފިނަމަ ވޯޓު ދޭތި. ނޫނީ ލާރިކޮޅެއް ދީފިނަމަ ވޯޓުދޭތި. ނޫނީ
    ޕާޓީއިން ދައްކާމީހަކު ނަމަ ވޯޓް ދޭތި. ނޫނީ މަޖްލިހުގަ އަންހެނުން ގިނަކުރަން ޖެހޭކަމަށް ބުނެ އަންހެނަކު ކުރިމަތިލައިފިނަމަ ވޯޓް ދޭތި.

    ވިސްނަވާ. އަންހެނަކަސް ފިރިހެނަކަސް، މޮޔައަކު އަތަށް ކަތިވަޅިއެއް ދޭކަށް ނުވާނެ.
    ނޭގޭ މީހަކަށް ކޮންމެފަދަ ގޯހެއްވެސް ހެދިދާނެ.

    އިސްލާމް ދީން އަންގަނީ އެކަމަކަށް ގާބިލް މީހުންނާ އެކަމެއް ޙަވާލުކުރަން.

    އިޚްލާސްތެރި ވާންޖެހެނީ ޕާރޓީއަކަށް، ފައިސާދޭ
    ފަރާތަކަށް، ޑިމޮކްރަސީ އަކަށް ނޫން.
    އިސްލާމް ދީނުގައި އޮތް މިންވަރަށް ޑިމޮކްރެޓިކް
    ޥުން އެއީ އެންމެ ހެޔޮގޮތް.

    އިޚްލާސްތެރި ވާންޖެހެނީ ﷲ އަށް. ނޫންނަމަ
    އެކަމުގެ ހިތިކަން އެމީހަކު ދެކޭނެ.

  9. ހެޑް

    މަނަމަވެސް ލަދުގަންނާނެ ތިވަރުވީމަ. އެކަމަކު މި މެންބަރުންގެ ކިބައިގައި ކުޑަނަމަވެސް ލަދުވެތިކަމެއް އޮތްނަމަ މާފަށްވެސް އެދޭނެ. އަޅެ މިވެސް އިންސާނުން ދޯ އެކަމަކު. ހިތަށް އެރިހާ އެއްޗެއް ގޮވަމުން އެ ދުވަނީ.

  10. ރައްޔިތުން

    ހެހެހެހެ... ބޭކާރު ބައެއް.. މިމީހުން ބާލާފަ ކޮންމެ ރަށެއްގެ ހޮޅުއަށިން މިކަންތައް ނިންމިއަސް މާ ރަނގަޅުވާނެ..

  11. އާއިލާ

    މިހާ ގަމާރުވާކަށް ނުވާނެ. ތިމާގެ މީހުންނާ ރައްޓެހިންވެސް ލަދުގަންނާނެ ތިވަރުވީމަ. ކެކެކެ

  12. ކިރުފިހާރަ

    ރޮޒޭކިރު މާލޭގައި ވިއްކީ 0 ޕަސެންޓް ޖީއެސްޓީ ގައި ތޯ؟ ހަނދުމަފުޅު އެބަހުރިތޯ އެދުވަސް؟

  13. ވާނުވާ

    ސާބަސް ރާއްޖެގަ ނަގާ ހަމައެކަނި ޓެކުސް އަކީ ޖީ.އެސް.ޓީ ކަމަށް ހީކުރީތަ. ނެޕީ އަކީ މިހާރުވެސް ކަސްޓަމްސް އިން %25 ޓެކްސް ނަގާ އެއްޗެއް. އެހެންވީމަ މެމްބަރުން އެ ވިދާޅުވީ ރަނގަޅަށް. ވާނުވާނޭގުނީ ތިޔަ ކުދިންނަށް.

  14. ނަޖްވާ

    ކީކޭ އަޅެފަހެ ބުނާނީ؟ މިވެރިން އަމިއްލަ އަށް ހަދާ ޤާނޫނުވެސް މިވެރިންނަކަށް ނޭނގޭ ވިއްޔަ އަޅެ!

  15. އަނާރު

    0 ޕަސެންޓުންވެސް ނަގާވާހަކައޮތީމަ ދޯ ރޮޒައިނާ

  16. ކާސިމް

    އިންސާނުން ވީމަ އެވަރު ކަމެއްވެސް ވެދާނެ ލަވް.

  17. ބޮންދު

    ކޮށްކޯ %25 އިން ޑިއުޓީ މިހާރުވެސް ބޭބީ ޑައިޕާރސް އިން ނަގާ

  18. ޖޮންގޯ

    0% ޖީއެސްޓީ ނެޕީ އެކަމަކު އިންޕޯޓް ޑިއުޓީ %25 އެވާހަކަ މެންބަރުން އެބުނަނީ! އިންޕޯޓް ޑިއުޓީ އަކީވެސް ޓެކުހެއް!

  19. ހާމަ

    ރޮޒޭނާ ކިރު ވެސް ރާއްޖެގެނެސްގެން ވިއްކީ %0 ޓެކްސްގަ. އެކަން އިއްޒަތްތެރި މެންބަރުންނަށް ނޭނގުނީ އިއްޒަތްތެރި މެންބަރުން ދަޢުލަތުން ރައްޔިތުންގެ ފައިސާ ކައިގެން މަޖިލީހަށް ނުގޮސް ރައްޔިތުންގެ އަޑު އެހުމެއްނެތި އަމިއްލަ އެދުމަށް މަގުތައްމަތީގައި ފެލިއަރުވަން އުޅުމުގެ ސަބަބުން.