ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ(ޖޭޕީ) ގެ މެންބަރުންގެ އަދަދު ހަމަހަމަ ވެއްޖެއެވެ.

އެގޮތުން އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުންގެ އަދަދު ވެސް މިހާރު ވަނީ 19 އަށް އަރާފައެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދު މަދުވެފައިވަނީ މި ސަރުކާރުގެ އެކި މަގާމުތަކަށް އައުމަށް އެ ޕާޓީގެ ހަ މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް އެ ހަ ގޮނޑި އަށް މެމްބަރުން އިންތިހާބު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މަޖިލީހުގައި 79 މެމްބަރުން ތިއްބަވާއިރު އިދިކޮޅު ޕީޕީއެމްގައި ތިއްބެވީ 29 މެމްބަރުންނެވެ. އެމްޑީއޭގައި ހަތަރު މެމްބަރުން ތިއްބެވިއިރު އަދާލަތު ޕާޓީ ތަމްސީލުކުރައްވަނީ އެންމެ މެމްބަރަކެވެ.

ޖޭޕީން އެމްޑީއާ އަރާ ހަމަކުރިއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ޕާޓީ އަށް އިތުރު މެމްބަރުންތަކެއް ގުޅެން އުޅޭކަމުގެ އަޑުތަކެއް ވެސް ދަނީ ފެތުރެމުންނެވެ. އެގޮތުން ޕީޕީއެމްގައި މީގެކުރިން ތިއްބެވި ގިނަ އަދަދެއްގެ މެމްބަރުންތަކެއް ދާދިފަހުން ވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ.

އެ މެމްބަރުންނަކީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް އާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހަންމަދު ހުސައިންނާއި، މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު އާއި ތ. ގުރައިދޫ ދާއިރާގެ ހުސެއިން މަނިކު ދޮންމަނިކުގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލިވްއިން

    މާލެ-ހުޅުމާލެ ބަސް އަވަށު ތެރެއަށް ދާގޮތަށް ޓްރާންސްޕޯރޓް މިނިސްޓަރު ހަމަޖެއްސުން އެއީ މަމެން އުފާ ކުރާ ކަމެކޭ އެމްޑީޕީގެ އެއްޗެހި ތައް އެންމެ ބޮޑަށް ދިމާކުރީ ޖޭޕީގެ ނަހުލާ އަށް މިނިސްޓަރު ކަން ދިނުމުން އެ ކަނބުލޮ އާއި އޭ އެކަމަކު މަމެން ދެކޭ ގޮތުގައި ތިޔާ މައުމޫނު އައްޔަން ކުރި ސްޓޭޓަސް އެއްގެ ބޭނުމުގައި ޑޮކްޓަރު ކަން ނަގައިގެން ހަޔަރ އެޑިއުކޭޝަނާްއި ހަވާލުވި ކަލޭގެ ދެފައި ދަމަ ދަމައިގެން އޮތީ ނިދާފައިތޭ ނަހުލާގެ ޕާރފޯމެންސް އެއީ އެއްވަނައޭ މިނިސްޓަރު ނަހުލާ މަމެން އުއްމީދު ކުރަނީ ޓްރާންސްޕޯރޓް އޮތޯރިޓީން މާލޭގައި ނެތް ގަރާޖްސް ތަކުގެ ސިޓީ އެމެން 60 ހާސް ރުފިޔާގެ ކަޓެއް ޖައްސައިގެން އެކަން ކުރާތީވެ އެކަން ވެސް އުވާލާނެ ކަމަށޭ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން...

  2. ލިވްއިން

    މާލެ-ހުޅުމާލެ ބަސް އަވަށު ތެރެއަށް ދާ ގޮތަށް ޓްރާންސްޕޯރޓް މިނިސްޓަރު ހައްދަވާ ދެއްވި ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ބަލާއިރު ތަމެންގެ ވެރިކަމުގައި އެމްޑީޕީ މިނިސްޓަރުން ތަމްސީލް ކުރާ މިނިސްޓަރުން ތިބެނީ ސްޓޭޓަސް އެއްގެ ބޭނުމުގައި މިނިސްޓަރު ކަމުގެ ގޮނޑިއަށް ވެރިވެގެންނޭ އެމެންނަށް ވާ ކަމެއް ނެތޭ އެއާއި ޚިލާފަށް ޖޭޕީގެ މިނިސްޓަރުން މަސައްކަތެއް އެބަކުރޭ އެމެންގެ މިނިސްޓްރީ ރަނގަޅު ކުރެވޭތޯ ނަހުލާ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ދިސް އިޒް ދަ ވޯލްޑް ވީލިވް އިން...

  3. ދަވޭ

    ޓޫރިޒަމްގެ ބޭނުމަށް ބިޑް ނުކޮށް ރަށްތައް ދިނުން ސަރުކާރުން މަޑުޖައްސައިލައިފި ނަމަ އެއީ ރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމެކެވެ. ކުއްލިއަކަށް އިގްތިސާދީ އެފަދަ ކަންކަން ގާނޫނެއް ނެތި ނިންމުމަކީ އެއީ ހީވެސް ނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ރާއްޖޭގެ އިގްތިސާދަށް ވެދާނެ ކަމެކެވެ. ބިޑް ކޮށްގެން ރަށްތައް ލިބުނު މީހުންނަށް ރަށްތައް ހެދޭތޯ ޅ. އަތޮޅު ހުދުފުށި ބިޑްކޮށްގެން ދިނީ 20 އަހަރުވީ އަދިވެސް ނެހެދޭ ކޮބާތޭވިފައިދާއަކީ ބިޑް ކޮށްގެން ރަށް ތައް ދޭނަމަ ރިސްކް ފެކްޓަރ ވަރަށް ބޮޑުވާނެއޭ ސަބަބަކީ ފަައިސާ އަތުގައި ނެތް މީހުންނަށް ރިސޯރޓްސް ހަދަން ރަށްތައް ލިބި ރިސޯރޓްސް ތައް ނެހެދުން އެއީ ޖެނެރަލް ޕްރެކްޓިސް އަކަށްވެ ރާއްޖޭގެ ޖުޑިޝަލް ސިސްޓަމް ގައި ކޮރަޕްޓް ފަނޑިޔާރުން ގިނަ ކަމުން އަދި ކޮރަޕްޓް ލޯޔަރުން ގިނަ ކަމުން އެފަދަ ރަށް ތައް އަނބުރާ އަތުލުން ވެސް އެއީ މުސްތަހީލް ކަމަކަށްވާނެ ތީއޭ..

  4. ދިސްވޭއޭ

    ބިޑް ކޮށްގެން ދޫކުރި 60 ރަށް ތަކުގެ ތެރޭން އަދި ވެސް ނެތޭ 5 ރަށް ހެދިފައި ދެން ބިޑް ކޮށްގެން ޓެނިސް ބޯޅަ ވައްޓައިގެން ހޮވުނު މީހުންނަށް ދޫކުރި ރަށް ތަކުގެ މާސްޓަރ ޕްލޭން ކުރަހާލަން ބޭނުންވާ ބައި މިިލިއަން ޑޮލަރުވެސް އެމެން އަތުގައި ނެތޭ ދެން އެފަދަ މީހުންނަށް ބިޑް ކޮށްގެން ރިސޯރޓްސް ތައް ހަދަން ރާއްޖޭގެ ރަށް ތައް ދޫކުރުމުން އެމެން ކުރާ ކަމަކީ އެ ރަށުން ވެލި ނަގައިގެން ގާއެޅުމާއި އެރަށުން ރުއްތައް އުފުރައިގެން ވިއްކުމާއި މިފަދަ ކަންކަން އެމެން ކުރަނީ ރިސޯރޓް ތަރައްގީ ނުކުރެވޭ މިހާރުވެސް ތާ އަތޮޅު އެލާ ގާސިމް އިބްރާހިމް ނަގާފައިވާ ތާ 10 އަހަރުވީ އެއްކަމެއްވެސް ނެތޭ އެރަށުގައި ކޮށްފައި އެކަން ކަން އެބަޖެހޭ އިސްލާހުވާން ތަމެން ރައީސް ޔާމީނަށް ޖެއްސުމަށް ބިޑް ނުކޮށް ރަށްތައް ދޫކުރުން މަޑު ޖައްސާލުމުން އެއިން ރާއްޖޭގެ އިގްތިސާދަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ވާނެއޭ ފުރަތަމަ ވެސް ޑޮލަރުގެ އަގުބޮޑުވާނެއޭ ބްލެކް މާރކެޓް ގައި ޑޮލަރުގެ އަގު މިހާރު ވެސް އުފުލެން ފަށައިފިއޭ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ނިންމަން ޖެހޭ ކަމެއް ޓޫރިޒަމް މިނިސްޓްރީން ކުއްލި އަކަށް ނިންމަން ޖެހޭ ގޮތަކީ ކޮބައިތޭ އެއީ މަމެންނަށް ކުރެވޭ ސުވާލަކީ މިއިން އެެގިގެންދާ އެއްޗަކީ ތިޔާ އިކޮނޮމިކް ކައުންސިލް އަކީ ވެސް ތާކުން ތާކު ޖެހޭ ކައުންސިލެއް ނޫން ކަން...

  5. ފެނޭދޯ

    ޓޫރިޒަމްގެ ބޭނުމަށް ބިޑް ނުކޮށް ރަށްތައް ދިނުން ސަރުކާރުން މަޑުޖައްސައިލައިފި ނަމަ ސުވާލަކީ މިހާތަނަށް ޓޫރިޒަމް މިނިސްޓްރީން ބިޑް ކޮށްގެން ދޫކުރި ރަށް ތައް ހެދުނުތޭ ނޫން ނުހެދޭ ދޯ މިއިން އެގިގެން ދާ އެއްޗަކީ ރާއްޖޭގައި ރިސޯރޓްސް ތައް ހަދަން ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ބިޑް ޑޮކިއުމެންޓް އަކީ އެއީ އެއްވެސް ހާލެއްގައި ބިޑިންގް ގައިޑް ލައިނެއް އޮވެގެން ކުރާ ކަމެއް ނޫން ކަމެއް ކަމަށް ބިޑް ކޮށްގެން ދޫކުރާ ރަށް ތަކުގެ މައްސަލަ ނިމޭނީ ކޯޓް ތަކުން ނަތީޖާ އަކީ ރަށް ލިބޭ މީހާ އަށް ރަށް ހެދޭނީ ކޯޓް ގައި މައްސަލަ ޖެއްސި މީހާ ޖެއްސި މައްސަލައިގައި ކޯޓްގެ ތިން މަރުހަލާ ނިމުމުން ކަމަށް މީ މިރާއްޖޭގެ ޖުޑިޝަލް ސިސްޓަމް އޮންނަ ގޮތުން 5 އަހަރު ދުވަސް ވެސް ނަގާނެ ކަމެކޭ މީ ވަރަށް ނޮން ޕްރެކްޓިކަލް ކަމެއް ބިޑް ކޮށްގެން ރާއްޖޭގައި ތަރައްގީ ކުރަން ބޭނުންވާ ރިސޯރޓްސް ތައް ހެދުން ހަންކެޑެ ހެދުނުތޭ ނެހެދޭ ދޯ މިފެންނަނީ ލާމަސީލު ނަމޫނާ ތަކޭ ޅ. ހުދުފުށި ހެދުނުތޭ ނޫން ނެހެދޭ ދޯ މިފެންނަނީ ނަމޫނާ ތަކޭ..

  6. ދުރުމި

    ސާބަހޭ ގާސިމް ކުރުދޮށީގަ އެމްޑީޕީ އަށްވުރެ ގިނަކުރަން ވާނެ.