ގދ.ވާދޫއިން ވިހެއުމަށްފަހު އެއްލާލި ތުއްތު ކުއްޖާ މިވަގުތު އޮތީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ، ވާދޫއިން އެއްލާލި ތުއްތު ކުއްޖާ މިހާރު އޮތީ ޖެންޑާގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތީ މިވަގުތު. އެއީ މިވަގުތު ކުއްޖާއަށް އޮތް އެންމެ ރައްކާތެރި ގޮތަށް ވާތީވެ". އިބްރާހިމް ވިދާޅުވިއެވެ.

މިހާރުވެސް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެ ކުއްޖާއަށް ފަރުވާދެމުން އަންނައިރު، އެ ކުއްޖާ އާއިލާ އާ ހަވާލުކުރާނީތޯ ނުވަތަ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބަހައްޓާނީތޯ ބެލުމުގެ ކަންކަން ދަނީ ކުރިއަށެެވެ.

ވާދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ވިހެއި އެ އަންހެން ކުއްޖާ ވިހެއުމަށްފަހު ބާއްވާފައި އޮތީ ބާލިދީއެއްގެ ތެރެއަށެވެ. ފުލުހުން ވިދާޅުވީ، އެ އަންހެން މީހާ ވިހާފައި ވަނީ ނަހަލާލަށް ބަލިވެ އިނދެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒީލަގަދަސދތ

    ސިދާތާ ކަލޭ އެކުއްޖާފުޅު ރަގަޅަށް ބަލާތި! މީހުން ބުނާތީ އިވޭ އިބްތިހާލް ވެސް މިދުނިޔެ ދޫކުރީ ކަލޭގެ ފަރުވާ ކުޑަ ކަމުންނޭ..!!

    • ޑޮލަރުބެ

      ތިކަން ރަގަޅަށް ކުރަން ބޭނުންނަމަ އޭނަގެ ބެލުމުގެދަށުން ތިކުއްޖާފުޅު އަވަހަށް ސަލާމަތް ކުރޭ.

  2. ަީައީސަ

    ޝިދާތާ ޖެންޑަ މިނިސްޓަރީ ގައި ހުއްޓާ އިބްތިހާލްގެ މައްސަލަވެސް ހުށަހެޅީ،އަދިވެސް ބަލަނީ މިނިސްޓަރ ކަން ލިބޭތޯ،ކޮންކަމެއް ޝިދާތާ އަށް ކުރެވުނީ ،،،،މިހާރުން މިހާރަށް ޝިދާތާ އިސްތިއުފާ ދޭން،،މިނިސްޓަރީ އި އެިރު ހުރީ ޝިދާތާ،،،،މިހާރުވެސް އަނެއްކާ ހަމަ އޭނަ ،ެކުދިންގެ ހައްޤުކޮބާ؟