އިންޑިއާގެ ގަނެޝް ނަގަރްގައި ނަށެމުގެ މުބާރާތެއްގައި ބައިވެރިވި 12 އަހަރުގެ އަންހެން ކުއްޖަކު ސްޓޭޖް މަތީގައި ނަށަމުން ދަނިކޮށް މަރުވެއްޖެއެވެ.

އަނީޝާ ޝަރްމާ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ މަރުވެފައި ވަނީ އިއްޔެ ރޭގެ ވަގުތެއްގައި ކުރިއަށްދިޔަ ނެށުމުގެ ހަރަކާތުގެ ތެރެއިންނެވެ.

މަންޒަރުދުށް ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ސްޓޭޖް މަތީގައި ޝަރްމާ ނަށަމުން ގޮސް ބިންމަތީ އިށީންދުނު ތަނުން އޭނާ ވެއްޓުނީއެވެ. އަދި އޭގެ ފަހުން އޭނާ ތެދުވެފައެއް ނުވެއެވެ. އެެއްވެސް މީހަކަށް ޝަރްމާއަށް ވީގޮތެއް ނޭގުނެވެ. އަދި އެ ހަރަކާތް ބަލަން ތިބި މީހުން ވަގުތުން އޭނާ އެތަނުން ނަގައިގެން ކައިރި ހޮސްޕިޓަލަކަށް ގެންދިޔައެވެ.

އެހެން ނަމަވެސް އެ ހޮސްޕިޓަލަށް ގެނައުމުގެ ކުރިން އޭނާ މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން ކުއްޖާއަކީ އޮޑިޝަނުން ހޮވިގެން އެރޭ ނަށަން އެރި ކުއްޖެކެވެ. އެ ކުއްޖާ މަރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒީކް

    އޭގަ އޮންނާނީ މާތް ﷲ ގެ ކުޅަދުން ވަންތަކަން?