މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހުރަސްއެޅި ސިފައިންނާއި ފުލުހުން އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކުރަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހަޅުވައިފިއެވެ.

އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 153 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ކަންކަމުގެތެރެއިން އެންމެ ބޮޑު އިސްކަމެއްދޭނީ މުޅި މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަކަށް ޖުމްލަގޮތުގައި އުނިކަން އަންނަ ކަންކަމަށްވުމާއި، އެފަދައިން މަޖިލިގެ އިމްތިޔާޒަށް އުނިކަން އަންނަ ކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައްކާތެރިކަމާއި، މަޖިލީހުގެ ގަދަރާއި މަޖިލީހުގެ ޖަލްސާތަކުގެ ސައްހަކަން ހިމެނޭކަމަށެވެ.

އަދި ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދޭނީ މަޖިލީހުގެ މެމްބަރެއްގެ ދާއިރާއެއް ތަމްސީލުކުރުމުގައި މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރާ ވާޖިބާ ގުޅޭގޮތުން މެމްބަރެއްގެ އަބުރަށް ނުވަތަ ހައްގަށް އުނިކަން އަންނަ ކަންކަމާ ގުޅިގެން ކަމަށްވާއިރު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލައިގެ ވޯޓު ނަގަންޖެހޭ ދުވަސްކަމުގައިވާ 24 ޖުލައި 2017 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވުމުން، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށްދިޔަ ހިނދު ހިނގާދިޔަ ހާދިސާއަކީ މުޅި މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަށް އުނިކަން އައި ކަމެއް ކަމަށެވެ.

އެ ދުވަހުގެ ހާދިސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް ވަނުމަށް ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ސިފައިންނާއި ފުލުހުން ހުރަސްއަޅައި، އެ މެމްބަރުންގެ ގަޔަށް އައްލައި ގަދަކަމުން އެ މެމްބަރުން ހިފަހަށްޓަން މަސައްކަތްކޮށްފައިވުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުންގެ ގަޔަށް ފިރިހެން އެސްއޯ ފުލުހުން އަތްލައި، އަދި މެމްބަރުންގެ ލޮލަށް އެސްއޯ ފުލުހުން ގިނަ އަދަދަކަށް ޕެޕަރސްޕްރޭ ޖަހާފައިވުމާއި، މިގޮތުން ޕެޕަރސްޕްރޭ ރައްދުވި މެމްބަރުންގެ ތެރޭގައި މަޖިލީހުގެ އަންހެން މެމްބަރުން ވެސް ހިމެނޭ ކަމަށް އިންތި ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަދެގަނެ، މެމްބަރުންގެ ގަޔަށް ގަދަކަމުން އަތްލައި އަނިޔާވެރިވެފައިވުމާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރުގެ އޮފީސް ކޮޓަރިކޮޅުގެ ދޮރު ގަދަކަމުން ހުޅުވައި އެތަނުގެ ތެރެއަށް އެސްއޯ ފުލުހުންނާއި ސިފައިން ވަދެގަނެފައިވުމާއި އަދި މެމްބަރުންގެ ގަޔަށް ގަދަކަމުން އަތްލައި ދަމާ ކޫތާފައި މަޖިލީހުން ބޭރަށްލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހަށް ވަނުމާއި ނުކުތުމަކީ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކުމެ ހުއްދަވެގެންވާ ކަމަކަށްވުމާއި، އަދި އެގޮތުގެ މަތިން އަބަދުވެސް އަމަލުކުރެވެމުން ގޮސްފައިވުމާއި، ސިފައިންނާއި ފުލުހުންނަށް އެކަން މަނާކުރެވޭނޭ ގާނޫނީ އެއްވެސް ހަމައެއް ނެތުމާއި، އަދި ބުނެވިދިއަ ދުވަހު ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނުވަދެވޭނޭކަމަށް އެއްވެސް މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުން ވެސް އަންގާފައި ނުވުމާއި، އަދި އެގޮތަށް އެންގިދާނޭ އެއްވެސް ހަމައެއް އުސޫލެއްވެސް ނެތް ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަލާމަތާ ރައްކާތެރިކަން ދިނުމަށް ލާޒިމުކޮށްފައިވާއިރު ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ސަލާމަތީ ޚިދުމަތްތަކުން އަމަލުކޮށްފައިވާ އިމްތިޔާޒުގެ މި މައްސަލަތައް އިންތި ހުށަހެޅީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 153 ވަނަ މާއްދާގެ ދަށުންނެވެ.

އިންތި ހުށަހެޅި މައްސަލައިގައި ވަނީ އެ އަމަލުތައް ހިންގުމުގެ ޒިންމާ ނަގަންޖެހޭ، ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތައް އިމްތިޔާޒާ ބެހޭ ކޮމެޓީއަށް ހާޒިރުކުރުމަށް ވެސް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޭއިސްމާ

    ވަރައް ކަމުދާ ކަމެއް

  2. ނަމަނަމަ

    ތިކުޅެވެނީ އަލިފާނާ ވަރަށް ވާހަކަ މިދަންނަވާލީ

  3. ދިއްގިރި

    ކަލޭ ޑިފެންސް މިނިސްޓްރީ ވަޒީފާގަ އިރެއްގަ އުޅެވުނީތީ ސިފައިންނާ ވިދެނީތާ ބބ ޑު ނުކުރައްޗޭ ތޅ ލާނަން
    އަންނި ކުރިކަންތައް ކުށަށްނުވާނީ؟

  4. ޖުހާ

    ތިޔަކޮމިޓިއަށް މައްސަލަހުށަހެޅުމުންވާކަމެއްއޮވޭތަ؟

  5. ރަޝީދު

    ސިފައިންނާއި ފުލުހުން ހާޒިރުކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން އެހެނެއްނޫން އެ ދެ މުއައްސަސާ އާއި ހަވާލުވެ ތިބި އެއިރުގެ މިނިސްތަރުން ހަޒިރުކޮށް ސުވާލު ކުރުން އެއްމެ ރަނގަޅު އެ ދެބައި މީހުންނަކީ ވެރިންގެ އޯޑަރަށް މަސައްކަތް ކުރާ ދެ މުއައްސަސާ

  6. ވާނުވާ

    ސިފައިންނާއި ފުލުހުންނޭ މި ބައިގަނޑަށް މިޖިލިސް ގޮނޑިތަށް ލިބިއްޖެއްޔާ ކަލޭމެން ރޮލުންކާނެ.. އެބުނާ 6 ކުޅި ކުޅުއްވާ އިގޭތޯ... މަޖިލީހަށް މީގެން މީހަކަށް ވޯޓް ނުލިބޭނެ ގޮތެއް އޮތިއްޔާ ހަދާތި މިހާރުން މިހާރަށް... ފެމިލީ މީހުން ވެސް އަނބުރާލާ... އަދި ހިމޭނުން ތިތިބީ މަޖިލީސް ވޯޓް އޮތީމަ... މިހާރުވެސް ބައެއް ދުރު ވިސްނޭ ސަރުކާރުގެ ޕާޓީތަކުން އިންތި މައިތިރިވުމަށް އެބަ ޕުރެޝަރުކުރޭ... ކަން ނިމުނީމަޔޯ ހޭ އަރުވަން ފަށާނީ... މީ މެންބަރަކު މިޔަދު ކޮފީގަ ދެއްކި ވާހަކައެއް... ވ ވާހަކަމިއީ

  7. މޮރެސްބީ

    ބޭރުރާގަށް ދިވެހިބަހުން ވާހަކަދައްކާ މީހާއަށް ބުނެލަންއޮތީ ފާޑުފާޑަށް ރާއްޖޭގެ ސަލާމަތީ ބާރުތަކާ ނުބެހެއްޗޭ ކަލޭމެންގެ ސަރުކާރެއް ކަމަކު.

  8. ކޮއްކޮ

    ކަންތަކާޖެހުނީތަ މިނުލަފާމީހަޔައްބާރުލިބުނީތަ ތީވަރައްނުލަފާމީހެއް ޖަހަނީވެސް ނުލަފާވައްތަރު

  9. އަބޯ

    ސިފައިންނާ ފުލުހުންގެ މައްސަލައެއްނެތް . އި9ލެކްސަން ކޮމިސަންގެ މައްސަލައެއްވެސް ނެތް .ސްޕްރީމްކޯޓުންނެރުނު އަމުރުގަ މައްސަލައެއް ނެތް . އަމުރާއެއްގޮތަށް އމަލުކުރުމުގަ ޕީޕީއެމުން އިލެކްސަނަށް މިވެނިތާރީހެއްގަ ވަކިކޮށްފީމޭ އެންގީމް އިލެކްސަނުންމަޖިލީހަށް އެންގުމުން އޭރު އޮތް އުސޫލުން މެމްބަރުކަމުން ވަކިވާނެ. އެ އުސޫލުނގެތެރޭނެ މަމްބަރކަށް ނުވާމީހަކު ސިކިއުރިޓީން މަޖިލީހަށް ވަނަދީގެންނުވާނެ. އޭގެ ފަހުން މަޖިލީހުގެ މެމްބަރަކު ކަމަށް ކަނޑައެޅީ ސަރުއީ މަރުހަލާ އިން . ވުމާ އެކު ފުލުނުންނާ ސިފައިންގެ މައްސަލަ ބެލުމަކީ ބޭ އިންސާފު އެމްޑީޕީ ގެ ދިދަ އިން ތިލަފަތް ރަމްޒު ކޮށްދެނީ އޮޅުވާލުމާ ބޭއިންސާފު ކަން މިކަމުންވެސް އެގިގެން ނުދޭތަ ؟

  10. ޙައްގުބަސް

    ރަގަނޅު ކުށެއްކޮށްފިއްޔާ އަދަބު ލިބެންޖެހޭނެ! ތަފާތުކުރުމެއްނެތި! ރައިސް ނަޝީދު ، ރައިސް މައުމޫނު، ގާސިމް އިބްރާހިމް ، ނާޒިމް ، ކާނަލް ނާޒިމް، ރައްޔިތުންގެ މަޖްލިސްގެ މެމްބަރުން އަދިވެސް ބައެއް މިކަހަލަ މީހުން ކުށް ކުރީމާ އަދަބު ލިބެން ނުޖެހޭތަ؟ މިމީހުންތަކަށް ހިތުހުރިހާ ގޮތަކަށް އުޅެވޭނެ ދޯ؟ ފަޓާސް ބަރިއެއްހެން އެދަނީ ދޮވެ ސާފުކޮށް ހުދުކާފޫރަށް ހަދަމުން! ކުރިން އޯކޭއި! ވެރިކަން ބަދަލުވީމަ އެކަންކުރި މީހުން (ފަނޑިޔާރުގެތަކަށް) މިވީ ކިހިނެތް؟ ދެން މަޖްލިސްގެ ހިޔާވަހިކަމުގެ ދަށަށްވަދެ ތިބެ ތިހިންގާހާ ބޮޑެތި ޖަރީމާތައްވެސް ބަލަންވާނެ!! ކަލޭމެންތީ މިގައުމު މިހާހިސާބަށް ގެންދިއުމުގެ ބޮޑު ހިއްސާއެއް އަދާކުރި ކޮރަޕްޓް ވިޔާނުދާ ހަޑިމުޑުދާރު އަދި ބަސްމަގު ހުތުރުކޮށް ގެންގުޅޭ ކުށުގެ އެތައް ޢަމަލެއް ހިންގުމުގެ ރިކޯޑް ގެންގުޅޭ ބައެއް! މަޖްލިސްތެތޭ ތިބެގެން އަވަގުރާނަވެސް ގޮވަނީ! ގާނޫނު އަސާސީގެ މައްޗައް ކޮޅަށްވެސް އަރަނީ! މިހިރަ ކަންތައްތަކާމެދު ކަލޭ ފުރަތަމަ ވިސްނަބަލަ!! އަދިވެސް ހޫރާލަން ޖެހިއްޖިއްޔާ ފުޅައްމަތިން ހޫރާލާނަން!!

  11. ސްކޯރޕިއަން

    ޢިއްޒައްތެރި ވަކަރުގޭ ދަރިން މަޖްލީހަށް ވެއްދުނީމާ ވީގޮތް ތިއީ! ޢަމުނު ބަލަހއްޓާން ތިބޭމީހުން އެމީހުންގެ ޒިއްމާ އަދާކުރަނީ ޤާނޫނީ ތަރަހައިގެ ތެރެއިން، މުދަލައް ގެއްލުންދީ ބިރުދައްކާ ހެދުމަކީ ކުށެއް! މީހުން ގަޔަށް ބޮލައް އަރައި ލަފުގަ ހިފުން ކުށެއް! ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުގައި ހުންނަ ތަންތަނަށް އާއްމުންވަދެ މަސައްކަތަށް ހުރަސް އެޅުމަކީ ކުށެއް! މަޖްލީހުގެ މެމްބަރުންގެ ނަން ދުވަހެއްގައި ލިބި ވަކަރުގޭ ދަރިންނަށްވެގެން އުޅުނީމާ ބޭރުކުރީ

  12. އަބޯ

    މިކަލޭގެ މީ ދައްތަ ފެންވަރަން ހުއްޓާ ގިފިލި ބަލަނި ކޮށް ފުލުހުން އަތުލި މީހާ އެއްނޫންތަ ؟

  13. ޖަޒީރާ ފަލި

    މަޖިލީހުގައި ކެނޑިނޭޅި އަގުބޮޑު ތަކެއްޗަށް ގެއްލުންދީ ހަލާކުކުރި މައްސަލަ ތައްވެސް ބަލަން ޖެހޭނެ. ރައްޔިތުންގެ ފައިސާ.