މި ޒަމާނުގައި ޖާސޫސް ކުރަނީ މޭމަތީ ބެޖެއް ޖަހައިގެނެން ނޫން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑީއާއިން ރާއްޖޭގައި ޖާސޫސް ކުރާކަމަށް ބުނާ ވާހަކައަށް ރައްދުދީ އިންޑިއާއިން ދިން ހެލިކޮޕްޓަރާއި، އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެނީ ޖާސޫސް ކުރަން ކަމަށް ދައްކަމުން ދާ ވާހަކައާއި ގުޅިގެން، ޑިފެންސް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " މި ޒަމާނުގައި މީހުން ޖާސޫސް ކުރާނީ މިލިޓަރީ މީހުން އައިސް ރަށެއްގައި ތިބެ މޭމަތީގައި "މީ ޖާސޫސް" ޖަހާފައި އޮންނަ ބެޖެއް ޖަހައިގެނެއް ނޫން ކަމަށެވެ.

އިންޑިއާއިން ރާއްޖޭގައި އަސްކަރީ ބޭހެއް ހަދަން އުޅޭ ކަމުގެ އަޑުތަކާއި، އަދި ޗައިނާއިން ރާއްޖޭގައި އަސްކަރީ ބޭހެއް ހަދަން އުޅޭކަމަށް ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ.

ނަމަވެސް މި ވާހަކަތަކަށް ރައްދު ދެއްވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ އިންޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ރާއްޖޭގެ ސަރުކާރުން އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދަން ހުއްދަ ދިނުމުގެ އެއްބަސްވުމެއް ގާއިމު ކުރާ ކަމަށް މީޑިއާތަކުން ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށެވެ.

އަދި މީގެ އިތުރުން ރާއްޖޭގައި އަސްކަރީ މަރުކަޒެއް އެޅުމަށް ދުވަހަކު ވެސް ޗައިނާ އިން މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި ދުވަހަކު ވެސް ޗައިނާ އިން ދިވެހި ސަރުކާރުގައި އެފަދަ ކަމަކަށް ޑިމާޑް ކޮށްފައި ނުވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މަހަށްދޭދޭ

    މާރިޔާ މެންނަށް މާރިޔާ މިނިސްޓްރީގެ މޭންޑޭޓް ގައި ހިމެނޭ ކަންކަން ނުކުރެވެއޭ އެއީ ޔަގީން ކަމެކޭ ކޮބާތޭ ތަމެންނަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރާއްޖޭން ފޮނުވާލަން ކުރެވުނު މަސައްކަތަކީ ނެތް ދޯ އެއް ކަމެއް ވެސް ކުރެވިފައި ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަަހަށް ދޭބަލަ...

  2. މާރީމޭޑް2321

    ކޮންއިރުބާ ބެޖެއްޖަހައިގެން ޖާސޫސް ކުރީ މާރިޔާ މެޑަމް ކިޔޭނުކިޔޭނޭގި ބައިކޮޅަށްބާ ގޯލްޖަހަނީ

  3. ގައުމު

    ޗައިނާއިން ނޫޅެފާނެ.. އެކަމަކު ޔަގީނުން އިންޑިއާ އިން އުޅޭނެ މިލިޓަރީ ބޭހެއް ގާއިމުކުރަން..

  4. އިބްރާހިމް

    މިޒަމާނުގަ އެންމެގިނައިން ޖާސޫސްކުރަނީ މޭމަތީ ބެޖް ޖަހައިގެން އެހީތެރިންގެ ގޮތުގައިތިބޭ މީހުންކަން މާރިޔާ ދޮންތަ އަށް ނޭގެނީތޯ!؟

  5. މޫސާ

    ޖާސޫސް ކުރަނީ ކިހިނެއްކަން އެމް.ޑީ.ޕީގެ އެއްވެސް މީހަކަށް ނޭނގޭކަން ވަރަށް ރަނގަޅަށް އެބަހާމަވޭ!

  6. މޫސާ

    މާރިޔާ! ދުނިޔޭގެ ބޮޑެތި ޤަވްމު ތަކުގެ ނަން ޚަރާބުކުރަން ބޮޑެތި ދޮގުތައް ނުހަދާ!

  7. ޜިޒާ

    ބޭކާރު އަނގަ ނުގަޅާ އިންޑިޔާ ސިފައިން ރާއްޖޭން ބާލާށޭ!

  8. ސަޒާ

    ތިހުރިހާ ވާހަކައެއް ތިދައްކަނީ މަތިޖަހަންވެގެން. އެމް.ޑީ.ޕީ މީހުން އަހަރުމެން ދަންނަން

  9. ޢަލީ ހަމީދު

    ޟ މަންޖެ އަށް މިލިޓަރީ އާބެހޭ މުކޮސް ވެސް ނޭގޭއިރު ފާޑުފާޑު އަނގަ ނާރުވާ މަޑުން ހުރެވޭތީބަލާ

  10. ދިވެހިން

    ގާނޫނުއަސާސީގެ މަހުފޫމު އޮޅުވާލާ އިންޑިޔާސިފައިން ރާއްޖޭގައި ބޭތިއްބުމަށް ކުރާމަސައްކަތަކީ ޢައިރުގާނޫނީ ކަމެކެވެ.

  11. ސޯޕް ލައިޓް ބްރަދަރ

    ތިމާމީހާއަށް އުޑެއްބުޑެއް ދީނެއް ދުނިޔެއެއް މިއްލަތެއް މަޒުހަބެއް އަމައެއް ލަމައެއް
    ނޭނގިގެން ރިކާބިއެއްވަރަށް އަނގަފޭއަރުވާފަ ފެލިއެރުވިއަކަސް މާތާހިރެއްނޫނެވެ.!!

  12. ޖަމަލުބޭ

    މީ ކޯންޗެކޭ ވީދޭ އެއްޗެއްތަ؟ މިޒަމާނުގައި ޤައުމުތައް އަޅުވެތިކުރަނީ މިލިޓަރީ ސިފައިން ފޮނުވައިގެނެއްނޫން! އެކަން ކުރަނީ އަމިއްލަ އެދުމުން ފޯވެފައިތިބި ބައެއް ވެރިކަމަށް އިސްކޮށްގެން.

  13. ޢަލީ

    ތިއިން އެނގެނީ ކަމަނާއަށް ޖާސޫސުން ނޭނގޭކަމެވެ. ޖާސޫސުންނަކީ އެއީ ޖާސޫސުންކަން ނޭނގޭގޮތަށް ޖާސޫސުކުރާ ބައެކެވެ. އެމީހުންވެސް ރާއްޖެއައީ ކިހައި ރަނގަޅު މަގުސަދެއްގަ އެހެންވީމަ ކަމަނާއަށް ގަބޫލުކުރަން ދަތީ، އަސްލު އެއީ ޖާސޫސުން. ނޫންނަމަ އެއްބަސްވުމާ އެއްގޮތަށް ދިވެހިންނަށް ދަސްކޮށްދީފަ ދާންވީނު، ހައްތާވެސް މީހުން އިތުރުކުރެވޭތޯ ބަލަނީ އެއިން އެއްޗެކަށް ދިވެހި ސިފައިންގެ ބޭކަލަކަށް ނުވެސް އެރޭ. ބަލިމީހަކު ބަލައިދިޔައަސް އެމީހުން ނޫން މީހަކަށް އޭގަނުހުރެވޭ. ސިފައިން ތިބެންޖެހެނީ ފުރާތަނުގައާއި އަންނަތަނުގައި

  14. ޖަހާންގީރު

    ކަލޭ އިސްތިއުފާދީފަ ގޭގައޮވޭ ދިވެހި ސިފައިންނާއި ދިމާލަށް ފިނޑިއޭކިޔާ މީހާ

  15. ހިޔަނި

    ދިވެހިންނަކަށް ނޭގޭނެ ދުވަހަކުވެސް، ޖާސޫސް ކުރިޔަސް، އަސްކަރީ މަރުކަޒެ އެޅިޔަސް، ފައްޅިއެޅިޔަސް، ފަންޑިޔާރުގެތައް ތަޅުލިޔަސް، ރިޝްވަތު ދީގެން ބޭނުންގޮތަކަށް ކޯޓުތަކުގެ ހުކުމްތައް ނެރުނަސަ، އޯކޭ ވާނެ، މަތިއޮމާން ކޮއްލަން ޖެހޭނީ، އިންސާފޭ، ހެޔޮ ވެރިކަމޭ، ތަފާތެއް ނުކުރާނަމޭ ބުނެލަން ޖެހޭނީ، ދީނަށް ފުރައްސާރަކޮށްފިއްޔާ ނަފްސާނީ، ރީނދޫ ކުއްޖަކު ޕޮލިހަށް ގެންގޮސްފިއްޔާ ވަގުތުން ދޫކޮއްލާ، ސިޔާސީ މީހަކަށް ޖަލު ހުކުމެއް އިއްވައިފިއްޔާ އިންސާފުވެރި ޝަރީޢަތެއް ނޫން، ރީނދޫ ކުކަ ނެތިއްޔާ ބާޤީ ނޫނީ ކޮރަޕްޓް، ސާބަހޭ

  16. ޜަމޭ

    މިހާރު އެގިއްޖެ މާރިޔާ އަކީ އުޑެއްބުޑެއް ނޭނގޭ މީހެއްކަން. މާރިޔާ އަށް ކިޔައި ދެއްވާ ދާއިރާގެ ބޭފުޅުން ނޫނީ އަތަށް ގޮވާނެ މާ އަނގަ ދިޔާވެގެން ގޮއްސަ

  17. އިބްރާ

    މޭމަތީ ބެޖް ޖަހައިގެން ޖާސޫސް ކުރީ ކޮން ޒަމާނެއްގަތޯ

  18. ބާރިޔާ

    ހަމަ ޖެހޭ ވާހަކަ އެއް ދެއްކޭތޯ އުޅެބަލަ.

  19. ފޯއބެ

    ޒަމާނޭ ބެޖޭ ޖާސޫސޭ ނުކިޔާ އިސްތިއުފާ ދީފަ ގޮސް ގޭގަ އޮވެބަލަ.

  20. އަހްމަދު ޢަލީ

    މިކަމާ ދެކޮޅަށް ދިވެހިން މަގުމައްޗަށް ނިކުތުމަށް ގޮވާލަން!! ކޮބާ އުމަރު؟ ކޮބާ ގައުމަށް ހެޔޮއެދޭ މީހުން!! ވިސްނަންޖެހޭކަމެއް މިއީ!! މިކަން މިގޮތަށްދާން ދޡުކޮށްނުލާ ހެޔޮނުވާނެ!! ގައުމުގެ ހާލުގެ ދުލުން ގޮވަނީ މިއީ ގައުމަށްޓަކައި ޖިހާދުކުރަން ނިކުންނަންވީ ވަގުތު!! ވެރިކަމާ ދެކޮޅަކަށްނޫން!! ރާއްޖެއިން އިންޑިޔާ ސިފައިން ފޮނުވާލަން ގޮވާލަން ނިކުންނަންވީ!!!

  21. ވިގަނި

    ޖާސޫސް ކުރަނީ ގުނަވަންތައް ހޭލައްވާގެން. ކަރުން ނާރު ނަގައިގެން ޖާސޫސް އެންމެ ފަސޭހައިން ކުރެވޭނީ

  22. ޑިމޮކްރަސީ

    ޗައިނާ ސަފީރު ވިދާޅުވީ ރަގަޅު ވާހަކައެއް. ޢެޢީ ނަޟީދު ދައްކާ ވާހަކައެއް. އިނޑިޔާ އިން އުޅެނީ ރާއްޖޭގައި މިލިޓަރީ ބޭހެއް ހަދަން މިހާރު ސަރުޚަތުން ދަނީ ެކަމަށް މަގުފަހިކޮށްދެމުން. ޟިލިޓަރީ ބޭހެކޭ ނުކިޔާ އިންޑިޠާ ސިފައިން ރާއްޖޭގެ އެއަރޕޯރޓްް ތަކުގައި ބައިތިއްބަނީ.

  23. ބޮޑު ބާޣީ

    އެ ެ ެހެ ެ ެން ް ް ދޯ ޯ ޯ. ކަލޭ އާގަންނަމުން ބުނެފިއްޔާ ތެދުތަ؟ ފުލުހުންނާ ތަޅަން ގެނެސްގެން އުޅޭ ތަޅާ ކުދޮންކޮޅެއްތަ؟ ކޮން މޭމައްޗެކޭ ކިޔާކަށް.

  24. މަރިޔަމް މޫސާ

    ޤާނޫނުއަސާސީއަށްކޮއްލުން އަރާ ނުލަފާ އަންހެނާ! ތިތަނުން ފެއްސޭ! ނޫނީ ފައްސާލާނަން.

  25. ބޭބީ

    މާރީ އަށް ނޭގޭ ޝާޑް ތިކަަންކުރަން އުޅޭ ކަމެއް