ވެރިކަމުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ކ. ދިއްފުށީގައި ޗަމްޕާ އާއިލާއިން ގާއިމް ކުރި ފެނާއި ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށް މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"ސާފު ބޯފެނާއި ނަރުދަމާއަކީ ކޮންމެ ރައްޔިތަކަށް ބޭނުންވާނެ ކަމެއް. އަދި އެއީ އަޅުގަނޑުމެންގެ ވެރިކަމުގައި ފޯރުކޮށްދިނުމަށް ވައުދުވެފައިވާ ކަމެއް. އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގެންދާނެ." ރައީސް ޞޯލިހު ވިދާޅުވިއެވެ.

އަދި 2019 ވަނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާގެ ނިޒާމު ރާއްޖޭގެ ރަށްތަކުގައި ޤާއިމް ކުރުމަށް 102 މިލިއަން ޑޮލަރު ހިމަނާފައިވާނެ ކަމަށާއި އެމަނިކުފާނުގެ އަމާޒަކީ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ.

"އަޅުގަނޑުމެން ވީ ވައުދުތަށް ފުއްދައިދިނުމުގެ ގޮތުން ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާ ޖުމްލަ 102 މިލިއަން ޑޮލަރު ހަރަދުކޮށްގެން 72 ރަށުގެ ނަރުދަމާއާއި 56 ރަށުގެ ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ހިމެނިފައިވާނެ. އަދި އަޅުގަނޑުގެ އަމާޒަކީ އަޅުގަނޑުމެންގެ ވެރިކަމުގެ ތިން އަހަރު ނިމިގެންދާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް، އެކަމުގެ މަސައްކަތް ފެށުން" ރައީސް ޞޯލިހު ވިދާޅުވިއެވެ

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރާނެ ކަމަށް ރައީސް ޞޯލިހު ވިދާޅުވެފައިވާއިރު މިހާރު ރާއްޖޭގައި ސާފު ފެނުގެ ނިޒާމު ޤާއިމް ކުރެވިފައިވަނީ 34 ރަށުގައެވެ. އަދި ނަރުދަމާ އެޅިފައިވަނީ 66 ރަށެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ރައީސް ޔާމީން ވެރިކަމުން ފޭބި އިރު ވަނީ 70 % ރަށުގަ ފެނާ ނަރުދަމާ ގަޢިމް ކުރެވި 25 % ރަށުގަ ނަރުދަމާ ގާައިމް ކުރަން ޓެންޑަރ ކުރެވި އެވޯޑް ކުރެވި ފައިސާ ހަމަޖެހިފަ. އިބޫ ޖެހެނީ 5 % ރަށުގަ ނަރުދަމާ 3 އަހަރުން އަޅަން. ޢެއީވެސް ވަރަށް ކުދި ރައްކަތެއް. ރިކޯޑައްޓަކާ ހަމަ ބުނެލީ. 12 ދުވަހުން ރަށެއްގަ ނަރދަމާ ނޭޅޭނެ ކަން ކޮންމެ މިހަކަށް ވިސްނޭނެ. އިބޫ އިފްތިތާހް ކުރަންދިޔުމަކީ ވެސް ލަދުވެތި ދަށުދަރަޖައިގެ އަމަލެއް.

  2. މުއިއްޒު

    ރައީސް ޔާމީން ވެރިކަމުން ފޭބި އިރު ވަނީ 70 % ރަށުގަ ފެނާ ނަރުދަމާ ގަޢިމް ކުރެވި 25 % ރަށުގަ ނަރުދަމާ ގާައިމް ކުރަން ޓެންޑަރ ކުރެވި އެވޯޑް ކުރެވި ފައިސާ ހަމަޖެހިފަ. އިބޫ ޖެހެނީ 5 % ރަށުގަ ނަރުދަމާ 3 އަހަރުން އަޅަން. ޢެއީވެސް ވަރަށް ކުދި ރައްކަތެއް. ރިކޯޑައްޓަކާ ހަމަ ބުނެލީ. 12 ދުވަހުން ރަށެއްގަ ނަރދަމާ ނޭޅޭނެ ކަން ކޮންމެ މިހަކަށް ވިސްނޭނެ. އިބޫ އިފްތިތާހް ކުރަންދިޔުމަކީ ވެސް ލަދުވެތި ދަށުދަރަޖައިގެ އަމަލެއް.

  3. ހިޔަނި

    ޢަޅުގަނޑުގެ ވެރިކަމެއްގައި ފުރަތަމަ 100 ދުވަހު ވައިޓްހައުސް މާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނަން

  4. Anonymous

    ހާދައަވަހަހ؟

  5. ރާއްޖެ

    ކީތްކުރަންތޯ ތިންއަރުވަންދެން މަޑުކުރަންވީ
    2023ގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައެއް ނޫން އެކަންކުރަވީ މިހާރުން މިހާރަށް ފަށަންޖެހޭ މަސައްކަސަތެއް އެއީ އެހެންނޫންނަ ރައްޔިތުން
    ނަށް ދޭންޖެހޭ އަސާސީ ޚިިދުމަތެއް ނުދެވި
    ސަރުކާރު ފޭލްވީއެވެ.

  6. ލަބީބު

    ތިޔައީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސްއަހަރުތެރޭގައި 75 ޕަސެންޓް ނިމި ބާކީހުރި ގިނަ ރަށްރަށުގެ މަސައްކަތް ބިޑުކުރެވި 2019 ގައި ފެށުމަށް ޕްލޭންކޮށް ފަންޑު ލިބިފައިވާ މަސައްކަތްތައް! މޮޅު ވާހަކަދައްކައިގެން ރައްޔިތުން ގުބޯދަށުލައިގެން އޮޅުވާލިވޯޓުގައި މަތިޖަހަން ނޫޅޭ!

  7. ލަޠީފް އާދަމް

    ފެނާއި ނަރުދަމާ ކިޔަންވެސް ތިޔަ ދަސްވީ ރައީސް ޔާމީންގެ ފަރާތުންނެވެ. ދެން އަމުދުން ތިޔައީ 2019 އަށް ރައީސް ޔާމީން ޕްލޭންކޮށް ނިމިފައިވާ ކަންތައް!

  8. ބުއްޅަބޭޭޭޭޭ

    "ހުރިހާ" ރަށެއްގައިނަރުދަމާއާއި ފެން ގުޅާލާއިރު، މިހާރު ފެނާ ނަރުދަމާގެ މަސައްކަތް ކުރަމުންދަނީ'ހުރިހާ' ކިތައްރަށުގައިތޯ؟!

  9. ލިވްއިން

    ރާއްޖެތެރޭގައި މަދުއާބާދީ އުޅޭ ރަށްރަށުގައި ބޯފެނާއި ފާޚާނާގެ ނިޒާމް ގާއިމް ކުރަން 100 މިލިއަން ޑޮލަރަށް ވުރެން ބޮޑު އަދަދެއް ބަޖެޓް ގައި ހިމެނުން އެއީ ވަރަށް ބޮޑު އަދަދެކޭ އެ އިންވެސްޓް ކުރާ ފައިސާ ރިޓާރން ނުވާނެއޭ ދުވަހަކު ވެސް އެކަން އެބަޖެހޭ ރައީސް އޮފީހުގައި އޮންނަ ޕޮލިސީ ޑިޕާރޓްމެންޓް އިން ވިސްނާ ދިރާސާ ކޮށް އެއިސްރާފު ހުއްޓާލަން ހުޅުމާލެ 2 އިން މަހަކު 10 ހާސް ގޯތި ދޭންވީއޭ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް އެއިރުން ސަރުކާރަށް އާމްދަނީ ލިބި ސަރުކާރުގެ ބަޖެޓުން ކުރާ ބޭކާރު ޚަރަދު ހުއްޓިގެން ދާނެއޭ ރާއްޖޭގައި ނުޖެހެއޭ ކޮންމެހެން 200 ރަށުގައި މީހުން ދިރިއުޅެން ރާއްޖޭގައި މީހުން ދިރިއުޅެންވީ މާލެ ސަރަހައްދުގައި އެކަނިއޭ އެއިރުން ޚަރަދު ކުޑަ ވެފައި ރާއްޖެ ތަރައްގީ ވާނީ މޭކް އަލިޓިލް ސްޕޭސް މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން...

  10. ނީލް

    މިބައިމީހުންގެ ސަރުކާރުގައި ކުރީގައި އަންނި ކިޔާއުޅުނީ ނަރުދަމަޔާ އިބޫއަކަށް ތިކަމެއްނުވާނެ ހަނދާން ނައްތާލަ

  11. ނުރަބޯ

    ރީނދޫ ސަރުކާރަކީ އަބަދުވެސް “ކާޅު ހާލިހެދީމާ ކޮވެލި ބިސް އަޅައޭ”ބުނާ އުސޫލުން އެހެންމީހުން ކަންކަން ކުރީމާ ނަންވާން ތިބޭ ބައެއް. ރައީސް ޔާމީނަށް ވެރިކަން ކުރަން ލިބުނު ކުރުމުއްދަތުގައި އޭނާ ވަނީ މުޅިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމު ކޮށްދީފައޭ ބުނެވޭ ވަރަށް އެކަން ނިންމާފައެވެ. އެއީ ކަލޭމެން އެކަންކަމަށް ހުރަސް އަޅައަޅާ ތިއްބައެވެ. ކަލޭމެން ނަކަށް އެކަމެއް ނުވާނެ އެވެ. އެއީ ކަލޭމެންގެ އެކޮލިޓީއާއި އެ އިޚްލާޞް ތެރިކަން ނެތީމައެވެ.