އައްޑޫ ސިޓީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެކްސިޑެންޓްވި ކާރަކީ ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ނޫންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް "އައްޑޫ އޮންލައިން" އިން ބުނެފިއެވެ.

އެނޫހުގައި ބުނެފައި ވަނީ މީހަކު ނިޔާވި އެއެކްސިޑެންޓްގައި ދުއްވި ކާރު "ޓޮޔޯޓާ އެރިސްޓޯ" ކާރަކީ އެއްގަމު ދުއްވާ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާއި ހިލާފަށް ރަޖިސްޓްރީ ކުރުމެއް ނެތި އަދި އިންޝުއަރެންސް ކޮށްފައި ނުވާ ކާރެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހިތަދޫ ކުނި ކޮށި ކައިރީ ހިނގި ހޮނިހިރު ދުވަހުގެ ރޭ ހިނގި ކާރަކާއި ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ހިތަދޫ ނޫމުގުމާގެ، މުހައްމަދު ރަޝްމު ރިޔާޒު ވަނީ ނިޔާވެފައެވެ.

ބައެއް މީހުން ބުނާ ގޮތުގައި ރަޝްމް ދުއްވަން އިން ސައިކަލާއި ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރު ޖެހުނީ ކާރު ރޭސް ޖަހަމުން ދަނިކޮށެވެ. އެ ކާރުގެ ފަހަތުން އިތުރު ކާރެއް ވެސް ރޭސް ޖަހަމުން އައި ކަމަށް މީހުން ބުނެއެވެ. ނަމަވެސް ރަސްމީ ފަރާތަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް މިހާރު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަންނާނު

    ކީއްކުރާނީ.ނިޔާވި މީހާގެ އަާއިލާ ވެސް އަދި އެހެން މީހުން ވެސް ކާރު ރަގިސްތުރި ނުކުރާކަން ދަނަނާނެ. މިކަހަލަ ކަންކަން މަނާ ނުވެ ދެން ކޮންކަމެް ރަނަގަޅުވާނީ.

  2. ޣާދިރު މަނަދޫ

    މިގޮތައް ކިތައްކާރު ރަޖިސްޓްރީ ނުކޮއް ބޭނުން ކުރަމުން ގެންދާނެ.. ވަގުންނައް ހާސް ދުވަސް ވެރިއަކައް އެއްދުވަސް ބުނެވެނީ މިހެންވީމަ.. މިކާރު އެތެރެކުރުމުގެ ހުއްދަދީފަ އޮތް ކުންފުނީގެ ހުއްދަ ބާތިލު ކުރުމައް ސަރުކާރައް ގޮވާލަން. މިކަހަލަ ނޭތްގާނީ އަމަލުތަކުގެ ސަބަބުން ކުށެއްނެތް މީހުންގެ އަގުބޮޑު ފުރާނަ މިދަނީ އެއްވެސް އަގެތްނެތި ގެއްލިގެން..

    • ރީތި މޫސަ

      އާދިރުގެ ކޮމެންޓްއަށް ތާއިދު

  3. ޕޮފުބާ

    ތީސައިކަލު ދުއްވަން އިންމީހާގެ މައްސަލައެއް

  4. ޖޫޖޫ

    ކާރުވެސް ސައިކަލްވެސް ދުއްވޭލެށްމަޑުވީމާ ވާވިގޮތްމިވަނީ

  5. ާައަލީ

    ޙުރިހާ ވެސްމައްސަލަ އަކީ އައްޑޫ ފްލައިސްކޫލުގެ އުޅޭ ކުދިން.

  6. ޢަހަރެން

    ކާރުދުއްވަން އިންމީހާވެސް ނޭގެއެއްނު މިގައުމުގައި ރަޖިސްޓްރީވެފއިވާކަމެއް

  7. Anonymous

    ކާރުދުއްވަން އިންމީހާވެސް ނޭގެއެއްނު މިގައުމުގައި ރަޖިސްޓްރީވެފއިވާކަމެއް