ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް އަޅާ ރަންވޭގެ ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، މިއަދު ރަންވޭގައި ފެށުނު މަސައްކަތަކީ ތާރު ފަށަލަ އެޅުމުގެ މަސައްކަތް ކަމަށާއި، ފުރަތަމަ އަސްފާލްޓްގެ މި ލޭޔަރުގެ މަސައްކަތް މަސް ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"މޫސުންތަންދޭ ގޮތަކުން މިކަހަލަ މަސައްކަތް ކުރިއަށް ގެންދެވޭނީ". އާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގައި ތާރު އަޅަން ފެށުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގައި ތާރު އަޅަން ފެށުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އާދިލް ވިދާޅުވީ، އަސްފާލްޓް ފުރަތަމަ ލޭޔަރުގެ އިތުރުން އިތުރު ދެ ލޭޔަރެއް އެޅޭނެކަމަށާއި، އެއިރުން ގާތްގަނޑަކަށް ރަންވޭގެ މައިގަނޑު ކޮންސްޓްރަކްޝަން މަސައްކަތް ނިމުނީ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރާ ދުވަހެއްގައި 100 އާއި 140 މީޓަރާއި ދޭތެރޭގައި ދުވާލަކު ތާރުއަޅަމުން. އެގޮތަށް ބަލަންޏާ 3400 ދިގުމިނުގެ ރަންވޭއެއްވެއްޖެޔާ އެއްމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ބަލަނީ. އިރާދަކުރެއްވިއްޔާ ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތް މި އަހަރު ތެރޭގައި ނިންމާލެވޭނެ". އާދިލް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އެމްއޭސީއެލްގެ އެމްޑީ އާދިލް މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި މަސައްކަތުގެ އިތުރުން، ޕެރަލަލްކޮށް ޓެކްސީ ވޭ އާއި ޝޯލްޑާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި މިހާރު އޮތް ރަންވޭ އާ ގުޅާޅުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވިއެވެ. އަދި މި ހަދާ ރަންވޭ ނިމުމާއެކު މިހާރު ބޭނުން ކުރަމުން އަންނަ ރަންވޭ ޓެކްސީވޭއަކަށް ހަދާއިރު، އެ މަސައްކަތްވެސް ކުރިއަށްދާކަމަށް އާދިލް ވިދާޅުވިއެެވެ.

އެއާޕޯޓް ތަރައްގީގެ މަސައްކަތުގެ ދަށުން މިހާރު ވެލާނާ އެއާޕޯޓްގައި އަޅަމުން އެދަނީ ،3400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭއެކެވެ. މިއީ މިހާރު ދުނިޔޭގައި ބޭނުން ކުރާ އެންމެ ބޮޑެތި މަތިންދާބޯޓްތަކަށް ވެސް ޖެއްސޭ ވަރުގެ ރަންވޭ އެކެވެ.

ދުނިޔޭގެ މިހާރުގެ އެންމެ ބޮޑު ބޯޓުފަހަރު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީކުރާ ރަންވޭ މި އަހަރު ފަހުކޮޅު ހުޅުވާނެކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްލާހް

    ބަލަ މިފެންނަނީ ތަރައްގީ ކޮބައި ތިރީސްފަސްއަހަރު ތަފާތު ދެރިކަމެއްނިމިހިގައްޖެ ބާލިދީ ހިފައިގެން މައުމޫނު ކެނެރީގޭނަސީދު ކުރިކަމެކީމި އެއަރޕޯޓް ބޭރުގެ ބަޔަކައްވިއްކާލި ދެން މިހާރުގެ ރޮކެޓްސްޕީޓްގެ ރައީސް ޔާމީނު ޖީއެމްއާރައް ދައކަންޖެހުނު ދުއިސައްތަފަސްދޮޅަސް މިލިޔަނަޑޮލަރު ދިވެހިރުފިޔާނަމަ ނުވަސަތޭކަހަތްދިފަސްމިލިޔަން ދައްކާފައި ދޮރާށި ސަލާމައްކުރީ މިގަޓްސް ހުރި ރައީސްޔާމީނު މިތަރައްގީ ފެންނާތީ މިބައިގޑައްހަޖަމުނުވަނީ މައުމޫނު ނަސީދު ގާސިމް އަމިއްލައެދުން އަދިވެރިކަމާހެގެންވިޔަސްމިއީބޮޑުވަރު ގައުމުއސްވާންވީ؟؟

  2. އަބްދުއްލާ

    މިތަރައްގީ ކުރަނީ ޖީއެމްއާރަށް އެއާޕޯޓް ވިއްކައިގެނެއްނޫން. ..ގާބިލް ކަންހުރި އެކަމުގެ އިލްމާ ހުނަރު ހުންނަ މީހުން ގައުމުގެ ވެރިކަމާ ހަވާލުވުން ކަންކަން ކުރަންވާގޮތް އެގޭނެ . ރީނދޫ ކުލަ ހޭކިޔަކަށް ތަރައްގީ ނުކުރެވޭނެ. ވަރިަކަމށް އާދެވުނީމަޖެހީ ހުސް ނަންބޯޑް .މަދަނަ ބަދަލުކޮށްލީ އާސަންދަ އަށް .ވޮކޭސަނަލް ޓްރޭނިންގ ބަދަލު ކޮށްލީ ހުނަރު ޕްރޮގްރާމަށް. ތައުލީމީ ސިޔާސަތު ބަދަލު ކޮށްލީ ވަށާޖެހޭ ތައުލީމު މިއީ ހަގީގަތް ނޫންތަ ؟