ދިވެހި ސިވިލް ސާރވިސް ކޮމިޝަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

މިއަދު ސީއެސްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ޑރ އަލީ ޝަމީމް ވިދާޅުވީ، ދިވެހި ސިވިލް ސާރވިސް ކޮމިޝަނަށް 10 އަަހަރު ފުރުމުގެ ގޮތުން ވަަރަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން، ސިވިލް ސާރވިސްގެ އިދާރާތަކުގެ ހުޅުވާލެވިގެންދާ ދުވަހެއް އާއްމު ރައްޔިތުންނަށް ޒިޔާރަތް ކުރެވޭ ގޮތަށް އޮޕެން ޑޭ އެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ އިދާރާތަކުގެ އަންހެން މުވައްޒަފުންގެ މެދުގައި ހޭންޑް ބޯލް މުބާރާތަކާއި ފިިރިހެން މުވައްޒަފުންނަށް އަމާޒްކޮށްގެން ފުޓްސެލް މުބާރާތަކާއި، ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން އެ އިދާރާތަަކަށް އަމާޒުކޮށްގެން އަދަބީ ހަރަކާތްތަކާއި، އަދި ސިވިލް ސާރވިސްގެ ތިން ވަނަ ކޮންފަރެންސްވެސް މި އަހަރު ކުރިއަށްދާއިރު، އަހަރީ ދުވަށް ހާއްސަ ގައުމީ ފެންވަރުގެ ޖަލްސާއަކާއި، ހާއްސަ އާއިލީ ހަވީރެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަަމަށް ޝަމީމް ވިދާޅުވިއެވެ.

ސިވިލް ސާރވިސް ކޮމިޝަންގެ 10 ވަނަ އަހަރީ ދުވަހަކީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހެވެ.