މާލޭގެ ބަސް ޓާމިނަލުން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް، ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް މާދަމާއިން ފެށިގެން ދަތުރުތަށް ކުރުމަށް ހަމަޖައްސަން ނިންމައިފިއެވެ.

މާލެ އާއި ހުޅުމާލޭގައި ހުރި ބަސް ސްޓޮޕްތައް އިތުރުކޮށްފައިވާއިރު މިއަދު ދަތުރުފަތުރާ ބެހޭ ވަޒީރު އައިޝަތު ނަހުލާ ވަނީ އަލަށް ކަނޑައެޅުނު ބަސް ސްޓޮޕްތަށް ބައްލަވާލައިފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން ވިދާޅުވެފައިވާ ގޮތުގައި ބަސް ސްޓޮޕްތަށް ކަނޑައަޅައި ބަސް ދަތުރުތަށް އިތުރުކުރެވުމުން މާލޭގައި އިތުރު ހަ ބަސް ސްޓޮޕް އަދި ހުޅުމާލޭގައި ހަތް ބަސް ސްޓޮޕް ހުންނާނެއެވެ. ނަމަވެސް މިހާރު މާލޭގައި ހުރީ ތިން ބަސް ސްޓޮޕެވެ.

އަލަށް ކަނޑައެޅުނު ބަސް ސްޓޮޕްތަށް ބައްލަވާލެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބަސްތަށް ދަތުރުކުރަން ފެށުމަކީ އެކަމުން ރައްޔިތުންނަށް އެތަކެއް ފައިދާއެއް ވާނެ ކަމެއް ކަމަށެވެ. އަދި އަތޮޅުތެރޭގެ ބައެއް ރައްޔިތުންނަށްވެސް ބަހުގެ ހިދުމަތް ބޭނުންވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބަސް ދަތުރުތަށް މާލެއާއި ހުޅުލެއާއި ހުޅުމާލޭ، މި ސަހަރައްދުތަކުގައި ފަށްޓާއިރު އަޅުގަނޑުމެންގެ ރާއްޖެ ތެރޭގައިވެސް ބަހުގެ ހިދުމަތަށް ބޭނުންވެފައިވާ އެތަކެއް ރައްޔިތުންނެއް އެބަތިބި. އަޅުގަނޑުމެން އެބޭފުޅުންގެ މަތިން ހަނދާން ނެތުނީކުނޫން. އެގޮތުން އެރަށްތަކާއި ސިޓީތަކުގައިވެސް ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި މަޝްވަރާކުރެވެމުން މިދަނީ" ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ނަހުލާ ވިދާޅުވީ މާލޭގެ އެތެރޭގެ މަގުތަކުގައިވެސް ބަހުގެ ހިދުމަޠް ދިނުމަށް ކައިރި މުސްތަގުބަލެއްގައި މިނީ ބަހުގެ ހިދުމަތް ތައާރަފްކުރާނެ ކަމަށެވެ. އަދި އެކަމާއި ބެހޭ ބައެއް މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމުގައި މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުރި ބަސް ސްޓޮޕްތަށް އިތުރުކޮށް ރަސްމީކޮށް މާދަމައިން ފެށިގެން މާލޭ- ހުޅުމާލޭ ބަސް ، ހުޅުމާލޭގެ އަވަށުތެރެއަށް ދަތުރުތައް ފަށާއިރު ހުޅުމާލޭގެ ހުރިހާ ސަހަރައްދެއް ކަވަރު ކުރާނެ ކަމައް ޓްރާންސްޕޯޓު މިނިސްޓްރީއިން ވިދާޅުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާދިހު

    ބަސް ހުއްޓުމަށް ވުރެ މިހާަރަށް މިހާރަށް ބޭނުންވަނީ ޓެކްސީ ހުއްޓާނެ ތަންތަން ކަނޑައޅާ ތަންފީޒު ކުރުން..ނުކެރޭނެ މިކަންކުރާކަން.

  2. ހޯރަފުަށި

    ނަހުލާއަށް ވާނެ ބަދަލް ގެނެވޭނެ ކުރިއަށް ބާރަށް

  3. ކެރޭ އަބްދުﷲ

    މިނިސްޓަރ ނަހުލާއައް ހަމަ ނޭގެނީބާ. ރައީސް ޔާމީނު ވެރިކަމުގަ ގެނެސް މާލެ އާ ހުޅުލެ އާ ހުޅުމާލެ އާ ދޭތެރޭ ބަސް ދަތުރު ތައް ފެށިކަން. މިހާރު މާލެއާ ހުޅުލެއާ އަދި ހުޅުމާލެއާ ދެމެދު ތިދަތުރު ކުރުމައް ބޭނުން ކުރަމުން އެގެން ދާ ހުރިހާ ބަސް ތައް ވެސް ގެނެއީ ރައީސް ޔާމީނު ވެރިކަމުގަ. މިނިސްޓަރ ނަހުލާ ރައިތުން ގެ ލޮލުގަ އަދުން އަޅުވަން ނޫޅެބަލަ.

  4. އުމަރުމަނިކު

    އަހަރަމެން ގައުމުގައި، އަހަރަމެން ގަންނަ މުދާކޮޅު އެއްތަނުން އަނެއްތަނަށް ގެންދަން ވަކި ގަޑިތަކަށް ހެދިފައި އޮތުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ތަކުލީފެއްގެ އިތުރުން މިޤައުމުގައި އުޅޭ މީހުންގެ މިނިވަންކަން ނިގުޅައިގަތުން ފަދަ ކަމެއް. މިކަމާއި މެދު ޓްރާންސްޕޯޓް މިނިސްޓަރުގެ އިތުރުން މިސަރުކާރުން ވިސްނާ، ދިވެހި ރައްޔިތުންނަށް ލުއި ހޯދާ ދިނުމަށް މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރަން. ކުރީގެ ސަރުކާރުން ގެނައި ބަދަލެއް ތައީދު ކުރުމަކީ މިސަރުކާރުގެ ދޯދިޔާކަން ވެސް ދަންނަވަން.