މުޒާހަރާގައި ބައިވެރިވާ މީހުން މަސްދޯނިތަކުގައި އުފުލައިފިނަމަ މަސްވެރިކަމުގެ ލައިސަންސް ބާތިލް ކުރާނެ ކަމުގެ އިންޒާރުދީފި ފިޝަރީޒް މިނިސްޓްރީ އިން ދެއްވައިފިއެވެ.
މިނިސްޓްރީ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަސްވެރިކަން ކުރުމަށް ލައިންސަންސް ދިނުމާއި ބެހޭ ޤަވައިދުގެ ދަށުން ލައިސަންސް ލިބިގެން މަސްވެރިކަން ކުރަމުންދާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުންތަކުގައި އަދި ޣައިރު ޤާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށާއި، ކުރަމުންދާކަމާއި އަދި ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިފަދަ ޣައިރު ޤާނޫނީ ހަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން މަސްވެރިކަމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުންކުރުމަކީ މަނާކަމެއްކަމުގައި އެންމެހައި އޮޑިވެރިންނާއި މަސްވެރިންގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"އަދި މިފަދަ ހަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްފި ކަމުގައި ވާނަމަ މަސްވެރިކަން ކުރުމަށް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށް އެފަދަ އުޅަނދުފަހަރާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގައި އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދެންނެވީމެވެ." ބަޔާނުގައި ވެއެވެ.
މަސްވެރިކަމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތުން ނުވަތަ އެފަރާތުގެ އިރުޝާދުގެ މަތިން ޙަރަކާތްތެރިވާ މުވައްޒަފަކު، އޭޖެންޓަކު ނުވަތަ އެހެން މީހަކު، މިގަވާއިދުގެ ދަށުން ހިންގާ އެއްވެސް ކަމެއް ކުރުމުގައި، ދިވެހިރާއްޖޭގެ އާއްމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލާ، އެފަރާތަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިޙްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ބަރާބަރު
ސައިނީއަށް މަސްދޯނިފަހަރަށް ފިޔަވަޅު އެޅޭނީ 16 މަރޗު2018 ގެ ފަހުން ފިސަރީޒު މިނިސްޓަރުގަމުގައި ހުރެވިގެނެންނު މަސްދޯނި ފަހަރުގެ ވެރިން ބިރު ނުގަނޭ
ބިރުގަތަސް ތީ ބޮޑު ވަރު
ކީކޭ ދޯދެންބުނާނީ.. ބަލަ މޮޔަ މިނިސްޓރޫ މަސްދޯނިތަކުން މިފްކޯ ބޮއިކޮޓް ކޮށްފިޔާ ކޮންތާކުން މަސްހޯދާނީ؟
މިފްކޯ ބޮއިކޮޓްކޮއްފަ ކޮންތާކަށް މަސްތައް އަޅަނީ
ހަމަޖެހޭ ވާހަކައެއް ދަައްކާބަލަ.
ހާދަ ބިރެކޭ ތިގަންނަނީ ؟ އަދުރޭ ބުނާނެ މީހަކު ނުނުކުމެއޭ؟
ބަލަގަ ކަލޭމެން ލައިސަންސް ނުދިނަސް ކަނޑަށް ނިކުމެ އެމީހުންނަށް މަސްވެރިކަން ކުރެވިދާނެ ދޯ؟ ކަނޑު ގަ ހުންނަ މަސް ލައިސަންސް އޮތޯ ނުބަލާނެ ކަން ޔަގީން.
ރައްޔިތުން ކުށްތަކަށް ހުށަހޮޅިގަތަ ދީގެންނުވާނެ
ހޮއްހޮއްހޯ!! އަތުންފައިން ގޯސް ނުހެއްދެވުމަށް ތަކުރާރުކޮށް ދަންނަވަން..
އަދުރޭ ބިރުގަތަސް ތީ ބޮޑުވަރު
ޢެކައްޗެއްވެސް ބާތިލެއް ނުކުރެވޭނެ!
ޝައިނީ އިސްތިއުފާ ދީފަ ހަމަ މިހާރުން މިހާރަށް ގެއަށް ވަޑައިގަންނަވާ - މަސްވެރިއެއް
ހާދަ ބިރެކޭ ތި ގަންނަނީ ދޯ...
ގައިރު ޤާނޫނުވުމަކީ ކޮބާތޯ؟ ނުވަތަ ޤައިރު ޤާނޫނުވަމުންދަނީ ކާކުތޯ؟
ގުޑް ޑެސިށަން. ވާނުވާ ނޭގިގެން ތެޅިބާލަނީ ނު ތީ؟....
ޖެހިލުމެއްވެސް ނުވާނެ! 16 މާރޗް ގަ މަސްވެރިން ތިބޭނީ މާލޭގަ! ޝައިނީ ގޭގަ އޮންނަވަން ޖެހޭނީ! ރައްޔިތުން ބަނޑަށް ޖެހޭ ތަން ބަލާކަށް ދެނެއް ނުތިބޭނަން! މާދަމާ މެންދުރު ތިބޭނީ ތި މާލޭގަ! ވަރަށް ސަލާން!
ވަކިއެއްޗެއް އޮވޭތަ އާދެވޭގޮތަކަށް އަންނާށޭ ބުނެފަ އެއޮތީ
ހުންނާނީ ރާކަނި މަސްކެވިފަ..މަސްވެރިކަން ކުރާ އުޅަދުފަހަރު މުޒާހަރާގަ ބޭނުން ކުރަން ފެށުނީ ކެނެރީގެ ބޮޑޭގެ ވެރިކަމުގަ.
ކަލޭމެން ހިތުހުރި ގާނޫނެއް ކޯރަމް ހަމްނުވެ ތިބެ ހަދާއިރު މަސްވެރިން ކޯރަމް ހަމަވެގެން ކުރާކަންތަކާ ބެހުމުގެ ބާރެއް ނޯންނާނެ. ތިޔަކަމަށް ހިޔާލުކުރީތީވެސް މިފަހަރު ހުރިހާ ދޯންޏެއް ނިކުންނާނެ. އަދި އެއްފިޔަވަޅެއް އެޅިޔަސް ވާނެ ކަމެއްނެތް. އެން ވެއޖިއްޔާ މިފްކޯގެ ބޯޓުތައް ތިބޭނީ ހުހަށް . އެއްމެ ދޯންޏްކުންވެސް މަހެއް ނުކިރާނެ. އޭރުން މާތާހިރެއް ނުވާނެ. އެއްބިޑެއްވެސް ނެހެދޭނެ.
މަސްދޯނިދުއްވަން ތިބެނީވެސް ދިވެހި ރައްޔިތުން.. މީ އެމީހުންގެވެސް ޤައުމް.. އެހެންވީމަ ޤާނޫނު އަސާސީއިން ލިބިދީފަވާ އެއްވެއުޅުމުގެ މިނިވަންކަން އެހެން ދިވެހިންނެކޭ އެއްގޮތަށް އެމީހުނަށްވެސް ލިބިގެންވާނެ..
ަBaraabaru.migaumu hama magah alhuvan kurevunu kameh kurahvva
ދޯނި މީހުންނާ އެކު ފޮނުވާލާފިން. ތިޔަ ހަދާ އެއްޗެއް ހަދާބަލަ. ފަހަތަކަށް ނުޖެހޭނަން...
މަސްވެސް ބާނާނަން....
މޯޑު ކަލޭ ހަމަތަ. މިވެރިކަން ވައްޓާލެވޭ ވަރުގެ ބަޔަކު މިހާރު މިރާއްޖެއަކު ނެތް. ލައިސަންސް ބާތިލް ކުރާނީ ހަމަ މިނިސްޓަރ ޝައިނީ ހުރެގެން. :ޕީ