ފްރާސްގައި ދިރިއުޅިމުގެ އަގުތަކާއި، ތެޔޮ އަދި ކާބޯތަކެތީގެ އަގުބޮޑުވެގެން ކުރި މުޒާހަރާއެއް ހޫނުވެ 200 އަށް ވުރެން ގިނަ މީހުން ހައްޔަރުކޮއްފިއެވެ.

ފްރާސްގެ ވެރިރަށް ޕެރިހުގައި ކުރި މި މުޒަހަރާގައި 75000 އަށް ވުރެން ގިނަ މީހުން ބައިވެރިވިއިރު މުޒާހަރާގެ ތެރެއިން 110 މީހަކު ވަނީ ޒަހަމު ވެފައެވެ. ޒަހަމުވި މީހުންގެ ތެރޭގައި ފުލުހުންވެސް ހިމެނެއެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން ވަނީ މަގުމަތީގައި ޕާކު ކޮއްފައި ހުރި ވެހިލްތަކާއި 190 އިމާރާތެއްގައި ހުޅުޖަހާފައެވެ. މި މުޒާހަރާ ރޫޅާލަން ފެރިހުގެ ފުލުހުން ވަނީ ޕޭޕާ ސްޕޭރާއި ކަރަންޓް މުގުރާއި ކަރުނަ ގޭސް ވަރަށް ބޮޑަށް ބޭނުން ކޮއްފައެވެ.

"ޔެލޯ ވެސްޓް"ގެ ނަމުން ނަންދީފައިވާ މި މުޒާހަރާގައި ބައިވެރިން ތިބީ ރީނދޫ ކުލައިގެ ޖެކެޓް ތަކެއް ލައިގެންނެވެ. މި މުޒާހަރާތަކަށް އެތަށް ދުވަހެއް ވެފައިވާއިރު މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެކަކު މަރުވެ ސަތޭކަމީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގްރީން ޓެކްސްގެ ދަށުން ފާއިތުވެދިޔަ އަހަރު ތެރޭގައިވެސް ރައީސް މެކްރޮން ވަނީ ޑީސެލްގެ އަގު ވިހި އިންސައްތަ ބޮޑުކޮށްފައެވެ.

ރުޅިވެރިކަން ފާޅުކޮށް މުޒާހަރާގެ ބައިވެރިން ވަނީ މެކްރޮންގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ. މުޒާހަރާ ކުރަމުން ދިޔަ މީހުން މެކްރޮންގެ ގެކޮޅާއި ދިމާލަށް މިސްރާބު ޖެހުމުން އެކަން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ.

ފްރާންސްގައި މީހާރުވެސް ގިނައިން ބޭނުންކުރަމުން ދަނީ ޑީސެލް ބޭނުންކުރާ އުޅަނދުފަހަރެވެ. ފްރާންސްގައި މިހާރު ޑީސެލް ލީޓަރެއްގެ އަގު ހުރީ 1.51 ޔޫރޯއަށެވެ. މިއި ނިސްބަތުން ދުނިޔޭގެ ބާޒާރުގައި ޑީސެލްގެ އަގު ހުރި މިންވަރަށްވުރެ މަތީ އަގެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރީނދޫ

    މުޒާހަރާ ކުރާ ބައިގަނޑުތައް އުޅެނީ ހަމަ

    ރީނދޫ ކުލައިގަ

    • އިބުރޭ1122

      އެހެން.. އެހެން..

  2. ޖަހާންގީރު

    އަލްޙަމްދުލިﷲ ޒަޔަނިސްތުންތައް ހަލާކުކުރައްވާށި - އާމީން -

  3. ޢައިބާ

    އެމްޑީޕީ ޔެލޯ ކުދިންދޯ ޕެރިހުގެވެސް މުޒާހަރާ ތިކުރަނީ

  4. ނުރަބޯ

    ބަލަ ކޮބާ ޑިމޮކްރަސީ......؟؟